މަތީތައުލީމުދޭ ތަންތަނުން ގަވާއިދާ ހިލާފްވާނަމަ އުވާލާނެކަމުގެ އިންޒާރު ދީފި

Loading

Facebook
Twitter
WhatsApp

 

 

މަތީތައުލީމާއި ތަމްރީނު ދިނުމަށް ރާއްޖޭގައި ހުޅުވާފައިވާ  ކޮލެޖް، އިންސްޓިޓިއުޓްތަކުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަންޖެހޭ ކަންކަން ނާންގައި ހުންނަކަމުގައި ވާނަ އެފަދަ ތަންތަން އުވާލާނެކަމުގެ އިންޒާރު ހަޔާ އެޑިއުކޭން މިނިސްޓްރީން ދީފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރޭ ނެރުނު އިއުލާނެއްގައި ބުނީ މަތީ ތައުލީމްދޭ ކޮންމެ މަރުކަޒަކުންވެސް އެތަނަށް އަންނަ މުހިންމު ބަދަލުތައް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަންވާނެކަމަށާއި އެގޮތުން، މެނޭޖްމަންޓް، މަސްއޫލުވެރި ފަރާތް، ހިންގާ ވެރިޔާ، ކެމްޕަސް، އައުޓްރީޗް ސެންޓަރ، އެޑްރެސް، ފޯނު ނަންބަރު އަދި އީމެއިލް ފަދަ، ތަނުގެ އެއްވެސް މުހިންމު މައުލޫމާތަކަށް ބަދަލު އަންނަނަމަ އެ މިނިސްޓްރީއަށް އެކަން އަންގަންވާނެކަމަށެވެ.

މިނިސްޓްރީން ބުނީ އެ މިނިސްޓްރީން އަމަލުކުރަމުންދާ  ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު ގައި ވެސް ކިޔަވައިދޭ ތަނެއްގެ ވެރިފަރާތް ބަދަލުކުރަން ބޭނުންވާނަމަ މަސްއޫލުވެރިފަރާތުން އެގޮތަށް އެދޭކަމުގެ ލިޔުމާއި، މަސްއޫލުވެރިކަން ހަވާލުވާ ފަރާތުން އެކަމަށް އެދޭކަމުގެ ލިޔުމާއި، އެފަރާތުން ތަނުގެ މަސްއޫލުވެރިކަމުގެ ޒިންމާ ފުރިހަމައަށް އަދާކުރާނެ ކަމުގެ ލިޔުމަކާއި އެކު މިނިސްޓީއަށް ހުށަހަޅަން ވާނެކަމަށް އަންގާފައިވާނެކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން އެކަން އެގޮތަށް އަންގާފައި ނުވާކަމަށް ފާހަގަކުރެވެމުންދާކަމަށާއި، އެފަދަ ކަންކަމާއިމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ހަޔާ އެޑިއުކޭޝަނުން ވަނީ ދީފައެވެ.

“ އެ ގަވާއިދުގެ 14 ވަނަ މާއްދާގައިވާ ގޮތުން ގަވާއިދާ ހިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގެ އިހްތިޔާރާއި އިންސްޓިޓިއުޓް އުވާލަންޖެހޭ ހާލަތްތަކުގައި އުވާލުމުގެ އިހްތިޔާރު ވެސް މިނިސްޓްރީއަށް ލިބިގެންވެއެވެ. “ މިނިސްޓްރީން ނެރުނު އިއުލާނުގައި ވެއެވެ.

އަދި ގަވާއިދާ ހިލާފުވެގެން އިންސްޓްޓިއުޓެއް އުވާލަންޖެހޭ ހާލަތެއްގައި މިނިސްޓްރީ އާއި ސަރުކާރުން އުފުލަންޖެހޭ ޒިންމާއެއް ނޯންނާނެ ކަމުގައި ވެސް އެ މާއްދާއާއި ހަވާލާދީ މިނިސްޓްރީން ވަނީ މަތީތައުލީމު ދޭ ފަރާތްތަކަށް ހަދާންކޮށްލަދީފައި ވެއެވެ.

“ މި މިނިސްޓްރީން ކޮލެޖް، އިންސްޓިއުޓްތަކަށް ދޫކުރާ ރަޖިސްޓްރީގައި ވެސް އިންސްޓްޓިއުޓް ނުވަތަ ކޮލެޖްގެ އެއްވެސް މައުލޫމާތަކަށް ބަދަލެއް އަތުވެއްޖެނަމަ އެކަން މި މިނިސްޓްރީއަށް އަންގަންވާނެކަމުގައި އޮންނާނެއެވެ.“ މިނިސްޓްރީން ނެރުނު އިއުލާނުގައި ވެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައި މިވަނީ އައްޑޫ ފްލައިން ސްކޫލްގެ މިލްކުވެރިކަން އެވިޑް ކޮލެޖްގެ ދަށަށް ބަދަލުކުރުމާއި ގުޅިގެން މިކަން ހިނގައިދިޔަ ގޮތާމެދު ގިނަ ފަރާތްތަކުން ސުވާލުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް