ޓޫރިޒަމް މާސްޓާ ޕްލޭނަށް ކޮންސަލްޓުން ހޯދުމުގެ މުއްދަތު އިތުރުކޮށްފި

29

 

ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފައިވާ ޓޫރިޒަމް މާސްޓާޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓުން ހޯދުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މުއްދަތު އިތުރުކޮށްފައިވަނީ ރާއްޖެއިން ކޮންސަލްޓުން ހޯދުމަށް ކޮށްފައިވާ އިއުލާނުކަމަށެވެ.

ކޮންސަލްޓަންޓުން ހޯދަން ޓޫރިޒަމް މިނިސްޓްރީން އެންމެ ފުރަތަމަ އިއުލާންކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ޓޫރިޒަމް ސްޓްރެޓަޖީ ސްޕެޝަލިސްޓް (ލީޑް ކޮންސަލްޓަންޓް) އަކާއެކު ޖުމްލަ 10 ކޮންސަލްޓެންޓުން ހޯދަން ކުރިން އިއުލާންކުރި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ޓޫރިޒަމް މާސްޓަރޕްލޭން އެކުލަވާލުމުގެ މަސައްކަތަށް 10 ކޮންސަލްޓަންޓުން ހޯދުމަށް ކުރެވުނު އިއުލާނުގެ ތެރެއިން 9 ލޯކަލް ކޮންސަލްޓެންޓުން ހޯދުމަށް ކުރެވުނު އިއުލާނުގެ މުއްދަތު އިތުރުކުރެވިފައިވާކަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ފަރާތުން އެ މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.

ނުވަ ކޮންސަލްޓެންޓުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު ބައެއް ކޮންސަލްޓަންޓުންގެ މަގާމު މިމަހުގެ 13 އަށް އަދި އަނެއްބައި ކޮންސަލްޓެންޓުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ލީޑް ކޮންސަލްޓަންޓް އައްޔަން ކުރާނީ އިންޓަނޭޝަނަލް ކޮންސަލްޓެންސީގެ އުސޫލުންނެވެ.

މއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްގީ ކުރަން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޓޫރިޒަމް މިނިސްޓްރީ އެކުލަވާލާ ޓޫރިޒަމް މާސްޓާ ޕްލޭނެވެ.

އޭޑީބީގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ އެ މަޝްރޫއަށް ހޯދަން އިއުލާންކުރި ކޮންސަލްޓަންޓުންގެ ތެރޭގައި އެންވަޔަރަމަންޓަލް ކޮންސަލްޓަންޓުންނާއި ހިއުމަން ރިސޯސް، ލީގަލް އަދި ޓޫރިޒަމް ސެކިއުރިޓީ ކޮންސަލްޓެންޓުން ހިމެނެ އެވެ.

ރާއްޖޭގެ ހަތަރު ވަނަ ޓޫރިޒަމް މާސްޓަ ޕްލޭން އިފްތިތާހު ކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ. އެ ޕްލޭން ހަދާފައި ވަނީ 2013 އިން 2017 ގެ ނިޔަލަށް ކުރަން ހާއްސަ ކަންތައްތަކެއް ކަނޑައަޅާފަ އެވެ.

މިހާރު ކޮންސަލްޓުން ހޯދަނީ ފަސްވަނަ ޓޫރިޒަމް މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތަށެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ