މަރާލާފައި އޮއްވާ ފެނުނު ކުއްޖާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ، އެއްލައިލީ ފޮއްޓަކަށް ލާފަ

Loading

Facebook
Twitter
WhatsApp

 

 

ރަހީނު ކުރުމަށްފަހު މަރާލާފަ މޫދަށް އެއްލައިލި ކުޑަކުއްޖާ އަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ ކަމަށް އެ ކުއްޖާގެ ހަނގަނޑު ފެނުނު މީހުން ބުނެފިއެވެ.

މަންޒަރު ދުއް މީހާ ބުނީ އެކުއްޖާގެ ގައިގެ އެތަން މިތަނަށް އަނިޔާކޮށްފައިވާކަމަށް ބެލެވޭ ނިޝާންތައް ފެންނަހުރި ކަމަށާ، އަދި އޭނާގެ ކަރުގައި އެއްޗެއް އަސާފައިވާ ކަހަލަ ނިޝާންވެސް ހުރިކަމަށެވެ. އަދި މިކުއްޖާ އެއްލާލާފައި އޮތީ އަނިޔާކޮށް މަރާލާފަ ފޮއްޓަކަށް އަޅާފަކަމަށް އެމީހާ ބުނެއެވެ.

އަދި އެ ކުއްޖާގެ މޫނަށްވެސް ބަލާލާން ނުކެރޭވަރަށް އެކިވަރުގެ އަނިޔާކޮށްފައިވާކަމަށްވެސް އެ މީހާ ބުންޏެވެ.

މި ކުއްޖާ މަރާލާފަ އެއްލާލާފައި އޮތީ ހުޅުމާލޭ ދެ ވަ ފިޔަވަހީގެ މޫދަށެވެ. ފުލުހުން ބުނީ އެކުއްޖާ އަކީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާ، އޭނާ މަރާލާފަ އޮއްވާ ފެނުނީ ރޭ ރޭ މެންދަމު 2:30 ހާއިރުކަމަށެވެ.

ފުލުހުން ބުނީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެއް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ.

އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ކުއްޖާ ރަހީނުކުރި ކަން ރިޕޯޓް ކުރި ފަހުން އެކުއްޖާ ހޯދުމަށް އާއިލާއާއި ރައްޓެހި ނޫން ފަރާތްތަކުން ވަނީ މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން އެ ކުއްޖާ ދިރިއުޅޭ ގެ ސަރަހައްދަށް އޭނާ ހޯދުމަށް ދިއުމާއި އަދި އެކުއްޖާގެ މަންމަގެ ފޯނަށް ގުޅައި އެކުއްޖާގެ މައުލޫމާތު ބަޔަކު އަހާފައިވާކަމަށް އެމީހާ ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގެ މަޝްހޫރު ގޭންގަކާއި ގާތްކުޅުމެއް ބާއްވާ މި ކުއްޖާއަކީ ކުށުގެ ރެކޯޑް އޮންނަ ކުއްޖެވެ.  ނަމަވެސް މިކަން ފުލުހުން އަދި ކަށަވަރު ކޮށްދީފައި ނުވެއެވެ.

އެނގިފައިވާ ލިބިފައިވާގޮތުގައި ރަހީނުކުރުމަށްފަހު މަރާލާފައި އޮއްވާ ފެނުނު ކުއްޖާއަކީ ގދ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅުގެން އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި އުމުރުން 27 އަހަރުގެ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރި ދެމީހުންނަކީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ދެ އެކުވެރިންކަމަށްވެއެވެ.

ކުޑަކުއްޖާގެ ހަށިގަނޑު މިހާރު އޮތީ އައިޖީއެމްއެޗްގަ އެވެ.

ފުލުހުން ބުނީމި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތހުގީގު ކުރަމުން ދާކަމަށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް