ފަސް ރަށެއްގެ ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރަން ނިންމައިފި

ރާއްޖޭގެ ރަށްރަށުގެ ގޮޑުދޮށް ހިމާޔަތްކުރުމަށް ދިވެހި ސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަސްރަށެއްގެ ގޮޑުދޮށް ހިމާޔަތްކުރުމަށް 66 މިލިއަންޑޮލަރު ( 1.016 ބިލިއަން ރިފިޔާ) ހަރަދުކުރަން ނިންމައިފިއެވެ. މިމަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅުގެ ފަސް ރަށެއްގެ އިތުރުން އައްޑޫސިޓީ މީދޫ ގޮޑުދޮށެވެ. މި މަޝްރޫއުގެ ދަށުން ލ އަތޮޅުން ހިމާޔަތްކުރަން ހަމަޖެހިފައިވަނީ އެ އަތޮޅު މާމެންދޫ، ފޮނަދޫ، ގަން، އަދި […]

މަތީތައުލީމުދޭ ތަންތަނުން ގަވާއިދާ ހިލާފްވާނަމަ އުވާލާނެކަމުގެ އިންޒާރު ދީފި

    މަތީތައުލީމާއި ތަމްރީނު ދިނުމަށް ރާއްޖޭގައި ހުޅުވާފައިވާ  ކޮލެޖް، އިންސްޓިޓިއުޓްތަކުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަންޖެހޭ ކަންކަން ނާންގައި ހުންނަކަމުގައި ވާނަ އެފަދަ ތަންތަން އުވާލާނެކަމުގެ އިންޒާރު ހަޔާ އެޑިއުކޭން މިނިސްޓްރީން ދީފި އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރޭ ނެރުނު އިއުލާނެއްގައި ބުނީ މަތީ ތައުލީމްދޭ ކޮންމެ މަރުކަޒަކުންވެސް އެތަނަށް އަންނަ މުހިންމު ބަދަލުތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަންވާނެކަމަށާއި އެގޮތުން، މެނޭޖްމަންޓް، މަސްއޫލުވެރި ފަރާތް، ހިންގާ ވެރިޔާ، ކެމްޕަސް، އައުޓްރީޗް ސެންޓަރ، އެޑްރެސް، […]

ވިނަރެސް ފްލެޓްތަކަށް އެދުމުގެ ފުރުސަތު އަނެއްކާވެސް އިތުރުކޮށްފި

  ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ ދެ ކޮޓަރީގެ ފްލެޓްތައް ދޫކޮށް ތިން ކޮޓަރީގެ ވިނަރެސް ފްލެޓްތަށް ބޭނުންވާ ފަރާތްތަކުން އެ އެކަމަށް އެދުމުގެ މުއްދަތު އިތުރު ކޮށްފިއެވެ. ހިޔާ ފްލެޓްތައް ލިބުނު ފަންނީ ފަރާތްތަކުން އެ ފްލެޓްތަކަށްވުރެ ތަނަވަސް ފްލެޓްތަކަށް އެދުމުގެ ފުރުސަތު މީގެ ކުރިން ދެ ފަހަރެއްގެ މަތީން ވަނީ ދީފައެވެ. ފަންނީ ކެޓަގަރީގައި ހިމެނެނީ H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންގެ އިތުރުން ސިވިލް ސަރވިސް ފަންނީ […]

ކައުންސިލްތަކުގެ އެސްޖީގެ މަގާމަށް 500 އަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި

    ލޯކަލް ކައުންސިލްތަކަށް އަލަށް އުފެއްދި ސެކެރެޓަރީ ޖެނަރަލުން( އެސްޖީ) ގެ މަގާމަށް މުއައްޒަފުން އައްޔަންކުރުމަށް ހުޅުވާލުމުން އެމަގާމަށް އެދި 500 އަށްވުރެ ގިނަ މީހުން ކުރިމަތިލައިފިއެވެ. އެސްޖީ  އަކީ ކައުންސިލުތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާއެވެ. މި މަގާމަށް މުއައްޒަފުން ހޯދަން ކުރި އިއުލާން މުއްދަތު ހޯމަދުވަހަށް ހަމަވެފައިވާއިރު މި މަގާމަށް އެދި 511 ފަރާތަކުން ކުރިމަތިލާފައިވާކަމަށް ސިވިލް ސާވިސް ކޮމިޝަނުން ހާމަކުރެއެވެ. އެކޮމިޝަނުން ވަނީ  200 ސެކެރެޓަރީ ޖެނެރަލުން ހޯދަން އިއުލާން ކޮށްފައިވެއެވެ. […]

މަރުގެދިޔަގެ ގޮތުގައި ނަގައިދޭ އަދަދު އެއް މިލިއަން ރުފިޔާ އަށް ބޮޑުކޮށްފި

  މަރުގެ މައްސަލަތަކުގައި މަރުގެ ދިޔައިގެ މިންވަރަކީ އެއް މިލިއަން ރުފިޔާ ކަމަށް ސްޕްރީމް ކޯޓުން ކަޑައަޅައިފި އެވެ. މިހާތަނަށް އަމަލުކުރަމުން އައި އުސޫލަށް ބަދަލު ގެނެސް ސުޕްރީމްކޯޓުން އަލަށް އެކުލަވާލި އުސޫލުގައި ބުނެފައިވަނީ މަރެއްގެ ދިޔަ ދޭންޖެހޭ ހާލަތްތަކުގައި އެންމެ ކުޑަކޮށް މިންވަރަކީވެސް އެއް މިލިއަން ރުފިޔާކަމަށެވެ. އަދި މަރަށް މަރު ނުހިފޭ ހާލަތްތަކުގައި އިސްލާމީ ޝަރިއަތުގައިވާ ގޮތުގެ މަތިން ކައްފާރާއެއްގެ ގޮތުގައި ހަނދު މަހުން ޖެހިޖެހިގެން ދެމަހު ރޯދަ ހިފަންޖެހޭނެކަމަށްވެސް އެ އުސޫލްގައިވެއެވެ. މަރުގެ […]

ތާރީޚުގެ ތެރެއިން މުޣަލް އެމްޕަޔަރ -1

ތާރީޚްގެ ފަތްފުށްތައް ކިޔަންފެއްޓުމުގެކުރިން ކިއުންތެރިންގެ ސަމާލުކަމަށް ބައެއް ވާހަކަ ދަންނަވާލަން އަޅުގަނޑު ބޭނުމެވެ. ފުރަތަމަކަމަކީ ބޭރުގެ ބާރުތަކުން ގައުމުތަކަށް އަރާގަތުމުގެ ނަތީޖާއާއި ބެހޭގޮތުން ކީރިތި ގުރުއާނުގެ ނަމްލު ސޫރަތުގެ 34 ވަނައާޔަތުގައި ހާމަކުރައްވާފައިވާ ހަގީގަތް ހަނދާނުގައި ބެހެއްޓުމެވެ. ގައުމު ފަސާދަވުމާއި ގައުމުގެ ޢިއްޒަތްތެރިންނަކީ ނިކަމެތިން ކަމުގައި ވެގެން ދިއުމެވެ. އަޅުގަނޑު ދެކޭގޮތުގައި ގައުމުގެ ޢިއްޒަތާ ކަރާމަތް ގެއްލިގެން ދިއުންވެސް މީގެތެރޭގައި ހިމެނެއެވެ. އެއީ އޭރުވެސް މިހާރުވެސް އަދި ދެންއޮތަ ތަނުގައިވެސް ނިކުންނާނެ ނަތީޖާއެވެ. ވަށައިގެން ފެންނަމުންދާ މަންޒަރުތައް […]

ސިންގަޕޫރުން އަޖައިބުކުރަނިވި ޚަބަރެއް

ސިންގަޕޫރު ފާހަގަ ކުރެވިފައި ވަނީ ކޮވިޑް- 19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ކާމިޔާބީ ހޯދި ގައުމެއްގެ ގޮތުގައެވެ. ދާދި ފަހުން އެ ގައުމުން ވަނީ މި އާލަމީ ވަބާ އާއި ކުރިމަތި ލާން އެ ގައުމުން ގަސްތުކުރާގޮތް އިއުލާނުކޮށްފައެވެ. އެ ގައުމުން ނިންމާފައިވާ ގޮތުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންނާމެދު މީގެ ފަހުން އަމަލު ކުރެވޭނީ ހަމަ އާދައިގެ ރޯގާ ޖެހޭ މީހުންނާ މެދު އަމަލު ކުރެވެމުންދާ ގޮތަށެވެ. މިގޮތުން އާންމުން ކަރަންޓީނު ކުރުމާއި ކޭސް ޓްރާންސްމިޓް ވާ […]

އިޒްރޭލުން ގަލްފުގައި ފުރަތަމަ ފަހަރަށް އެމްބަސީއެއް ހުޅުވައިފި

އިޒްރޭލުގެ ސިޔާސީ ލީޑަރެއް ކަމުގައިވާ ޔާއިރް ލައިޕަޑް ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅަކާ އެކު ގަލްފުގައި އިޒްރޭލުގެ އެމްބަސީއެއް ވަނީ ހުޅުއްވައިދެއްވާފައެވެ. ލައިޕަޑް ކުރެއްވެވި ޓްވީޓެއްގައި މިކަން އިއުލާނުކުރައްވައި، ޔޫ.އޭ.އީގެ މިނިސްޓަރ، ނޯރާ އަލް ކާބިއާ އެކު އެމްބަސީ ހުޅުއްވައިދެއްވުމުގެ ރަސްމިޔާތުގައި ނަންގަވާފައިވާ ފޮޓޯއެއް ވަނީ ޓްވިޓާރގައި ޕޯސްޓުކުރައްވާފައެވެ. ޓްވީޓުގައި މިނިސްޓަރ މިކަން ސިފަކުރައްވާފައި ވަނީ ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައެވެ. މުސްލިމު ގައުމުތަކުގެ ބިންތައް އެމެރިކާގެ އެހީގައި ފޭރި ފަލަސްތީނު ރައްޔިތުންނަށް އިޒުރޭލުން ބޮޑެތި އަނިޔާތައް ކުރަމުންދާއިރުވެސް […]

ހުޅުމާލެ ހޮސްޕިޓަލުގެ ހިތާނީ ފެސްޓިވަލް ފަށަނީ

  ޗުއްޓީއާ ދިމާކޮށް ހުޅުމާލެ ހޮސްޕިޓަލްގައި ބާއްވާ ހިތާނީ ފެސްޓިވަލް ބޭއްވުމަށް ތައްޔާރީތައް ވާން ފަށައިފިއެވެ. އެ ހޮސްޕިޓަލުން ބުނީ ޗުއްޓީއާ ދިމާކޮށް ބާއްވާ މި ހިތާނީ ފެސްޓިވަލް މި މަހު 10 އިން އަންނަ މަހު ފަސް ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެކަމަށެވެ. ނަން ނޯޓު ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުދަދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ހުކުރު ދުވަސް ފިޔަވައި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން މެންދުރުފަހު […]

ފޮރިން ސާވިސް ބިލު މަޖިލީހުން ބަލައިގެންފި

  ދިވެހިރާއްޖޭގައި ފޮރިން ސަރވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކުރުމަށް ސަރުކާރުން ހުށައަޅާފައިވާ ފޮރިން ސަރވިސްގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ. ސަރުކާރުގެ ފަރާތުން، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހަޅުއްވާފައިވާ، މިބިލު މަޖިލީހަށް ބަލައިގަނެ ބިލް ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. މިއީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގައި ތަންފީޒުކުރުމަށް ފޮރިން ސަރވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކޮށް، އެ ހިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، […]