ހުއްދަ އޮވެގެން ނޫނީ ރުގްޔާ ނުކުރެވޭގޮތް ހަދަނީ

109

 

ހުއްދަ އޮވެގެން ނޫނީ ރުގްޔާ ނުކުރެވޭ ގޮތަށް ހެދުމަށް ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން މަސައްކަތް ފަށައިފިއެވެ.

އެޗްއާރު ސީއެމުން ބުނީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ރުގްޔާގެ ނަމުގައި ބަޔަކު ނާޖާއިޒް ގޮތުގައި އަންހެނުންނަށާއި ކުޑަކުދިންނަށް ގެއްލުންދޭ މައްސަލަތައް ހިމެނޭ ކަމަށެވެ. އަދި މި ފަދަ ނާޖާއިޒް ފައިދާ ނެގިޔަ ނުދިނުމަށް އެ ކޮމިޝަނުން މަސައްކަތް ތަކެއް ކުރަމުންދާ ކަމަށާ އެގޮތުން އިސްލާމިކް މިނިސްޓްރީ އާއެކުވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައިވާކަމަށެވެ.

އަދި އިސްލާމިކް މިނިސްޓްރީ އާއި ވާހަކަދައްކައިގެން ރުގްޔާ ކުރާ ފަރާތްތަކަށް ހުއްދައެއް ނަގައިގެން ރުގުޔާ ކުރުމުގެ މަސައްކަތް ކުރުން ކުރިއަށް ގެންދެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްއާރުސީއެމުން ބުނެއެވެ.

ހުއްދަ އޮވެގެން ނޫނީ ރުގްޔާ ނުކުރެވޭ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނައިރު، ރުގްޔާގެ ނަމުގައި މީހުންނަށް އަނިޔާ ދީ، ޖިންސީ ގޯނާކުރާ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. ހާއްސަ ކޮށް އަންހެނުންނާ ކުޑަކުދިންނަށް ރުގުޔާގެ ނަމުގައި ބޮޑެތި އަނިޔާތައް ދެމުންދާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.

އެގޮތުން ރުގުޔާކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިން ގޭގައި ރަހީނުކޮށްގެން ޖިސްމާނީ އަދި ޖިންސީ އަނިޔާކުރި ބޮޑު މައްސަލައެއް ދާދި ފަހުންވަނީ ފެންމަތިވެފައެވެ.

1 ހިޔާލު

  1. ހުއްދަ ދޫކުރަނީ ކޮން އިދާރާއަކުންތޯ ؟
    އެޗްއާރު ސީއެމުން ތޯ؟
    އިސްލާމިކް މިނިސްޓްރީން ތޯ؟

    ތިކަމަށް ހުއްދަ ތަކަށް އެފެން ބޭނުންވާ ފަރާތަށްވެސް ތިބެދާނެތީވެ ސްވާލު ކޮށްލެވުނީ !!!

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ