ނ. އަތޮޅު ވެލިދޫ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ވެލިދު އަށް އެތެރެކުރަން އުޅުނު މި މަސްތުވާތަކެއްޗަކީ މާލެއިން ފުރައިގެން އެރަށަށް ދިޔަ ބޯޓަކުން އެތެރެކުރަން އުޅުނު މަސްތުވާތަކެތިމަށެވެ.
މި ބޯޓުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 8 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ ބޯޓުން ބޭލި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ފޮށީގަނޑުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް މި މައްސަލަ ފުލުހުން ދަނީ އިތުތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.