ކޮޕް 26ގައި ބައިވެރިވުމަށް ރައީސް ނަޝީދު ފުރާވަޑައިގެންފި

Loading

Facebook
Twitter
WhatsApp

 

 

 

މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގްވާމީ ބައްދަލުވުން“ކޮޕް 26″ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރާވަޑައިގެންފި އެވެ.

ކޮޕް26 ބައްދަލުވުން އޮންނާނީ އަންނަ އާދީއްތައިން ފެށިގެން އަންނަ މަހުގެ 12ގެ ނިޔަލަށް  އިނގިރޭސިވިލާތުގެ ގްލެސްގޯގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުން ޖާޒީރާ ގައުމުތަކަށް ދޭން ވައުދުވެފައިވާ ފައިސާގެ އެހީ ވައުދުވި ގޮތަށް ލިބެމުން ނުދާ ކަމަށާ މި ސަމިޓްގައި ރާއްޖޭގެ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

 

ރައީސް ނަޝީދު މި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެންފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ދުބާއީ ކުރައްވާ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިނުގެން އެމަނިކުފާނު ވެސް މިއަދުގެ ވަގުތެއްގައި ސްކޮޓްލެންޑަށް ވަޑައިގަންނަވާނެ އެވެ.

މި ކޮންފަރެންސުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއެކު ބައިވެރިވެޑައިގަންނަވަން ފުރުސަތު ލިބުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ ހާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ލިބިގެންދާ އިތުރު ފުރުސަތެއްކަމަށް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް