އެމްޑީޕީން 2023ގައި ރިޔާސީ ޕްރައިމަރީއެއް ނުބާއްވާނެ: ރީކޯ

Loading

Facebook
Twitter
WhatsApp

 

އެމްޑީޕީން 2023ގައި ޕްރައިމަރީއެއް ނުބާއްވާނެކަމަށް އެޕާޓީގެ އުފެދުމުގައި އިސްދައުރެއް އަދާކުރެއްވި އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ( ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީއަކީ އުސޫލު ހިފަހައްޓަންޖެހޭ ބައެއް ކަމަށެވެ. އަދި 2013ގައި ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ކުރިމަތިލެއްވީ ޕްރައިމަރީއަކާއި ނުލައި ކަމަށެވެ.

“ އެމްޑީޕީ އަކީ އަސޫލު އަކީ އުސޫލުހިފަހައްޓާންޖެހޭނެބައެއް 2013 ގެ އިންތިހާބަށް ކުރީގެރައީސް (ރައީސްނަޝީދު)ޕްރައިމަރީއަކާނުލާ ކުރިމަތިލެއްވީ ގައުމީ މަޖްލީހުގެ އިއްތިފާގުން ވެރިކަމަށް އެއް ދައުރަށް ހޮވުނުމީހަކަށް ދެ ވަނަ ދައުރު ދޭންދެހޭނެކަމަށްނިންމީމަ 2023އަށް ރިޔާސީ ޕްރައިމަރީއެއް ނުބާއްވާނެ“  މޫސަ ޓްވީޓް ކުރައްވާފައިވެއެވެ.

ރައްޔިތުންގެ މިޖިލީހުންރޭގައި ބޭއްވި ” އާސްކް ސްޕީކާ”ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން  ނަމުގައި މަޖިލީހުން ކްލަބްހައުސް މެދުވެރިކޮށް ބޭއްވި ޕްރޮގްރާމުގައި ވާހަކފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ރިޔާސީ ޕްރައިމަރީއެއް ބާއްވާނަމަ އެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ.

އަދިއެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެމަނިކުފާނުވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވައި ރޭގެ ޕްރޮގްރާމުގައި ރައީސް ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އިންތިހާބު ބާއްވައިފިނަމަ އެމްޑީޕީގެ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

”ދެހާސް ތޭވީހުގައި ރިޔާސީ އިންތިހާބެއް އޮންނަ ނަމަ އަޅުގަނޑު ވާނީ އެމްޑީޕީގެ ކެންޑިޑޭޓަށް.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

 

2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ދައުރުގެ މެދުތެރޭން އިސްތިއުފާ ދެއްވި ރައީސް ނަޝީދު ގެނދަވަނީ އަނެއްކާވެސް ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވެގެން އެކަން ހާސިލުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް