އަފުޣާނިސްތާނަށް ފުރިހަމަ މިނިވަންކަން ލިބިއްޖެ: ޠާލިބާން
”އަލްޙަމްދު ލިއްލާހި.“ އެމީހުން އުފަލުން ގޮވަމުން ދިޔައެވެ. ”އަލްޙަމްދު ލިއްލާހި.“ ޠާލިބާނުން އުފަލުން ވައިގެ ތެރެއަށް ބަޑިޖަހަމުން ދިޔައެވެ. އަފުޣާނިސްތަނުގެ ބިމުގައި ތިބި އެމެރިކާގެ ސިފައިންގެ އެންމެން ފުރައިގެން ދިއުމުންނެވެ. ”އަފުޣާނިސްތާނަށް ފުރިހަމަ މިނިވަންކަން ލިބިއްޖެ.“ ޠާލިބާނުންގެ ތަރުޖަމާނެއްކަމުގައިވާ ސުހައިލު ޝާހީން ވިދާޅުވިއެވެ. ”ގައުމުގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން މުބާރަކްބާދު ދަންނަވަން.“ އަފުޣާނިސްތަނުގައި ތިބި އެމެރިކާގެ ސިފައިގެތެރެއިން އެންމެ ފަހު މީހާވެސް މިހާރު ވަނީ ފުރައިގެން ގޮސްފައެވެ. ”މިއީ އަޅުގަނޑުމެން އެންމެންނަށް ލިބުނު […]
ސްރީލަންކަން އެއާލައިންސްއިން އިން އައްޑޫ ސިޓީއަށް ދަތުރުކުރަން ފަށާނީ
ސްރީލަންކަން އެއާލައިންސްއިން އިން އައްޑޫ ސިޓީ ގަމާއި ކޮލަންބޯއާ ދެމެދު ޗާޓާ ދަތުރުތަކެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ. ސްރީލަންކަން އެއާލައިނުން ބުނީ އައްޑޫއާ ދެމެދު ހަފްތާއަކު ދަތުރެއް ކުރުމަށް ޝެޑިއުކް ކުރަމުން އަންނަ ކަމަށާ މި ދަތުރުތަކަށް ރިޒަވޭޝަން ހެދުމަށް މިހާރު ހުޅުވާލާފައިވާނެކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫއަށް އަންނަ ފަތުރުވެރިން އުފުލުމަށް ކުރަމުންދާ މި ދަތުރުތަކަކީ ވަގުތީ ދަތުރުތަކެކެވެ. ސްރީލަންކަން އެއާލައިންސް މީގެ ކުރިންވެސް ގަމަށް ޝެޑިއުލް ދަތުރުތައް ވަނީ ކޮށްފައެވެ. އޭރު ހަފްތާއަކު […]
ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި
މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްޔަރކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ ގައެވެ. ފުލުހުން […]
މާލެ ކައިރިން ޕިކްނިކަށްދާނެ ރަށެއް ހެދުމުގެ ގޮތުން އާންމުންގެ ހިޔާލު ހޯދަނީ
މާލެ ކައިރީ ސަރަހައްދުން ޕިކްނިކަށްދާނެ ރަށެއް ތަރައްގީކުރުމަށް ކުޑަގިރި ފަޅު ހިއްކުމަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާލައިފިއެވެ. މި ފަޅު ހިއްކުމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާފައިވަނީ އޮންލައިން ކޮށެވެ. ޕްލޭނިން މިނިސްޓްރީން ބުނީ މި ސަރވޭއަކީ ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށްޓަކައި ރަށެއް ތަރައްގީކުރުމަށް ސަރުކާރުން ސަރުކާރުން ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ބިންހިއްކުމުގެ މަޝްރޫއަށް ތައްޔާރުކުރެވޭ އީއައިއޭއަށް ހެދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދާ ސަރވޭއެކެވެ. މި ސަރވޭގެ ބޭނުމަކީ […]
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ މައްސަލަ ތަހުގީގު ކުރަން ހުށަހެޅި މައްސަލާގައި ބަހުސްކުރަން މަޖިލީހުން ފާހެއް ނުކުރި
ރައީސް ޔާމީނަށް ނުހައްގުން ހުކުމް ކުރުވުމަށް ފަނޑިޔާރުންނަށް ނުފޯޒުފޯރުވާ މައްސަލަ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ތަހުގީގު ކުރުވުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ޢުމަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެއްޅުއްވި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރާގޮތަށް ފާހެއް ނުވިއެވެ. އާދަމް ޝަރީފު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ މައްޗަށް ފަސް އަހަރުގެ ޖަލުހުކުމެއް ކޮށްފައި ވަނީ ނުހައްގުން ކަމަށާއި އެއީ ފާސިގު ހެކި އުފައްދައިގެން ކޮށްފައިވާ ސިޔާސީ […]
ކޮވިޑު ބޫސްޓަރ ވެކްސިން ޖަހަން އިޒްރޭލުން ނިންމައިފި
ބާރަ އަހަރުން މަތީގެ ކުދިންނަށާއި ބޮޑެތި މީހުންނަށް ކޮވިޑު ބޫސްޓަރ ވެކްސިން ޖަހަން އިޒްރޭލުން ނިންމައިފިއެވެ. ގައުމުގެ ބޮޑު ވަޒީރު ވިދާޅުވިގޮތުގައި މީގެ މަހެއްހާ ދުވަސްކުރިން އިސް މީހުންގެ މެދުގައި ފެށި ވެކްސިން ކެމްޕެއިނުން ޑެލްޓާ ވޭރިއަންޓުގެ ސަބަބުން ކުރިމަލިވާ ބަލިތައް ވަނީ ވަރަށް ބޮޑަށް މަދުކުރެވިފައިކަމަށެވެ. އިޒްރޭލުގެ ސިއްހަތާ ބެހޭ އިސް އޮފިޝަލުން މިދިޔަ އާދިއްތަ ދުވަހު މަޢުލޫމާތު ދިން ގޮތުގައި ޖަހާތާ ހަ މަސްދުވަހުގެ ތެރޭގައި ފާއިޒާ ބައޮންޓެކް ވެކްސިނުގެ އަސަރު ކުޑަވެގެން ދެއެވެ. […]
އަފްޣާނިސްތާނާ އެކު ވިޔަފާރީގެ ގުޅުން ދަމަހައްޓާނެކަމަށް ތުރުކީވިލާތުން ހާމަކޮށްފި
އާދިއްތަ ދުވަހު ތުރުކީގެ ރައީސް، ރަޖަބު ޠައްޔިބް އުރްދުޣާން ވިދާޅުވި ގޮތުގައި އަފްޣާނިސްތާނުގެ ކާބުލްގައި ހުރި ތުރުކީވިލާތުގެ އެމްބަސީގެ މަސައްކަތްތައް ކުރިން އޮތް ގޮތަށް މިހާރު ވަނީ ރުޖޫޢަކޮށްފައެވެ. ތުރުކީގެ ރައީސް އަފުޣާނިސްތާނާއެކު ގުޅުން ބަދަހިކޮށް ކުރިއަށް ގެންދަވާނޭކަމަށް ވިދާޅުވީ އެން.އޭ.ޓީ.އޯގެ ގައުމުތަކުން އަފްޣާނިސްތާނާ ގުޅުން ކަނޑާލަމުންދާ ދަނޑިވަޅެއްގައެވެ. ތުރުކީވިލާތުން ވަނީ ކުޑަ ޓެކްނިކަލް ގްރޫޕެއް ފިޔަވައި އަފްޣާނިސްތާނުގައި ތިބި ތުރުކީއަށް ނިސްބަތްވާ ހުރިހާ ރައްޔިތުންނާއި ސިފައިން އެ ގައުމުން ނެރެފައެވެ. އުރްދުޣާން ވިދާޅުވި ގޮތުގައި ޠާލިބާނުންގެ […]
ރައީސް ޔާމީނަށް އިއްވި ހުކުމަކީ ”ސިޔާސީ ހަރާމް“ ހުކުމެއް؟ ޙުކުމް ކުރެއްވި ބެންޗުގެ ގާޒީއަކު ރަހީނު ކުރެވިފައި؟
ރައީސް ޔާމީނަށް އިއްވި ހުކުމަކީ ”ސިޔާސީ ހަރާމް“ ހުކުމެއްކަމަށް އެތައްބަޔަކު އަބަދުވެސް ވާހަކަދައްކަމުން ދަނިކޮށް ރައީސް ޔާމީނަށް ހުކުމް ކުރެއްވި ބެންޗުގައި އިންނެވި ގާޒީއަކު ހުންނެވީ ރަހީނު ކުރެވިފައިކަމަށް ދޭހަވާ ވާހަކަތަކެއް ހިމެނޭ އޯޑިއޯއެއް ބޭޒާރުވެ ގިނަ ބަޔަކު އެ ވާހަކަތައް އަޑުއަހަމުން އެބަގެންދެއެވެ. ރަހީނު ކުރެވިފައިވާކަމަށް ވާހަކަދައްކަވާފައި ވާކަމަށް ގަބޫލުކުރެވެނީ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީއެއް ކަމުގައިވާ ޙުސައިން ފާއިޒް ރަޝާދުއެވެ. ގާޒީ ޙުސައިން ފާއިޒު ރަޝާދު ރައްޓެއްސަކާ ދެއްކެވި ވާހަކަތަކުގައި ވިދާޅުވެފައި ވަނީ ”ރަހީނު ކުރެވޭނެ […]
ހުރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން އޮކްޓޯބަރުގައި
ކ.ހުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާކޮމެޓީގެ މެމްބަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން އެމަގާމަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮކްޓޯބަރުގައި ބާއްވަން އިލެކްޝަން ކޮމިޝަ( އީސީ)ން އިން ނިންމައިފިއެވެ. އީސީން ބުނީ ހުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ މެންބަރުކަމަށް އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހު ބޭއްވުމަށް އެކޮމިޝަނުން ނިންމާފައިވާކަމަށެވެ. އީސީން ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިހާބު ކުރަންޖެހޭ މަގާމުތަކަށް ކުރިމަތިލުމަށް އެދޭ […]
ވެކްސިން ނުޖަހާ މީހުންނަށް ޓެކްސީތަކުން ދަތުރުނުކުރެވޭނެ
ކޮވިޑްން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ޓެކްސީތަކުން ދަތުރު ނުކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފިއެވެ. ޓްރާންޕޯޓްން ބުނީ ކޮވިޑްން ދިފާއުވުމަށް ޖަހަންޖެހޭ ވެކްސިންގެ ޑޯޒް ނުޖަހާ ފަރާތްތަކަށް އަންނަ ބުދަ ދުވަހުން ފެށިގެން ޓެކްސީ ދަތުރުތައް ނުކުރެވޭނެކަމަށެވެ. ޓްރާންސްޕޯޓްން ވަނީ އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރާ ގުޅޭ އާންމު ހިދުމަތްދޭ ފަރާތްތަކުން، ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން ޑޯޒްތައް ފުރިހަމަ ނުކުރާ ފަރާތްތަކަށް […]