ކުރީގެ ސަރުކާރުން ރާވައިގެން އެމްޑީޕީން މެންބަރުން ވަކިކުރިކަމަށް އަދާލަތުޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގައި ހިމޭނޭ އަދާލަތު ޕާޓީން “ ސާފް އަމާޒަށް“ ނަމުގައި 10،000 މެމްބަރުން ހަމަކުރުމުގެ ކެމްޕޭނެއް ރޭ ފަށައިފައިވާއިރު މި ކެމްޕެން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އޭރުގެ ސަރުކާރުން ވަރަށް ވިސްނުންތެރިކަމާއެކު ރާވައިގެން އަދާލަތު ޕާޓީން މެންބަރުން މަދުކުރިކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ އޭނާ 2011 ވަނަ އަހަރު އެ ޕާޓީއާ ހަވާލުވެލެއްވި އިރު ތިބީ 4،600 މެމްބަރުން ކަމަށާއި އެ އަދަދު ޖެހިގެން އައި އަހަރު 11000 އަށް އެރުވި ކަމަށެވެ. ނަމަވެސް ބަޔަކު ރާވައިގެން އެޕާޓީގެ މެންބަރުންގެ އަދަދު މަދުކޮށްފައިވަކަމަށް އިމްރާން ތުހުމަތުކުރެއްވިއެވެ.
“ 2011 ވަނަ އަހަރު އަޅުގަނޑު މި ޕާޓީއާއި ހަވާލުވިއިރު މި ޕާޓީގައި ތިބީ 4600 މީހުން އަޅުގަނޑުމެން 2012 ވަނަ އަހަރު ޕާޓީގެ މެންބާ ޝިޕް 11000 އަށް އެރުވިން. އެހެން ނަމަވެސް ވަރަށް ސިސްޓަމެޓިކްކޮށް ރާވައިގެން އަދާލަތުޕާޓީގެ މެމްބާޝިޕް ދަށްކޮށްލުމަށްޓަކާ 2015 ވަނަ އަހަރު އަނެއްކާ ގާނޫނަށް ގެނެވުނު ބަދަލުތަކުން އަދާލަތު ޕާޓީގެ މެމްބާޝިޕް ދަށްކުރި“ އިމްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޭގެ ނަތީޖާއެއްގެ ގޮތުނ 2015 ވަނަ އަހަރު މެންބަރުން މަދުވެފަ އަނެއްކާވެސް ފަހުންވެސް 10000 ހާހަށް މެންބަރުންގެ އަދަދު އިތުރުކުރި ކަމަށާ ނަމަވެސް އޭރުގެ ސަރުކާރުން ވަރަށް ވިސްނުންތެރިކަމާއެކު ރާވައިގެން މެންބަރުން މަދުކުރިކަމަށެވެ.
“ އެހެންނަމަވެސް އޭރުގެ ސަރުކާރުން ވަރަށް ބޮޑަށް ރާވައިގެން ، ވަރަށް ވިސްނުންތެރިކަމާއެކު ޕާޓީގެ މެންބަރުން އުނިކޮށް މަދުކުރުމުގެ ސިސްޓަމެޓިކް މަސައްކަތްތަކެއް ފަށައި މިދާހަމައަށް މިއާއި“ އިމްރާން ވިދާޅުވިއެވެ.
100 ފޯމާއެކު 10000 މެންބަރުން ހަމަކުރުމަށް ރޭ މިކެމްޕެއިން ފަށާފައި ވާއިރު އެ ޕާޓީގައި މިހާރު ތިބީ 6650 މެންބަރުންނެވެ.
އިމްރާން ވިދާޅުވީ މި ޕެންޑެމިކްގެ ހާލަތުގައި ވެސް އެހެން ޕާޓީތަކުން ނުކުރާ އެތައް ކަމެއް އަދާލަތު ޕާޓީން ކޮށްފައިވާކަމަށެވެ.
އެގޮތުން އޮންލައިންކޮށް އިންތިހާބުތައް ބޭއްވުމާއި ގައުމީ ފެންވަރުގެ ކޮންގްރެސްއެއް ވެސް ބާއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިތރަށް ވާހަކުފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ރާއްޖޭގައި ވެރިކަން އަދިވެސް ލިބެން އޮތީ ކޯލިޝަނަކުންކަމަށާ ސިޔާސީ ލީޑަރުން ކުރަންވީ ކަމަކީ އެ ޕާޓީއެއްގެ އަމާޒު އިސްކޮށްގެން އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.
”ކޯލިޝަނާ އެކު މަސައްކަތް ކުރާއިރު ދޭން ޖެހޭ ދޫތަކާއި ހިފަހައްޓަން ޖެހޭ ހިފެހެއްޓުންތަކާއި އެއްބާރުލުންތައް ދީގެން އެކުވެރިކަމާ އެކު ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި މުޅި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް ސިޔާސީ މަސައްކަތް ބައްޓަން ނުކުރެވޭހާ ހިނދަކު ރާއްޖެއަށް ފާގަތި މުސްތަގުބަލެއް ނެތް.“ އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީން މަސައްކަތް ކުރަނީ އެ ޕާޓީގެ އަމާޒު ނުގެއްލޭނެހެން ސަރުކާރަށް އެއްބާރުލުންދީ ވާދަވެރި ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރުމަށެވެ.
4 Responses
އިމްރާން! އަބަދު ކުރީގެ ސަރުކާރޭ ކުރީގެ ސަރުކާރޭ ވިދާޅުނުވެ ވިދާޅުވެ ދެއްވާ! އެމްޑީޕީއާއެކު ހެއްދެވި ކޯލިޝަން ސަރުކާރުން އަދާލަތަށް ލިބެންޖެހޭ %15 އަދާލަތަށް ލިބިއްޖެތޯ؟ އަދާލަތު އަޑިއަށް ދަނީ ޕާޓީއާ ދުރަށް މެންބަރުން ދަނީ ޕާޓީގައި އަދި ޕާޓީގެ ރައީސްގެ އުރައްޕެއް ނެތުމުގެ ސަބަބުން. ޑރ. ޢިޔާޟް ކަނޑު ފައްތާލުމުން ޢަދާލަތަށް އަދި ޢިމްރާނަށް ކުރެވުނީ ކޮން ކަމެއްތޯ؟ ޝިދާތާގެ މިނިސްޓަރކަން ގެއްލުމުން އަދާލަތަށް ލިބުނީ ކޯޗެއްތޯ؟ ކިތައް ފަހަރު އަދީބު ތިޔަ ބޭފުޅާ ރީލޯޑުކުރެއްވިތޯ؟
ދެން މިވީ 3 އަހަރުދުވަހު ބާރުގައި ހުރެ އަދި އެމްޑީޕީވެސް ތިޕާޓީއަށް މީހުން ގިނަކޮށްދޭން ތިބިއިރު ކީއްވެތޯ މީހުން އިތުރު ނުވަނީ. ކޮބާތޯ މައްސަލައަކީ؟ އަމިއްލަ އެދުން ބޮޑު ލީޑަރޝިޕެއް ނޫންތޯ މައްސަލައަކީ؟
ކުރީ ސަރުކާރު ބަހަނާ..
ޕާރޓީތައް އުވާލަން ފެންނަނީ. އޭރުން މެމްބަރުން ގިނަކުރާކަށްވެސް ނުޖެހޭނެ. އަދި ޕާރޓީ ތަކުގެ އުނދަގުލުން ރައްޔިތުންވެސް މިންޖުވީ.