މުޣަލް އެމްޕަޔަރ- 12

https://sandhaanu.today/14681/ އާއި ގުޅޭ …                                         ވަކި ސުމާރެއްނެތި ތަފާތުކުލަތަކުގެ އަލިން ގަނޑުވަރުތެރެ ޒީނަތްތެރި ކޮށްގެން ހިންގަމުންގެންދިޔަ މަޖާކުރުމުގެ ހަޕްލާތަކަށް ކުރެވިގެންދިޔަ ބޮޑެތި ޚަރަދުތަކާހުރެ ރަސްކަމުގެ ޚަޒަނާ ހުސްވެ ރިޒާވުގައި ހުރި އެއްޗެއްވެސް ވަނީ ހުސްވުމާ ގާތްވެފައެވެ. ރަސްކަމުގެެ މާލީ ޙާލަތު މިހާ ހިސާބަށް ގޮސްފައިވަނިކޮށް ދެން ކުރިލާން ޖެހުނީ އަދި މާބޮޑު […]

އޮރިޔާން ފިލްމު ކުޅުވުމުގެ މައްސަލަ: ޝިލްޕާގެ ފިރިމީހާ ދޫނުކުރަން ފަސްވަނަ ފަހަރަށް ކޯޓުން ނިންމައިފި

ހިންދީ ފިލްމީ ދުނިޔޭގެ އިތުރަށް ކަސްރަތުގެ ދުނިއޭގައި މަޝްހޫރު ތަރިއެއްކަމުގައިވާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ އޮރިޔާން ފިލްމު އުފައްދާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްގެން އުޅޭތާ ދެ މަހެއްހާ ދުވަސްވެއްޖެއެވެ. ރާޖުގެ ވަކީލުން އޭނާ ޖަލުން މިނިވަން ކުރެވޭތޯ މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބު ވެފައެވެ. ކޯޓުގައި ފައިސާ ބަހައްޓައިގެން ރާޖު ޖަލުން މިނިވަންކުރުމަށް އެންމެ ފަހުން ކުރި މަސަކަތް ވެސް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. އެއީ އޭނާ ޖަލުން ގޭބަންދަށް […]

ދިހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އިޒުރޭލުގެ ބޮޑު ވަޒީރަކު މިސްރަށް ވަޑައިގެންފި

ދިހަ އަހަރަށް ފަހުން ފުރަތަމަ ފަހަރަށް އިޒުރޭލުގެ ބޮޑު ވަޒީރަކު މިސްރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިސްރާއީލްގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް މިސްރަށް ވަޑައިގެންފިއެވެ. މިދަތުރު ފުޅުގައި މިސްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް ސީސީއާ އެކު ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައި ނަފްތާލީ ބެނެޓް ވިދާޅުވީ އެއީ ވަރަށް މުހިންމު އަދި ވަރަށް ކާމިޔާބު ވާހަކަ ތަކެއް ކަމުގައެވެ. މިސުރުން ހާމަކުރިގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ސަރަހައްދުގައި ކުރިމަތިވާ ތަފާތު ކަންތައްތަކާއި އިސްރާއީލް-ފަލަސްތީން […]

ހަގީގީ މަންފާ ރައްޔިތުންނަށް ލިބޭނީ، އޮފީސްތަކުން ކަންކަން ނިންމައި ރައްޔިތުންނަށް ޖަވާބު ދޭ މިންވަރު އިތުރުކޮށްގެން: ރައީސް

  ރައްޔިތުންނާ ސަރުކާރާ ދެމެދު ފަސޭހަ ނިޒާމަކުންގުޅިގެންދާއިރު އެ ނިޒާމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ލިބޭނީ، އޮފީސްތަކުން ކަންކަން ނިންމައި، ރައްޔިތުންނަށް ޖަވާބު ދޭ މިންވަރު އިތުރުކޮށްގެން ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އާންމުން ސަރުކާރު އިދާރާތަކަށް ހުށައަޅާ ލިޔެކިއުންތައް ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ހުށައެޅޭނެ ނިޒާމްކަމަށްވާ ގަވް ޑޮޓް އެމްވީ މެސެޖުގެ ހިދުމަތް، އިފްތިތާހްކުރުމަށް  ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަމަދު ސާލިހު މިއަދު ވިދާޅުވީ މި ހިދުމަތަކީ، […]

އާންމު ދަތުރުފަތުރުގައި ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ތައާރަފްކޮށްފި

  އެމްޓީސީސީން ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ އާންމު ދަތުރުފަތުރުގެ ހިދުމަތުގައި ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ތައާރަފްކޮށްފި އެވެ. މި ހިދުމަތް ތައާރފްކޮށްފައިވަނީ ބޭންކް އޮފް މޯލްޑީވްސް ( ބީއެމްއެލް) އާއި އެމްޓީސީސީ އާ ގުޅިގެން ނެވެ. އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މެނޭޖްމަންޓެއް ގާއިމްކޮށް، އެމްޓީސީސީ އިން ރާއްޖޭގައި އޮޕަރޭޓްކުރަމުންދާ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތްތަކުން އޮޓޮމެޓިކްކޮށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރަން ބިއެމްއެލް އިން މާސްޓާކާޑާއި އެމްޓީސީސީ އާއެކު މިއަދު ވަނީ ސޮއިކޮށްފަ އެވެ. ބީއެމްއެލް […]

މަސްތުވާތަކެތީގެ މައްސައެއްގައި މީހަކު ހޯދަން އޭނާގެ ވަނަވަރު އާންމުކޮށްފި

  މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހޯދުމަށް އޭނާގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން ދަނީ ކ. މާލެ / ގ. ހިޔަރޯދި، އިބްރާހިމް ޝިމްއާން ސަލީމް (24އ) ކަމަށެވެ. އިބްރާހިމް ޝިމްއާން ސަލީމްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9660126 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެއެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ބޮޑު މައްސަލަ […]

ނަފްސާނީ ދުޅަހެޔޮ ކަމުގެ ދާއިރާއިން ސްކޮލާޝިޕްތަކެއް

  ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ދާއިރާތަކުން ސްކޮލަރޝިޕްތަކަށް ކުރިމަތި ލުމުގެ ފުރުސަތުހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.   ހުރިހާ ހަރަދެއް ސަރުކާރުން ކުރާގޮތަށް ހަމަޖައްސާފައިވާ މި ސްކޮލާޝިޕް ތަކަށް ހުޅުވާލާފައިވަނީ  46 ފަރާތަކަށެވެ. ކިޔެވުމަށް ހުޅުވާލާފައިވާ ކޯސްތަކާއި އެކޯސްތަކަ ދިނުމަށް ހަމަޖައްސާފައިވާ މުވައްސަސާތައް އައިޖީއެމްއެޗް މާސްޓާސް އިން ނާސިން (ސައިކިއޭޓްރިކް ނާސިން/މެންޓަލް ހެލްތު ނާސިން) – 4 ފުރުސަތު މާސްޓާސް އިން ކްލަނިކަލް ސައިކޮލޮޖީ – 2 ފުރުސަތު މާސްޓާސް އިން ކައުންސެލިން/ސައިކޯތެރަޕީ – 2 ފުރުސަތު މާސްޓާސް […]

ގަވާއިދާ ހިލާފަށް ރާއްޖެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދިޔަ ބޯޓްތަކެއް އަތުލައިގެންފި

  ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ދެ މަސްބޯޓުތަކެއް ރާއްޖެ ސިފައިން އަތުލައިގެންފި އެވެ. އެމްއެންޑީއެފްން  ބުނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ދެ ބޯޓެއް ހުއްޓުވައި ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮފައިވާ ކަމަށެވެ. އޭގެތެރެއިން އެއް ބޯޓު އަތުލައިގެންފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. ދެވަނަ ބޯޓު އަތުލައިގެންފައި ވަނީ 13 ވަނަ ދުވަހުގެ ރޭ ކަމަށް ވެސް ސިފައިން […]

ގައިދީއަކު މަރުވުމާއި ގުޅިގެން ކުއްލި މައްސަލަ އެއް މަޖިލީހަށް

    ހުޅުމާލޭ ޖަލުގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ކުއްލިގޮތަކަށް ރޭ މަރުވި މައްސަލައިގައި ކަމާ ބެހޭ ފަރާތްތަލުން އިހުމާލު ވެފައިވާކަމަށް އާއިލާއިން ކުރާ ތުހުމަތު ތަހުގީގުކޮށްދިނުމަށް ގޮވާލާ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަތީ 24 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. މި މައްސަލައިގައި […]

ކޮވިޑް19: އިތުރު 128 މީހަކު ފައްސިވެއްޖެ!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 128 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 69 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 14 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 45 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 82,950 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,936 އެކްޓިވް ކޭސް ހިމެނޭއިރު 19 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]