މާރާމާރީ އެއް ހިންގައި މީހެއްގެ ކަރަށް ވަޅިހަރައިފި
ލ. މާމެންދޫގައި ދެ މީހެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި އެކަކުގެ ކަރަށް ވަޅި ހަރައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމީހުންނަކީ ވެސް ބިދޭސީންނެވެ. ރަށު ސިއްހީ މަރުކަޒުން ބުނީ މިއަދު ހެނދުނު 7:00 ހާއިރު ޒަހަމްވެފައި އޮތް ބިދޭސީއެއް އެ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށެވެ. ވަޅި ހެރުމުގެ ސަބަބުން އޭނާގެ ކަރު ވަރަށް ބޮޑަށް ޒަހަމް ވެފައިވާކަމަށް ވެސް ހެލްތު ސެންޓަރުން މައުލޫމާތު ދެއެވެ. ކައުންސިލުން ބުނީ މި މާރާމާރީ […]
ކޮވިޑް19: އިތުރު 105 މީހަކު ފައްސިވެއްޖެ!
މިއަދު ކޮވިޑް19 އަށް ފައްސިވެފައިވަނީ 105 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 74 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 7 މީހަކާއި ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 23 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 74,585 އަށް އަރައިފައެވެ. އޭގެ ތެރޭގައި 3,148 އެކްޓިވް ކޭސް ހިމެނޭއިރު 25 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން […]
އިންޑިއާގެ މާބަނޑޭރި ބިރު!
ބުނެވޭ ގޮތުން ”މާބަނޑޭރި ބިރަކީ“ ބިރެއްފެނިދާނެތީ ގަންނަ ބިރެވެ. އިނގިރޭސީންގެ އިސްތިޢުމާރީ ވަކިދަށުން ދިވެހިރާއްޖެ ސަލާމަތްވެ، ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާ ގުޅިގެން ދިވެހިރާއްޖެއަށް މަރުޙަބާކީ ގައުމުތަކަށް ބަލާއިރު އިންޑިއާއަކީ އެލިސްޓުގެ ކުރީކޮޅުން ޖާގަހޯދި ގައުމެއް ނޫނެވެ. އަދި ހިތުން ރުހުމުން ރާއްޖެއަށް މަރުޙަބާކީ ގައުމެއްވެސް ނުމެނޫންމެއެވެ. ކަން މިހެން އޮތްނަމަވެސް ހިތާމަޔަކީ 17 ޑިސެމްބަރު 2018ގައި އިންޑިއާއަށް ފުރައިވަޑައި ގަންނަވަމު ރައީސް ޞާލިޙު މިކަމުގައިވެސް ހައްދަވާފައި ވަނީ ކަނޑައެޅިގެން އިތުރުފުޅެކެވެ. އެއީ ކަނޑައެޅިގެން ރައްޔިތުންނަށް ތާރީޚީ […]
ފަލަސްތީނާއި ޔަހޫދީންނާ ގުޅޭ ތާރީޚުން ތަންކޮޅެއް
ޔަހޫދީންގެ ތާރީޚްގައި (އަޅުގަނޑު މިތާނގައި ޔަހޫދީންނޭ މި ބުނީ ޔަޢުޤޫބުގެފާނުގެ ދަރިފަސްކޮޅުކަމަށް ނިސްބަތްކޮށް ބުނެއުޅޭ މީހުންނަށެވެ.) ފަނޑިޔާރުންގެ ޒަމާން ފެށުނީ ޔޫޝަޢުގެ ފާނު އަވަހާރަވުމަށް ފަހުގައެވެ. މިތާނގައި ޔޫޝަޢުގެ ފާނުގެ ކުރު ނަމަވެސް ތަޢާރުފެއް ކިއުންތެރިންނަށް ގެނެސްދެވޭތޯ ބަލާނަމެވެ. އެކަލޭގެފާނުގެ ނަންފުޅަކީ ޔޫޝަޢު އިބްނު ނޫނެވެ. އެކަލޭގަފާނަށް ނަންދެއްވީ މޫސާގެފާނެވެ. ބުނެވޭގޮތުގައި ޙުޟުރުގެފާނާއެކު ކުރެއްވި ދަތުރުފުޅުގައި މޫސާފާނާއެކު ބައިވެރިވެ ވަޑައިގެންނެވީ ޔޫޝަޢުގެފާނެވެ. ޔޫސުފްގެފާނަކީ އެކަލޭގެފާނުންގެ މުނިކާފާ ފުޅެވެ. ޔޫޝަޢޫގެފާނަކީ މޫސާގެފާނަށްފަހު ޔަހޫދީންގެގާތަށް ފޮނުއްވުނު ނަބީބޭކަލެކެވެ. ޔަހޫދީންގެ ލަޝްކަރާއެކު […]
ރައީސުލް ޖުމްހޫރިއްޔާއަކަށް ހަގީގަތުގައި ވެސް ގައުމު ހިނގާނުހިނގާ ގޮތެއް ނޭނގޭ: ޠާރިޤް
ރައީސުލް ޖުމްހޫރިއްޔާ (އިބްރާހީމް މުޙައްމަދު ޞާލިޙް)އަކަށް ހަގީގަތުގައި ވެސް ގައުމު ހިނގާނުހިނގާ ގޮތެއް ނޭނގޭ ކަމުގައި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަޙުމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ. ޓޮމް ވިދާޅުވީ ސަރުކާރުގެ 19 މިނިސްޓްރީ ހިންގަން ތިބީ ކޮންބައެއް ތޯއާއި އެމީހުންގެ ކެޕަސިޓީ ހުރީ ކިހާވަރަކަށްތޯއާއި ކުންފުނިތައް ހިންގަނީ ކިހިނެއްތޯއާއި މިކަންތައްތައް ބަލާނެ މީހަކު ސަރުކާރުގައި ނެތް ކަމަށެވެ. ”ވެރިއަކަށް ހުންނަ ބޭފުޅެއްގެ ހުންނާންޖެހޭކަމަށް އާންމުކޮށް ގަބޫލުކުރާ އުސޫލުތައް ނެތް މީހަކަށް ވެރިކަން ލިބުނީމަ ދެން […]
ކުރީ ސަރުކާރުން ރާވައިގެން އަދާލަތު ޕާޓީން މެންބަރުން މަދުކުރުމަށް މަސައްކަތްކުރި: އިމްރާން
ކުރީގެ ސަރުކާރުން ރާވައިގެން އެމްޑީޕީން މެންބަރުން ވަކިކުރިކަމަށް އަދާލަތުޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. ސަރުކާރު ކޯލިޝަންގައި ހިމޭނޭ އަދާލަތު ޕާޓީން “ ސާފް އަމާޒަށް“ ނަމުގައި 10،000 މެމްބަރުން ހަމަކުރުމުގެ ކެމްޕޭނެއް ރޭ ފަށައިފައިވާއިރު މި ކެމްޕެން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އޭރުގެ ސަރުކާރުން ވަރަށް ވިސްނުންތެރިކަމާއެކު ރާވައިގެން އަދާލަތު ޕާޓީން މެންބަރުން މަދުކުރިކަމަށެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ އޭނާ 2011 […]
ކޫއްޑޫ އިން އައިސް ވިއްކުމާއި މަސްގަތުން ހުއްޓާލައިފި
ދެކުނުގެ މަސްވެރިން އެރަށަކަށް އެންމެ ބޮޑަށް ބަރޯސާވާ ގއ ކޫއްޑޫއިން މަސްގަތުމާއި އައިސް ވިއްކުން ހުއްޓާލައިފިއެވެ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިއަދު ބުނީ އެ މަސްފެކްޓްރީގެ ޖެޓީއާއި ކޯސްޓްރޭޖް އަދި ކަލެކްޓަރ ބޯޓުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެފައިވުމާއި ގުޅިގެން އެ މުވައްޒަފުން އެކަހެރި ކުރަން ޖެހުމުން މަސް ގަނެ އައިސް ދޫކުރުމަށް ދަތިވެފައިވާތީ މިއަދުން ފެށިގެން މަސްގަނެ އައިސް ދޫކުރުން ހުއްޓާލާނެ ކަމަށެވެ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިންނީ ކޫއްޑޫ ބަންދުވިއަސް މަސް […]
އެމްޑީޕީން 2023ގައި ރިޔާސީ ޕްރައިމަރީއެއް ނުބާއްވާނެ: ރީކޯ
އެމްޑީޕީން 2023ގައި ޕްރައިމަރީއެއް ނުބާއްވާނެކަމަށް އެޕާޓީގެ އުފެދުމުގައި އިސްދައުރެއް އަދާކުރެއްވި އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ( ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ. ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ އުސޫލު ހިފަހައްޓަންޖެހޭ ބައެއް ކަމަށެވެ. އަދި 2013ގައި ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ކުރިމަތިލެއްވީ ޕްރައިމަރީއަކާއި ނުލައި ކަމަށެވެ. “ އެމްޑީޕީ އަކީ އަސޫލު އަކީ އުސޫލުހިފަހައްޓާންޖެހޭނެބައެއް 2013 ގެ އިންތިހާބަށް ކުރީގެރައީސް (ރައީސްނަޝީދު)ޕްރައިމަރީއަކާނުލާ ކުރިމަތިލެއްވީ ގައުމީ މަޖްލީހުގެ އިއްތިފާގުން […]
އަޝްމަލީގެ ނިޔަތަކީ ތެޔޮ މަސާޖެއް
އަވައްޓެރި ސްރީލަންކާގައި 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވަން އުޅުމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ހައްޔަރުކުރި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީގެ ނިޔަތަކީ ތެޔޮ މަސާޖެއް ކަމަށް އޭނާގެ ވަކީލު ބުނެފިއެވެ. އަޝްމަލީގެ ބަސްދަށް 14 ދުވަހުގެ މުއްދަތަތެއް ވަނީ ޖަހާފައި ވާއިރު ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަޝްމަލީގެ ނިޔަތަކީ ތެޔޮމަސާޖެއް ކުރުން ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން އަޝްމަލީ އަށް ކުރާ ތުހުމަތުތައް ދޮގުކޮށް […]
އޭޑީކޭ ހޮސްޕިޓަލުގެ ފަރުވާ މޮޅުކަމުން ޖަރުމަނު ވިލާތުގެ ޑޮކްޓަރުން ތިއްބެވީ އަޖައިބުވެފަ، އަޅުގަނޑުވެސް ފިއްކަޑައިގެން ގޮސްސި: ރައީސް ނަޝީދު
މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭގައި ދީފައިވާ ފަރުވާގެ މޮޅުކަމުން ޖަރުމަނު ވިލާތުގެ ޑޮކްޓަރުން ތިބީ އަޖައިބުވެފައި ކަމަށާ، އެމަނިކުފާނުވެސް ފިއްކަޑައިގެން ގޮސްސި ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ. ރޭގައި “ އާސްކް ސްޕީކާ“ގެ ނަމުގައި މަޖިލީހުން ކްލަބްހައުސް މެދުވެރިކޮށް ބޭއްވި ޕްރޮގްރާމުގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖެއިން ލިބުނު ބޭސްފަރުވާއަށް ޖަރުމަނުގެ ޓޮކްޓަރުންވެސް ތިބީ އަޖައިބުވެފައި ކަމަށާ، […]