ހުޅުމާލެ ހޮސްޕިޓަލުގެ ހިތާނީ ފެސްޓިވަލް ފަށަނީ

Loading

Facebook
Twitter
WhatsApp

 

ޗުއްޓީއާ ދިމާކޮށް ހުޅުމާލެ ހޮސްޕިޓަލްގައި ބާއްވާ ހިތާނީ ފެސްޓިވަލް ބޭއްވުމަށް ތައްޔާރީތައް ވާން ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ޗުއްޓީއާ ދިމާކޮށް ބާއްވާ މި ހިތާނީ ފެސްޓިވަލް މި މަހު 10 އިން އަންނަ މަހު ފަސް ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެކަމަށެވެ.

ނަން ނޯޓު ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުދަދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ހުކުރު ދުވަސް ފިޔަވައި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން މެންދުރުފަހު 3:00އާ ހަމައަށް ނަންނޯޓް ކުރެވޭނެކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

މި ހިތާނީ ފެސްޓިވަލް ބާއްވަނީ ކޮވިޑް-19ގެ ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް