ރައީސް ސާލިހު އާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި

Loading

Facebook
Twitter
WhatsApp

 

 

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު  މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ޒައީމް، ރައީސް މައުމޫން އަބްދުލްގައްޔޫމް އާ ބައްދަލު ކުރަށްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ ދުބާއީގައެވެ. ރައީސުލް ޖުމުހޫރިއްޔާ ދުބާއީއަށް ވަޑައިގެން އުޅުއްވަނީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މި ބައްދަލުކުރެއްވުމުގެ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ. ބައްދަލުވުމާ ގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި މިހާރުގެ ހާލަތާއި އެމްއާރްއެމުން ކަންބޮޑުވާ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަށްވާފައިވާކަމަށެވެ. އަދި ރައީސް ސާލިހާއި ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ އެމަނިކްފާނަށް ރައީސް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ސާލިހުއާއި ރައީސް މައުމޫން ބައްދަލުކުރައްވާފައި މި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވެސް ވަނީ ރައީސް އިބްރާހިމް މުހަންމަދު ސާލިހާ ބައްދަލުކުރައްވާ ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭ މަޝްވަރާތަށް ކުރައްވާފައި ވަނިކޮށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ރައީސް މައުމޫން ފާޅުގައި ގެންދަވަނީ ދެކޮޅުހައްދަވަމުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް