ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މީހަކު ހައްޔަރކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ފުވައްމުލަކުން މާލެ އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައަކާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި  މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ ގައެވެ.
ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށެވެ.

ފްލައިޓެއް ހައިޖެކް ކުރާނެ ކަމުގެ އިންޒާރު ދިނުމަކީ ވަރަށް ސީރިއަށް މައްސަލަތަކެއްގެ ގޮތުގައި ހުރިހާ ގައުމަކުންވެސް ބަލާ މައްސަލަތަކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް