މޯލްޑިވްސް މީޑިއާ ކައުންސިލަށް މުހައްމަދު ޝާފިއު

ހުސްވެފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލަށް( އެމްއެމްސީ)ގެ މެންބަރެއް ހޮވުމަށް މިއަދު ބޭއްވި އިންތިހާބު މުހައްމަދު ޝާފިއު ކާމިޔާބު ކުރައްވައިފި އެވެ. ޝާފިއު އިންތިހާބް ކާމިޔާބު ކުރެއްވީ އޭނާއާ ވާދަކުރެއްވި އަހުމަދު ވަހީދު އަލީ އާއި އައިޝަތު ހުސެއިން މަނިކުގެ މައްޗަށް ކުރި ހޯއްދަވައިގެން ނެވެ. ޝާފިއުއަށް 57 ވޯޓު ވޯޓު ލިބިވަޑައިގެންނެވި އިރު ވަހީދަށް 36 ވޯޓު ލިބިވަޑައިގެންނެވި އެވެ. ދެން ވާދަކުރެއްވި އައިޝަތުއަށް އެއްވެސް ވޯޓެއް ލިބިވަޑައެއް ނުގަންނަވަ އެވެ. މި އިންތިޚާބުގައި ވޯޓުލުމަށް […]
ފައިނުގައި ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު ލައިބްރަރީއެއް ގާއިމްކޮށްފި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑްގެ އެހީތެރިކަމާ އެކު ރ. ފައިނުގައި ލައިބްރަރީއެއް ގާއިމްކޮށްފިއެވެ. މި ލައިބްރަރީ އަކީ އެރަށު ފޭސް ޖަމިއްޔާ އިން އިސްނަގައިގެން ބީއެމްއެލް އަހަރެންގެ ބެންކް ކޮމިއުނިޓީ ފަންޑުން ހަރަދުކޮށްގެން ގާއިމް ކުރި ލައިބްރަރީއެކެވެ. ކޮމްޕިއުޓާ ލެބަކާ އެކު ގާއިމު ކޮށްފައިވާ މި ލައިބްރަރީ ތަފާތު ގިނަ ފޮތްތައް ބަހައްޓާފައި ވެއެވެ. އެރަށު ކޮމިއުނިޓީ ސެންޓަރު ގައި ގާއިމް ކޮށްފައިވާ މި ލައިބްރަރީ ކުރިމަތީގައި އޮތް ހުސް ބިމުގައި ފޮތްކިޔަން ތިބެވޭނެހެން ބެޗް ބަހައްޓައި […]
އެމްޑީޕީގެ އިންތިހާބުގައި ވޯޓް ލެވޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓް އެ ޕާޓީން އާންމުކޮށްފި އެވެ. އެމްޑީޕީން ބުނީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި ވޯޓް ލެވޭނީ ހަމައެކަނި އެ ލިސްޓްގައި ވާމީހުން އެކަނިކަމަށެވެ. އަދި ވޯޓުލާން ދިއުމުގެ ކުރިން ދާއިމީ ލިސްޓުގައި ނަން އޮތްތޯ ބަލައި ޗެކް ކުރުމަށްވެސް އެޕާޓީން ވަނީ އެދިފަ އެވެ. މިލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށް މިއަދުން ފެށިގެން ހޯމަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް ވަނީ ފުރުސަތު […]
ހިޔާ ފްލެޓްތައް ކުއްޔަށް ދޫކުރަން ފަށައިފި!

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ”ހިޔާ“ ފްލެޓްތައް ކުއްޔަށް ދޫކުރަން ފަަށައިފިއެވެ. ހިޔާ ފްލެޓްތައް ކުއްޔަށް ދޫކުރަން އިސްތިހާރު ކުރަމުން ދަނީ ފްލެޓްތަކުގެ ފިނިޝިން އާއި އަދި އެހެނިހެން ބައެއް ކަންކަން ފުރިހަމަ ވެސް ނުވަނީހެވެ. ފްލެޓްތައް ކުއްޔަށް ދޫކުރަން އިސްތިހާރު ކުރަމުން ދަނީ ފޭސްބުކް ޕޭޖުތަކާއި ވައިބާ ގުރޫޕްތަކުގަ އެވެ. ހިޔާ ފްލެޓް ކުއްޔަށް ދޭން އިސްތިހާރު ކޮށްފައި ވަނީ 10،000 ރުފިޔާ އަށެވެ. ހިޔާ ފްލެޓްތަކުގެ ފިނިިޝިންގެ ހަރަދާއެކު […]
ކާމިޔާބަކީ މޮޅެތި ކުޅުންތެރިން ތިބުމުން ޔަގީންވާނެ ކަމެއް ނޫން!: ރޮނާލްޑޯ

ރިއަލް މެޑްރިޑްގެ ކުރީގެ ފޯވާޑް ބްރެޒިލްގެ ރޮނާލްޑޯ ބުނިގޮތުގައި ޕެރިސް ސެއިންޓް-ޖާރމެންގައި މެސީ ހުރިކަމަށްވިޔަސް ޗެމްޕިއަންސް ލީގް އެ ކުލަބަށް ކާމިޔާބު ކުރެވޭނެކަން ޔަގީން ކަމާ އެކު ނުބުނެވޭނޭ ކަމަށެވެ. މިހާރުގެ ރިއަލް ވެލަޑޮދްގެ ޕްރެސިޑެންޓް ރޮނާލްޑޯ އޭނާ ލޮސް ބްލަންކޮސްގައި ހޭދަ ކުރި ދުވަސްތަކުން މިސާލު ޖަހައި ބުނެފައި ވަނީ ކަރުދާހުގައި މޮޅު ޓީމެއް ލިޔެފައި އޮތުމަކީ ކާމިޔާބީ ޔަގީން ކޮށްދޭ ކަމެއް ނޫން ކަމަށެވެ. ރޮނާލްޑޯ ދިން އިންޓަވިއު އެއްގައި ބުނެފައި ވަނީ ޗެމްޕިއަންސް […]
ލޯބީގެ މަންޒިލު-6

https://sandhaanu.today/14453/ އާ ގުޅޭ ”ވަރަށް ބޮޑަށް ޝުކުރިއްޔާ! އަހަރެންގެ އަބުރު އޭނާ ވެއްޔާ މޮޑެލީ އެންމެ ފަސް ލާރިއާ ހެދި.“ އެ ޒުވާނާ ބުނެލިއެވެ. ”ކަލޭ ތި ބުނީ ފަސް ލާރިއަކީ އެއްވެސް އަގެއް ނެތް އެއްޗެކޭތަ؟ ބަހުން ދަތުރުކުރަން ފަސްލާރި މަދުން ދީބަލަ، ޓިކެޓެއް ނުލިބޭނެ. ހަމައެގޮތަށް ފޮނުވާ ސިޓީއެއްގައި ފަސްލާރި މަދުން ސްޓޭމްޕް ޖަހާބަލަ. ސިޓީ ލިބޭ މީހާ އަތުން ޖުރިމާނާއަށް ފައިސާ އަތުލާނެ، އެހެން ނޫނީ ސިޓީ ލިބެންވާ މީހާއަށް ސިޓީއެއް ނުލިބޭނެ.“ ”އަނގަތަޅާނެކަމެއް […]
ވެލިދު އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ނ. އަތޮޅު ވެލިދޫ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައިގެންފި އެވެ. ފުލުހުން ބުނީ ވެލިދު އަށް އެތެރެކުރަން އުޅުނު މި މަސްތުވާތަކެއްޗަކީ މާލެއިން ފުރައިގެން އެރަށަށް ދިޔަ ބޯޓަކުން އެތެރެކުރަން އުޅުނު މަސްތުވާތަކެތިމަށެވެ. މި ބޯޓުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ ބޯޓުން ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން […]
ރަސްދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އއ.ރަސްދޫއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ރަސްދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނުމައުލޫމާތަކާގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ ބުދަދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކުރީ ރަސްދޫ ބަނދަރު ސަރަހައްދުން ދަނިކޮށް ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓް ފެނުމާގުޅިގެން ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. […]
ފޯނުން ގުޅައި މަކަރާ ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދަނީ

ފޯނުން ގުޅައި މަކަރާ ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދުމަށް އެމީހާގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ މ. ކުދިމާވިލާ، ނާފިއު ސަލީމް (50އ) އެވެ. ފުލުހުން ބުނީ ނާފިއު އަކީ މަކަރާ ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއްކަމަށެވެ. ފުލުހުން ބުނީ ނާފިއު […]
ބ އަތޮޅުގެ ތިން ރަށެއްގެ ކަރަންޓް އެއް ވިއުގައުކުން ގުޅާލަނީ

ބ.އަތޮޅުގެ ތިން ރަށެއްގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ނިންމައި މި މަޝްރޫއުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ. ފެނަކައިން ބުނީ ބ އަތޮޅުގައި ކަރަންޓް އެއް ވިއުގައަކުން ގުޅަން ނިންމާފައިވަނީ އެއަތޮޅު ގޮއިދޫ އާއި ފެހެންދޫ އަދި ފުޅަދޫ ކަމަށެވެ. މޫދުގައި އަޅާ ކޭބަލް ނެޓްވޯކަކުން ކަރަންޓްގެ ގުޅާލުމަށް ނިންމާފައިވާ މި ތިން ރަށަކީ އެ އަތޮޅުގެ އެހެން ރަށަތަކާ ވަކިން އެއް ފަޅެއްގެ ތެރޭގަ އޮންނަ ތިން ރަށެވެ. ފެނަކައިން […]