ކޫއްޑޫ އިން އައިސް ވިއްކުމާއި މަސްގަތުން ހުއްޓާލައިފި

Loading

Facebook
Twitter
WhatsApp

 

ދެކުނުގެ މަސްވެރިން އެރަށަކަށް އެންމެ ބޮޑަށް ބަރޯސާވާ ގއ ކޫއްޑޫއިން މަސްގަތުމާއި އައިސް ވިއްކުން ހުއްޓާލައިފިއެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މިއަދު ބުނީ އެ މަސްފެކްޓްރީގެ ޖެޓީއާއި ކޯސްޓްރޭޖް އަދި ކަލެކްޓަރ ބޯޓުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެފައިވުމާއި ގުޅިގެން އެ މުވައްޒަފުން އެކަހެރި ކުރަން ޖެހުމުން މަސް ގަނެ އައިސް ދޫކުރުމަށް ދަތިވެފައިވާތީ މިއަދުން ފެށިގެން މަސްގަނެ އައިސް ދޫކުރުން ހުއްޓާލާނެ ކަމަށެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިންނީ ކޫއްޑޫ ބަންދުވިއަސް މަސް ކިރުވުމުގެ މަސައްކަތް ކޫއްޑޫ ބޭރު ބަނދަރުން މަހާ ކަލަމިންޖާ ބޯޓު އަދި ހުވަދޫ އަތޮޅުގައި ހަރަކާތްތެރިވާ ކަލެކްޓަރ ބޯޓު ފަހަރުތަކުން ކުރަމުންދާ ނެކަމަށެވެ.

ކޫއްޑޫއިން ފިޝަރީޒް ކޮމްޕްލެކްސްގެ 90 މުވައްޒަފެއްވަނީ މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 25 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިހާރު އެކްޓިވެ ކޭސްތަކުގެ އަދަދަކީ 65އެވެ.

މިދިޔަ އޭޕްރީލްމަހުގެތެރޭ މިފްކޯގެ ފެލިވަރު މަސް ކާރުހާނާއިންވެސް ގިނަ އަދަދެއްގެ ކޭސްތަށް ފެނި އެރަށް މޮނިޓަރިންގަށް ލިޔެއެވެ. އެގޮތުން ފެލިވަރުން 300 އަށްވުރެ ގިނަ މުވައްޒަފުން ކޯވިޑަށް ވަނީ އޭރު ޕޮޒިޓިވްވެފައެވެ.

އެހެން ނަމަވެސް މިފްކޯއިން ދިޔައީ މަސްވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމެއް ނެތި ދެމުންނެވެ. އެގޮތުން މަސްވެރިން ބާނާ މަސް މިފްކޯގެ މަސް ބޯޓަށް ކިރުވޭނެ އިންތިޒާމް ހަމަޖައްސައިދީ، މަސްވެރިންނަށް ބޭނުންވާ އައިސްގެ އިތުރުން ތެޔޮލިބޭނެ އިންތިޒާމްވެސް ހަމަޖެއްސިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް