ބޭރަށް ފުރާ ދަތުރުވެރިންގެ އަތުން ނަގާ ފީތައް ބޮޑުކުރަން އިސްލާހުކުރި ބިލު ތަސްދީގު ކުރައްވައިފި

    ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހއްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ  މި މަހުގެ ފަސްވަނ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. މި ބިލާއެކު ގެނެވުނު އިޞސްލާހުތަކުގެ ތެރޭގައި ރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން، ކަނޑައެޅިފައިވާ ގޮތުގެ […]

އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރާނަން: ރައީސް

  ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގި ޕާލިމަންޓަރީ އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިހުރި މައްސަލަތައް ވީއެންމެ އަވަހަކަށް ހައްލުކުރައްވާނެ ކަމުގެ ޔަގީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ. މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ ރިޕޯޓްގައި ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ މިރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަމަށް ބައްލަވާ، އެކަންކަމުގައި އިސްލާހުކުރަން ހުރި […]

އަބްދުﷲ ކަމާލުއްދީން ސިޔާސީ ޕާޓީއެއް އުފައްދަވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަދި ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން (އޭކޭ) އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ. މައުމޫން ސަރުކާރުގައި ކެބިނެޓުގައި އެތައް އަހަރަކު މަސައްކަތް ކުރައްވާފައިވާ ކަމާލުއްދީން ވަނީ ޑީއާރުޕީގައި އުޅުއްވުމަށްފަހު 2012 ވަނަ އަހަރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންފަ އެވެ. އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވުމަށް ފަހު މައުމޫން […]

މާރުކޭޓް ގޮޅިތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

  މާލޭ ސިޓީގެ ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލްމާރުކޭޓުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާތީ އެގޮޅިތަކަށް އެދުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ، ދެ އަހަރުގެ މުއްދަތަކަށް ދޫކުރުމަށް ހަމަޖައްސާފައިވާ މިދެ މާރުކޭޓުން ގޮޅިއެއް ދޫކުރާނީ ގޮޅިއެއްގެ ބޮޑު މިނަށް ބަލައި އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުންކަމަށެވެ. މި ގޮޅިތަކަށް ޕޮއިންޓު ދިނުމުގައި މިހާރުވެސް ގޮޅި ހިންގާ ފަރާތެއް ނަމަ، ގޮޅި ހިންގަމުންދާ މުއްދަތައް ބަލާނެކަމަށް ސިޓީކައުންސިލުން ބުނެއެވެ. […]

ފްލެޓްލިބުނު މީހުން ދަފްތަރުން އުނިކުރަނީ

މާލޭގެ ދަފްތަރުގައި ޖެހިފައި ތިބި މީހުންގެ ތެރެއިން ސަރުކާރުގެ ހައުސިން މަޝްރޫއަކުން ފްލެޓް ނުވަތަ ގޯތި ލިބިފައި ތިބި މީހުން ދަފްތަރުން އުނިކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ. މަލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މަޝްރޫއުތަކުން ފްލެޓް އަދި ގޯތި ލިބުނު ފަރާތްތައް ދަފްތަރުން އުނިކުރަން ނިންމައިފައިވާ ކަމަށާ  އަދި މައިމުޅަވެފައިވާ މީހުން ދެނެގަތުމަށް އެމީހުންގެ ފަރާތުން މައުލޫމާތު ހިއްސާކުރުމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. މައިމުޅަވުމަކީ މައިންބަފައިން ދުނިޔޭގައި […]

އިޒްރޭލު ސިފައިންގެ އަނިޔާވެރިކަމަށް ނިމުމެއް ނެތް

އިޒްރޭލުން ދަނީ ގާނޫނާއި ޚިލާފަށް ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނު ރައްޔިތުންގެ ގެތައް ފޭރިގަންނަމުންނެވެ. މިދިޔަ ހުކުރުދުވަހުގެ ހުކުރު ނަމާދަށް ތިއްބައި އިޒްރޭލު ސިފައިން ވަނީ ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށް ރަބަރު އުންޑައާއި ކަރުނަގޭސް ޖަހާފައެވެ. ފަލަސްތީނު ރައްޔިތުންނާއި އިޒްރޭލު ސިފައިންނާ ދެމެދު ވެސްޓް ބޭންކްގައި ހިނގި ކުރިމަތިލުންތަކުގައި 379 މީހުން ވަނީ ޒަހަމުވެފައެވެ. އޭގެ ތެރެއިން 31 މީހުން ޒަހަމުވެފައިވަނީ އިޒްރޭލު ސިފައިންގެ އުންޑަތަކުގެ ސަބަބުން ކަމުގައި ފަލަސްތީން ރެޑް ކްރެސެންޓުން ވަނީ މައުލޫމާތު ދީފައެވެ. […]

ބަނގްލަދޭޝްގެ ކާރުޚާނާއެއްގައި އަލިފާން ރޯވެ 52 މީހުން މަރުވި ހާދިސާގައި މީހަކު ހައްޔަރުކޮށްފި

ދާދިފަހުން ބަނގްލަދޭޝްގެ ކާރުޚާނާއެއްގައި އަލިފާން ރޯވެ 52 މީހުން ވަނީ މަރުވެފައެވެ. އޭގެތެރެއިން 49 މީހުން މަރުވެފައި ވަނީ އިމާރާތުގެ އެތެރޭގައި ތާށިވެގެންނެވެ. އަދި 3 މީހުން މަރުވެފައިވަނީ ސަލާމަތްވުމަށްޓަކައި އިމާރާތުން ފުންމާލަން އުޅުމުގެ ތެރޭގައި ކަމުގައި ކަމާބެހޭފަރާތްތަކުން ވަނީ މައުލޫމާތުދީފައެވެ. މި ހާދިސާ ތަހުގީގު ކުރުމަށްފަހު އެ ގައުމުގެ ފުލުހުން މިހާރު ވަނީ ކާރުހާނާގެ ވެރިމީހާ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އެތަނުގައި 11 އަހަރުގެ ކުޑަކުދިން ލައްވާ މަސައްކަތް ކުރުވާފައިވާ ކަން ތަހުގީގުތަކުން ހާމަވުމާ ގުޅިގެންނެވެ. […]

މިރޭ ފަތިހު ކޮޕާ އެމެރިކާ ފައިނަލް: ބްރެޒިލްއާއި އާޖެންޓީނާ އަދި މެސީއާއި ނޭމާގެ ބައްދަލުވުމެއް

ކޮޕަ އެމެރިކާ ފައިނަލްގައި މިރޭ ފަތިހު ބައްދަލުކުރާނީ ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ދެބާރު ކަމަށްވާ ބްރެޒިލްއާއި އާޖެންޓީނާއެވެ. ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ކުޅޭ ވަރުގަދަ މެޗު ފަށާނީ ރާއްޖޭގެ ގަޑިން މިރޭ ފަތިހު 5.00ގައެވެ. ދުނިޔޭގެ ފުޓްބޯޅައިގައި މި ވަގުތު އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު ދެ ތަރިން ތިބީ އާޖެންޓީނާއާއި ބްރެޒިލްގައެވެ. އެއީ އާޖެންޓީނާގެ ލިއޮނަލް މެސީއާއި ބްރެޒިލްގެ ނޭމާއެވެ. ބްރެޒިލްއަކީ އެންމެ ފަހުން ބޭއްވި ކޮޕަ އެމެރިކާގެ ޗެމްޕިއަން އަދި އެންމެ ފަހުން […]

ޓޫރިޒަމް މާސްޓާ ޕްލޭނަށް ކޮންސަލްޓުން ހޯދުމުގެ މުއްދަތު އިތުރުކޮށްފި

  ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފައިވާ ޓޫރިޒަމް މާސްޓާޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓުން ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މުއްދަތު އިތުރުކޮށްފައިވަނީ ރާއްޖެއިން ކޮންސަލްޓުން ހޯދުމަށް ކޮށްފައިވާ އިއުލާނުކަމަށެވެ. ކޮންސަލްޓަންޓުން ހޯދަން ޓޫރިޒަމް މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ޓޫރިޒަމް ސްޓްރެޓަޖީ ސްޕެޝަލިސްޓް (ލީޑް ކޮންސަލްޓަންޓް) އަކާއެކު ޖުމްލަ 10 ކޮންސަލްޓެންޓުން ހޯދަން ކުރިން އިއުލާންކުރި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިޒަމް މާސްޓަރޕްލޭން […]

އެއާޕޯޓަށް ފުރަންދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

  ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެއެވެ. ފުލުހުން ބުނީ ވަޒަން ތައް ފެނުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓެއްގެ ދަބަހުންކަމަށެވެ. ފުލުހުން ބުނީ އެއާޕޯޓަށް ފުރަންދިޔަ ޓޫރިސްޓެއްގެ ދަބަހުން ވަޒަންތަކެއް ފެނުނު މައްސަލަ އެއް މިއަދު ހެނދުނު 10 ޖަހާ އެހާކަށްހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ އެމީހާއަކީ 60 އަހަރުގެ ފިރިހެނެއްކަމަށާ، އޭނާ އަކީ ނެމީބިއާގެ ރައްޔިތެއްކަމަށެވެ.   އަދި އެމީހާ އަތުން ފެނުނު ވަޒަންތަކާ ބެހޭގޮތުން […]