ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަނބަލުން މޫދު ކުޅިވަރު ހަރަކާތްތަކެއް ފަށްޓަވައި ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ”ބާރ 2000 ފަރަމަންތާ ޗެލެންޖް 2021“ ނަމުގައި ބާއްވާ މޫދު ކުޅިވަރު ހަރަކާތްތަކެއް ފަށްޓަވައިދެއްވައިފިއެވެ. މިއަދު ހެނދުނު ރަސްފަންނު ބީޗުގައި މި ހަރަކާތްތައް ފަށްޓަވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފުރަތަމަ ދަންފަޅީގެ އެކި ގްރޫޕްތަކުން ބައިވެރިވި ފެތުންތެރިންގެ ތެރެއިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ޓީމުތަކާއި ފެތުންތެރިންނަށް އިނާމުހަވާލުކޮށްދެއްވާފައެވެ. ބާރ2000 ފަރަމަންތާ ޗެލެންޖް 2021އަކީ އޯޕަން ވޯޓަރ ސްވިމިންގ، ސާފިން އަދި ބޮޑީ ބޯޑިންގ މުބާރާތްތައް ހިމެނޭ ގޮތަށް […]
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތް ހުޅުވައިފި
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަމަ މިސްކިތް ”މަސްޖިދް އަމީލް ޖަލީލް“ މިއަދު ހުޅުވައިފިއެވެ. އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މި މިސްކިތް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުއްލާއެވެ. ދެ ފަންގިފިލާއަށް 2އިމާރާތްކޮށްފައިވާ މި މިސްކިތަކީ 480 މީހުންގެ ޖާގައިގެ މިސްކިތެއްނަމަވެސް އެތެރޭގެ ޖާގައިގެ އިތުރުން، މިސްކިތުގެ ހަރިއްމަ ތެރޭގައި އިތުރު 650 ވަރަކަށް މީހުންނަށް ނަމާދުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މި މިސްކިތުގައި ނަމާދުކުރުމަށް ފިރިހެނުންގެ އިތުރުން އަންހެނުންނަށް ހާއްސަ ކޮށް ޖާގަ […]
ކޮޕް 26ގައި ބައިވެރިވުމަށް ރައީސް ނަޝީދު ފުރާވަޑައިގެންފި
މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގްވާމީ ބައްދަލުވުން“ކޮޕް 26″ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރާވަޑައިގެންފި އެވެ. ކޮޕް26 ބައްދަލުވުން އޮންނާނީ އަންނަ އާދީއްތައިން ފެށިގެން އަންނަ މަހުގެ 12ގެ ނިޔަލަށް އިނގިރޭސިވިލާތުގެ ގްލެސްގޯގައެވެ. ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން ޖާޒީރާ ގައުމުތަކަށް ދޭން ވައުދުވެފައިވާ ފައިސާގެ އެހީ ވައުދުވި ގޮތަށް ލިބެމުން ނުދާ ކަމަށާ މި ސަމިޓްގައި […]
ޝެނީޒާގެ ދިފާއުގައި ރައީސް ނަޝީދު
ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްލކަވައިފިއެވެ. ޒެނީޝާގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވަނީ ކުޑަކުދިންގެ ހިޔާގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން ޒެނީޝާ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފާ މައްސަލައާއި ގުޅިގެން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ ޒެނީޝާ އަށް ކުރާ ދައުވާގެ ސަބަބުން […]
ކޮވިޑް19: މިއަދު ފައްސިވީ 128 މީހުން!
މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 128 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 66 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 27 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 35 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 87,487 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,700 އެކްޓިވް ކޭސް ހިމެނޭއިރު 29 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]
ދަރީން މަގުއޮޅިގެންދަނީ ކީއްވެ..؟
ވެދާނެ ބައެއް ކަންތައްތައް: މަގުއޮޅުމުގެ މާނަ: މަގުން އެއްކިބާވުން ބަހުގެ ޢިލްމުވެރީން މާނަކުރައްވާ ގޮތުގައި އެއީ: ކަމަކަށް ލެބި އެކަމުގައި ސީދާވުމެވެ.(الجوهرى، الصحاح، 4/1343- مادة {حرف}) އަދި އެއްޗެއް އޭތި އޮއްގޮތުން އަނެއްގޮތަށް ދިއުމޭ ބުނުވެނީ އޭތި އަޞްލު އޮތްގޮތް ބަދަލުކުރުމެވެ.(الفيروزأبادى،القاموس المحيط ، 3/127- مادة {حرف}) • މަގުއޮޅުން މިލަފްޛު އިޞްޠިލާޙީ މާނަ: މިކަލިމާގެ އިޞްޠިލާޙީ މާނަ ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި އަދި އިޖްތިމާޢީ ޢިލްމުވެރިންނާއި އަދި ނަފްސާނީ ޢިލްމުވެރިން މާނަ ކުރައްވާގޮތް […]
އާންމު ފަރާތަކުން ފުލުހަށް ހަވާލުކުރި 100 ރުފިޔާގެ ވެރިފަރާތް ހޯދަނީ
އާންމު ފަރާތަކުން ފުލުހަށް ހަވާލުކުރި 100 ރުފިޔާގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ. ފުލުހުން ބުނީ އެ 100 ރުފިޔާއަކީ މި މަހު 24 ވަނަ ދުވަހު ހެންވޭރު ސަހަރާކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ރުފިޔާ ކަމަށެވެ. ފުލހުން ވަނީ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. މި މައްސަލައިގެ އިންސިޑެންޓް ނަންބަރަކީ 502294 އެވެ. އަދި ކާކުކަން […]
އަމިއްލައަށް ބަރަހަނާފޮޓޯ ސޯޝަލް މީޑީއާއަށް ލީކް ކުރި މީހެއްގެ މައްސަލަ ބަލަންފަށައިފި
ދިވެހި އަންހެނަކު އޭނާގެ އަމިއްލަ ބަރަހަނާ ފޮޓޯތަކެއް ވައިބާ ގްރޫޕަކަށްލީ މައްސަލައެއް ފުލުހުންބަލަން ފަށައިފިއެވެ. ފުލުހުންބުނީ އެ އަންހެން މީހާއަކީ ހއ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އަންހެނެއްކަމަށާ އެ މީހާ އަމިއްލަ ބަރަހަނާ ފޮޓޯތަކެއް ވައިބާ ގްރޫޕަކަށް ފޮނުވި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މިއްސަލައިގެ ތަފްސީލް ފުލުހުން ނުދެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ އަކީ ހއ. ހޯރަފުއްޓަށް ނިސްބަތްވާ މީހެކެވެ. ސޯޝަލް […]
ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި
ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ގާތްގަޑަކަށް 100 އެއްހާ މީހުން ދިރިއުޅޭ 6.3 ހެކްޓަރުގެ ކުޑަ މިރަށުގެ ގޮޑުދޮށް ހިމާޔަތްކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. 9.16 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 3.5 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެމްޓީސީން ބުނީ ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 40 މީޓަރުގެ ސަރަހައްދެއްގައި ހުރަސް ތޮށިލާނެކަމަށެވެ. އަދި 200 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް […]
ރައީސް ސާލިހު އާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި
ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ޒައީމް، ރައީސް މައުމޫން އަބްދުލްގައްޔޫމް އާ ބައްދަލު ކުރަށްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ދުބާއީގައެވެ. ރައީސުލް ޖުމުހޫރިއްޔާ ދުބާއީއަށް ވަޑައިގެން އުޅުއްވަނީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. މި ބައްދަލުކުރެއްވުމުގެ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ. ބައްދަލުވުމާ ގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި މިހާރުގެ ހާލަތާއި އެމްއާރްއެމުން ކަންބޮޑުވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަށްވާފައިވާކަމަށެވެ. އަދި ރައީސް […]