ހިޔާ ފްލެޓްތައް ކުއްޔަށް ދޫކުރަން ފަށައިފި!

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ”ހިޔާ“ ފްލެޓްތައް ކުއްޔަށް ދޫކުރަން ފަަށައިފިއެވެ.

ހިޔާ ފްލެޓްތައް ކުއްޔަށް ދޫކުރަން އިސްތިހާރު ކުރަމުން ދަނީ ފްލެޓްތަކުގެ ފިނިޝިން އާއި އަދި އެހެނިހެން ބައެއް ކަންކަން ފުރިހަމަ ވެސް ނުވަނީހެވެ. ފްލެޓްތައް ކުއްޔަށް ދޫކުރަން އިސްތިހާރު ކުރަމުން ދަނީ ފޭސްބުކް ޕޭޖުތަކާއި ވައިބާ ގުރޫޕްތަކުގަ އެވެ. ހިޔާ ފްލެޓް ކުއްޔަށް ދޭން އިސްތިހާރު ކޮށްފައި ވަނީ 10،000 ރުފިޔާ އަށެވެ. ހިޔާ ފްލެޓްތަކުގެ ފިނިިޝިންގެ ހަރަދާއެކު ކުއްޔަށް ނެގުމަށް ހަމަޖެހިފައިވާ އަސްލު އަގަކީ 8500 ރުފިޔާއެވެ.

​ހިޔާ ފްލެޓް ލިބުނު ބައެއް ފަރާތްތަކުން، ކިރިޔާ އުޅެލެވޭ ވަރަށް ތަން ހަދާލުމަށް ފަހު އެތަނުގައި ދިރިއުޅެމުން އެބަ ގެންދެއެވެ. އަދި ބައެއް ފަރާތްތަކުން މިވަގުތު އެތަނުގައި އުޅެން ބޭނުން ނުވާތީ، އެޕާޓްމަންޓް ކުއްޔަށް ދެނީއެވެ. ނަމަވެސް ފްލެޓްތައް ކުއްޔަށް ދިނުމަކީ އެޗްޑީސީން މަނާކޮށްފައި ވާ ކަމެކެވެ.

ސަރުކާރުން އިޖުތިމާއީ ބޯހިޔާވަހިކަން ހައްލު ކުރުމަށް ދޫކުރާ ފްލެޓްތަކަކީ ގެދޮރު ނެތް އަދި ކޮންމެހެން ބޯހިޔާވަހި ކަމަކަށް ބޭނުން ވެފައިވާ މީހުނަށް ދޫކުރާ ފްލެޓްތަކެކެވެ. އިޖުތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ސަރުކާރުން ދޫކުރާ މިފަދަ ފްލެޓްތައް އެގްރިމެންޓާ ހިލާފަށް ކުއްޔަށް ދޫކުރާނަމަ ފްލެޓްތައް އަތުލާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

​ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ތަޅުދަނޑިތައް ހަވާލު ކުރަން ފަށައިފައި ވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ. 6720 ޔުނިޓްގެ ތެރެއިން މިހާތަނަށް ސޮއި ކޮށްފައި ވަނީ 5519 މީހުނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް