އަބްދުﷲ ކަމާލުއްދީން ސިޔާސީ ޕާޓީއެއް އުފައްދަވަނީ

Loading

Facebook
Twitter
WhatsApp

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި އަދި ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އަބްދުﷲ ކަމާލުއްދީން (އޭކޭ) އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ.

މައުމޫން ސަރުކާރުގައި ކެބިނެޓުގައި އެތައް އަހަރަކު މަސައްކަތް ކުރައްވާފައިވާ ކަމާލުއްދީން ވަނީ ޑީއާރުޕީގައި އުޅުއްވުމަށްފަހު 2012 ވަނަ އަހަރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ ގުޅިވަޑައިގެންފަ އެވެ. އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވުމަށް ފަހު މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ގުޅިވަޑައިގަތީ 2018 އަހަރު ގުޅިވަޑައިގެން އެޕާޓީގައި އިސްކޮށް އުޅުއްވީ ޖޭޕީގެ ކޮންގްރެސްގައި ލިބިވަޑައިގެންނެވި ނާކާމިޔާބީއާ އެކު އެވެ.

އެމްއާރުއެމް ޕާޓީ އުފެއްދުމުގައި އުޅުއްވުމުގެ އިތުރުން, ރައީސް މައުމޫނުގެ ސިޔާސީ މަސައްކަތުގެ ފަރާތުން އަބްދުالله ކަމާލުއްދީން 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށްވެސް ކުރިމަތިލެއްވިއެވެ.

އޭނާ ވަނީ މި އަހަރުގެ ޖޫން 30 ވަނަ ދުވަހު އެމްއާރުއެމްއިން ވަކިވެވަޑައިގެންފައެވެ.

އާ ޕާޓީއެއް އުފެއްދުމާ ގުޅޭގޮތުން ކަމާލުއްދީން އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ގައުމުގައި ހައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރި ކަމަށެވެ.

އެހެންކަމުން އިސްލާމްދީނަށް ނަސްރުދީ، ގައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު އަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

އަދި އެބޭފުޅާގ އެއް މަގްސަދެއްގައި މަސައްކަތް ކުރާ މީހުންގެ މަޝްވަރާގެ މަތިން ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ ނުވަތަ ނޭޝަނަލް ސޮލިޑާރިޓީ ޕާޓީ (އެންއެސްޕީ) އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

އެމްއާރުއެމްގެ ކުރީގެ މެންބަރުންގެ ތެރެއިން ”ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ“ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް ފޯމު ހުށަހަޅާފައިވާއިރު، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ.

މިހާރުވެސް ރާއްޖޭގެ ރެޖިސްޓާ ކޮށްގެން ހިންގާ ޖުމްލަ 10 ސިޔާސީ ޕާޓީއެއް އޮވެއެވެ.

Loading

One Response

  1. މަރުޙަބާ ޢަބުއްﷲ ކަމާލުއްދީނު. ތިފެއްޓެވީ ބުރަބޮޑު މަސައްކަތެއް. ގައުމުގައިވަނީ ހިނހޫތަނުން ކާން ބޭނުންވާ ވެހޭއިރު ފެންނަގާ ޖާޑިފުރާލަން ބޭނުންވާ މެޖޯރެޓީ މީހުންތަކެއް. އެމީހުންގެ ތެރޭގައި ތާހިރު ދިރިއުޅުމެއްގެ ތެރެއިން ހެޔޮވެރިކަމެއް ކޮށްދޭނެ ގޮތެއް ވިސްނެވުންއެދެމެވެ. އެހެނީ ގައުމު މިވަނީ ކަރަޕްޝަނާއި ފަސާދައިން އަދި އަންނިގެ ހަރުކަށި ސިޔާސަތުގެދަށުން ސުންނާފަތިކޮށްލާފައެވެ. ދިމާކުރުމާއި ފުރައްސާރަކުރުމާއި އެންމެހާ ނުކިއްސަރު ގޮތްތަށް މިގައުމުގައި މިވަނީ އަށަގަނެ ސަލާމަތް ނުވެވޭވަރު ވެފައެވެ.
    އެހެނަސް މަރުޙަބާ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް