ފޯނުން ގުޅައި މަކަރާ ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދަނީ

Loading

Facebook
Twitter
WhatsApp

 

ފޯނުން ގުޅައި މަކަރާ  ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހޯދުމަށް އެމީހާގެ ފޮޓޯއާއި ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ މ. ކުދިމާވިލާ، ނާފިއު ސަލީމް (50އ) އެވެ.

ފުލުހުން ބުނީ ނާފިއު އަކީ  މަކަރާ  ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދުމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއްކަމަށެވެ.

ފުލުހުން ބުނީ ނާފިއު ފުލުހަށް ހާޒިރުކުރަނީ މި މައްސަލައިގެ ތަހުގީގަށް ކަމަށެވެ.

އަދި އޭނާ އަށް ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކޮށްފައެވެ.

މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792265 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލހުން އެދެއެވެ.

އަދި މިމީހާ މިމަހު 15 ގައި ޝަހީދު ހުސައިން އާދަމް ބިލްޑިން އަށް ހާޒިރުވުމަށް ފުލުންވަނީ އެދިފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް