މާރާމާރީ އެއް ހިންގައި މީހެއްގެ ކަރަށް ވަޅިހަރައިފި

Loading

Facebook
Twitter
WhatsApp

 

ލ. މާމެންދޫގައި ދެ މީހެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި އެކަކުގެ ކަރަށް ވަޅި ހަރައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމީހުންނަކީ ވެސް ބިދޭސީންނެވެ.

ރަށު ސިއްހީ މަރުކަޒުން ބުނީ މިއަދު ހެނދުނު 7:00 ހާއިރު ޒަހަމްވެފައި އޮތް ބިދޭސީއެއް އެ މަރުކަޒަށް ގެންގޮސް  ފަރުވާ ދެމުން އަންނަކަމަށެވެ. ވަޅި ހެރުމުގެ ސަބަބުން އޭނާގެ ކަރު ވަރަށް ބޮޑަށް ޒަހަމް ވެފައިވާކަމަށް ވެސް ހެލްތު ސެންޓަރުން މައުލޫމާތު ދެއެވެ.

ކައުންސިލުން ބުނީ މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައި ނުވެއެވެ.

މައުލޫތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މާމެންދޫ ބޭރުގަ އޮތް “ހަޒާނާ” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގައެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް