މާލެ ކައިރިން ޕިކްނިކަށްދާނެ ރަށެއް ހެދުމުގެ ގޮތުން އާންމުންގެ ހިޔާލު ހޯދަނީ

Loading

Facebook
Twitter
WhatsApp

 

މާލެ ކައިރީ ސަރަހައްދުން ޕިކްނިކަށްދާނެ ރަށެއް ތަރައްގީކުރުމަށް ކުޑަގިރި ފަޅު ހިއްކުމަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާލައިފިއެވެ.

މި ފަޅު ހިއްކުމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާފައިވަނީ އޮންލައިން ކޮށެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި ސަރވޭއަކީ ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށްޓަކައި ރަށެއް ތަރައްގީކުރުމަށް ސަރުކާރުން ސަރުކާރުން ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާ ބިންހިއްކުމުގެ މަޝްރޫއަށް ތައްޔާރުކުރެވޭ އީއައިއޭއަށް ހެދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދާ ސަރވޭއެކެވެ.

މި ސަރވޭގެ ބޭނުމަކީ އެކުލަވާލެވިފައިވާ ޕްރޮޖެކްޓާއިބެހޭ ގޮތުން އާންމު ރައްޔިތުންގެ ހިޔާލާއި، މަޝްވަރާއާއި، ޕްރޮޖެކްޓާއި ބެހޭ ގޮތުން ފާހަގަކުރެވޭ ކަންބޮޑުވުންތަކާއި ޕްރޮޖެކްޓްގެ ސަބަބުން ލިބޭނެފައިދާތައް ދެނެގަތުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި ސަރވޭގައި އެއްކުރާ މައުލޫމާތު ބޭނުންކުރާނީ ހަމައެކަނި އީއައިއޭގެ ބޭނުންތަކަށްކަމަށާ ސަރވޭއަށް މައުލޫމާތުދިން ފަރާތުގެ ނަން،އަދި ސަރވޭގައި ހިމަނާފައިވާ މައުލޫމާތު އާއްމު ނުކުރާނެކަމަށެވެ.

ކުޑަގިރި ފަޅަކީ މާލެއާއި 10.5ކިލޯ މީޓަރު ދުރުގައި އޮންނަ ފަޅެކެވެ.

ޕިކްނިކް ދާ ރަށެއްގެގޮތުގައި ތަރައްގީކުރުމަށް ހަމަޖައްސާފައިވާ ބިން ހިއްކުމުގެ މި ޕްރޮޖެކްޓްގައި ކުޑަގިރި ފަޅުން ދެ ރަށް ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އެއީ ދަތުރުދިއުމަށް 8 ހެކްޓަރުގެ ރަށަކާއި، ފިނޮޅެއްގެ ގޮތުގައި ހަދާ 1.5 ހެކްޓަރުގެ ރަށެވެ.

މާލެ އަތޮޅު އެތެރެވަރިން ވެލިނަގައިގެން ހިއްކުމަށް ހަމަޖައްސާފައިވާ މި ޕްރޮޖެކްޓް ނިންމަން  250،000 ކޮޑިމީޓަރުގެ ވެލި ބޭނުންވާނެ ކަމަށް ބަލާފައިވެއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މި އެ ސަރަހައްދުގައި ހިއްކާ ސަރަހައް ހިމާޔަތްކުރުމަށް ހުރަސް ތޮށި ލުމާއި، އެއްގަމުގައި ހިލަ ތޮށި ޖެހުމަށް ހިމަނާފައިވާނެކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް