އަޝްމަލީގެ ނިޔަތަކީ ތެޔޮ މަސާޖެއް

117

 

އަވައްޓެރި ސްރީލަންކާގައި 15 އަހަރުގެ ކުއްޖަކު ލައްވައި ހަށިވިއްކުވަން އުޅުމުގެ ތުހުމަތުގައި އެ ގައުމުގެ ފުލުހުން ހައްޔަރުކުރި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީގެ ނިޔަތަކީ ތެޔޮ މަސާޖެއް ކަމަށް އޭނާގެ ވަކީލު ބުނެފިއެވެ.

އަޝްމަލީގެ ބަސްދަށް 14 ދުވަހުގެ މުއްދަތަތެއް ވަނީ ޖަހާފައި ވާއިރު ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަޝްމަލީގެ ނިޔަތަކީ ތެޔޮމަސާޖެއް ކުރުން ކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަޝްމަލީ އަށް ކުރާ ތުހުމަތުތައް ދޮގުކޮށް އޭނަގެ ވަކީލު ކޯޓުގައި ވިދާޅުވީ  އަޝްމަލީގެ ނިޔަތަކީ ކުޑަކުއްޖެއްގެ ފަރާތުން ޖިންސީ ނަހަމަ އަމަލެއް ހިންގުން ނޫން ކަމަށާ އޭނާ އޮންލައިން ކޮށް ފައިސާ ދެއްކީ ތެޔޮ މަސާޖެއްކުރުމަށް ކަމަށެވެ. އަދި އެ ފައިސާ ދެއްކީ ވެބްސައިޓަކުން ފެނުނު ހިސްތިހާރެއް ފިގެން މަސާޖެއް ބޭނުންވެގެން ކަމަށެވެ.

ވަކީލު ވިދާޅުވީ އެ ބުކިން ހެއްދިއިރު އެއީ ކުޑަ ކުއްޖެއްކަން އަޝްމަލީ އަށް ނޭނގޭ ކަމަށާ އެއްވެސް ހާލަތެއްގައި އަޝްމަލީގެ ނިޔަތަކީ ކުޑަކުއްޖެއްގެ ފަރާތުން ޖިންސީ ނަހަމަ ގުޅުމެއް ހިންގުން ނޫންކަމަށެވެ.

މި މައްސަލައާ ގުޅިގެން އަޝްމަލީ އާ އެކު ހައްޔަރުކުރި ތިން މީހުންނަށް ވެސް ވަނީ ބަންދުގެ މުއްދަތު ޖަހައިދީފައެވެ.

މި މައްސަލާގައި ފުލުހުން ބުނެފައިވަނީ އަޝްމަލީ  ހައްޔަރު ކުރީ ކުޑަކުއްޖާއާ ޖިންސީ ގުޅުން ހިންގަން ދިޔަ ކަސްޓަަމަރެއް ކަމަށް ތުހުމަތު ކުރެވިގެން ކަމަށާ  އޭނާ އަކީ ނެޓްވޯކަށް އެހީތެރިވި މީހެއް ކަމަށް ތުހުމަތު ކުރެވޭ މީހެއްކަމަށްށެވެ.

ލަންކާ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި 15 އަހަރުގެ ކުޑަކުއްޖަކު ލައްވާ ހަށިވިއްކި މައްސަލައާއި ސީދާ ގުޅުންހުރި ހަތަރުމީހަކު ހައްޔަރުކުރި އިރު އޭގެއިން އެކަކީ ދިވެއްސެއްކަމަށެވެ. އަދި މި ކުއްޖާ ހިމެނޭހެން ކުޑަކުދިން ލައްވާ ހަށިވިއްުކުމުގެ މަސައްކަތްކުރުމަށް ބޭނުންކުރި ވެބްސައިޓް ހިންގި ދެމީހުންވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި ކުޑަކުއްޖާ ވަނީ ތިން މަސްވަންދެން ޖިންސީ އަނިޔާކޮށްފައެވެ. މިކަމުގައި އެކުއްޖާގެ މަންމައަށް ވެސް ތުހުމަތުކުރެވޭކަމަށް ލަންކާ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.

މި މައްސަލަ އާ ގުޅިގެން ހިންގި އޮޕަރޭޝަން ތަކުގައި ކުޑަކުދިން ލައްވާ ހަށިވިއްކުމުގެ ވިޔަފާރި ފުޅާ ދާއިިރާއެއްގައި ކުރާ ބޮޑު ނެޓްވޯކެއް ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

1 ހިޔާލު

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ