ރަހީނުކޮށް ކުއްޖާ މަރާލުން: ހައްޔަރުކުރި މިހާގެ މަށްޗަށްކުރަނީ ޖިންސީގޯނާ ކުރުމާއި މީހަކު މެރުމުގެ ތުހުމަތު

ރަހީނުކުރުމަށްފަހު މަރާލައި ފޮއްޓަކަށްލައި އެއްލައިލި 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު، 27ގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތެވެ. ކުޑަކުއްޖެއްގެ މަސްލަހަތު އޮތުމާއި ޖިންސީ ގޯނާ ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ވުމުން ޒިހާނުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުގައި އަޑުއެހުން ކުރިއަށް ގެންދިޔައީ […]
މާލެ ސަރަހައްދުގައި ކާފިއު ވަގުތު ހަވީރު 6 އިން ފަތިހު 4 އަށް ކުޑަކޮށްފި!

ރައީސް އޮފީހުން ރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑްގެ ނަންބަރުތަކަށް ބަލައި ބައެއް ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގެ ކާފިއު ވަގުތު ހަވީރު 6:00 ފަތިހު 4:00 އަށް ކުޑަ ކޮށް ވިޔާފާރި ކުރުމުގައި އުޅުމަށް އިތުރު 2 ގަޑި އިރު ލިބޭގޮތަށް ނިންމާފިއެވެ. އެހެންކަމުން މިހާރު ކާފިއު އޮންނަ ވަގުތުން ދެގަޑިއިރު މިބަދަލުގެ ސަބަބުން މަދުވެގެން ދާނެއެވެ. އަދި ކާފިއު ގަޑި ފިޔަވައި […]
ވެކްސިން ޖަހަންވީ ނޫނީ ޖަލަށް ދާންވީ!: ފިލިޕންސްގެ ރައީސް

ފިލިޕިންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭއަކީ އަމަލާއި ބަސްމަގު ވެސް ވަރަށް ހަރުކަށި ބޭފުޅެކެވެ. ބައެއް ފަހަރަށް އެ ގައުމުގެ ގާނޫނާއި ގަވައިދަކީ އޭނާއަށް އެއިރަކު ފެނިވަޑައިގަންނަވާ ގޮތެކޭވެސް ހީވެއެވެ. މަސްތުވާތަކެތީގެ ވިޔަފާރި ގައުމުން ހުއްޓުވުމަށް އެކަން ކުރާ ކަމަށް ޝައްކު ކުރެވޭ މީހުންގެ ގަޔަށް ވެސް ބަޑިޖަހައި މަރަން ވަނީ އަމުރުކުރައްވާފައެވެ. ރައީސް ޑުޓާޓޭ މިހާރު ވަނީ އެގައުމުގެ ރައްޔިތުން ކޮރޯނާ ވައިރަހުން ސަލާމަތްވާން ވެކްސިން ޖަހަން އިންކާރު ކުރާކަމަށްވާނަމަ ޖަލަށް ލާންޖެހިދާނެކަމުގެ އިންޒާރު ވެސް ދެއްވާފައެވެ. […]
ކުޑަކުދިންގެ ހިޔާގެ ހަތް މުއްޒަފަކު ސަސްޕެންޑްކޮށްފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރާ ހަތް މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑް ކޮށްފި އެވެ. މި މުވައްޒަފުން ސަސްޕެންޑް ކުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުން ގެންދާ ކުއްޖަކަށް އަނިޔާކުރި މައްސަލައެއްގެ ތުހުމަތުގަ އެވެ. ހސަސްޕެންޑް ކޮށްފައިވާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހިޔާގައި ކުދިން ބެލުމުގައި ހަރަކާތްތެރިވާ ފަސް މުވައްޒަފަކާއި ދެ ސުޕަވައިޒަރެކެވެ. މި މީހުން ސަސްޕެންޑް ކޮށްފައިވަނީ 30 ދުވަހަށެވެ. އަނިޔާކުރި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން މިހާރުވަނީ އެ މުއައްޒަފުންނަށް ސަސްޕެންޑް […]
ހިޔާގެ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ތުހުމަތުވާ މީހާ ދޫކޮށްލައިފި

ކުޑަކުދިންގެ ހިޔާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތަށް ހައްޔަރު ކުރި މީހާ ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ. ހިޔާގައި އުޅޭ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެމީހާ ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖެހީ މި މަހު 13 ގައެވެ. އެދުވަހު ކްރިމިނަލް ކޯޓުން އޭނާ ބަންދު ކުރަން އަމުރު ކުރީ ހެކިބަސް ދޭން ހުރި […]
މަރާލާފައި އެއްލާލާފައިވާ ކުއްޖާއަށް އަނިޔާކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުއްޖަކަށް އަނިޔާ ލިބިފައިވާކަމުގެ މައުލޫމާތު އާންމު ފަރާތަކުން ހޯމަ ދުވަހު ފުލުހުންނަށް ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ 13 އަހަރުގެ ކުޑަކުއްޖެއް މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީރިއަސް އެންޑް އޯގަނައިޒް ކުރައިމްގެ ހެޑް، ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާއްމުންނަށް ވަނުން މަނާ ސަރަހައްދުގައި […]
އަނެއްކާވެސް ޒުވާނަކު ގެއްލިގެން ހޯދަންފަށައިފި

އަނެއްކާވެސް ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުށި، ރިންސޯ، އުމުރުން 20 އަހަރުގެ އަބޫބަކުރު އިބްރާހީމެވެ. ފުލުހުން ބުނީ މިދޔަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން އާއިލާއަށް އޭނާގެ އެއްވެސް ހަބަރެއްނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މިކަން ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަބޫބަކުރު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހޮނުހިރު ދުވަހު ކަމަށް ފުލުހުން ބުނެއެވެ. އާއިލާއާއި ހަވާލާދީ ފުލުހުން […]
މަރާލާފަ އެއްލާލާފައި އޮތް ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

މަރާލާފައި އެއްލާލާފައި އޮތް އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ފުލުހުން ބުނެފިއެވެ. މި ކުއްޖާ މަރާލާފަ އެއްލާލާފައި އޮތްވާ ފެނުނީ ހުޅުމާލޭ ދެވަވަނަ ފިޔަވަހީގެ އިރުމަތީ ފަރާތު މޫދުންރޭ މެންދަމު 2:30 ހާއިރުއެވެ. ދެކުނުގެ ރަށަކަށް ނިސްބަތްވާ މި ކުއްޖާގެ ހަށިގަނޑު ފެނުނު މީހުން ބުނާގޮތުން އެކުއްޖާ ރަހީނު ކުރުމަށްފަހު މަރާލާފަ މޫދަށް އެއްލައިލީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. މަންޒަރު ދުއް މީހާ ބުނީ އެކުއްޖާގެ […]
ހުއްދަ އޮވެގެން ނޫނީ ރުގްޔާ ނުކުރެވޭގޮތް ހަދަނީ

ހުއްދަ އޮވެގެން ނޫނީ ރުގްޔާ ނުކުރެވޭ ގޮތަށް ހެދުމަށް ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން މަސައްކަތް ފަށައިފިއެވެ. އެޗްއާރު ސީއެމުން ބުނީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ރުގްޔާގެ ނަމުގައި ބަޔަކު ނާޖާއިޒް ގޮތުގައި އަންހެނުންނަށާއި ކުޑަކުދިންނަށް ގެއްލުންދޭ މައްސަލަތައް ހިމެނޭ ކަމަށެވެ. އަދި މި ފަދަ ނާޖާއިޒް ފައިދާ ނެގިޔަ ނުދިނުމަށް އެ ކޮމިޝަނުން މަސައްކަތް ތަކެއް ކުރަމުންދާ ކަމަށާ އެގޮތުން އިސްލާމިކް މިނިސްޓްރީ އާއެކުވެސް މަޝްވަރާ ބައްދަލުވުމެއް […]
މަރާލާފައި އޮއްވާ ފެނުނު ކުއްޖާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ، އެއްލައިލީ ފޮއްޓަކަށް ލާފަ

ރަހީނު ކުރުމަށްފަހު މަރާލާފަ މޫދަށް އެއްލައިލި ކުޑަކުއްޖާ އަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ ކަމަށް އެ ކުއްޖާގެ ހަނގަނޑު ފެނުނު މީހުން ބުނެފިއެވެ. މަންޒަރު ދުއް މީހާ ބުނީ އެކުއްޖާގެ ގައިގެ އެތަން މިތަނަށް އަނިޔާކޮށްފައިވާކަމަށް ބެލެވޭ ނިޝާންތައް ފެންނަހުރި ކަމަށާ، އަދި އޭނާގެ ކަރުގައި އެއްޗެއް އަސާފައިވާ ކަހަލަ ނިޝާންވެސް ހުރިކަމަށެވެ. އަދި މިކުއްޖާ އެއްލާލާފައި އޮތީ އަނިޔާކޮށް މަރާލާފަ ފޮއްޓަކަށް އަޅާފަކަމަށް އެމީހާ ބުނެއެވެ. އަދި އެ ކުއްޖާގެ މޫނަށްވެސް […]