މަރާލާފައި އެއްލާލާފައިވާ ކުއްޖާއަށް އަނިޔާކުރާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު

Loading

Facebook
Twitter
WhatsApp

 

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުއްޖަކަށް އަނިޔާ ލިބިފައިވާކަމުގެ މައުލޫމާތު އާންމު ފަރާތަކުން ހޯމަ ދުވަހު ފުލުހުންނަށް ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ 13 އަހަރުގެ ކުޑަކުއްޖެއް މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު މައްސަލައާއި ގުޅިގެން ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީރިއަސް އެންޑް އޯގަނައިޒް ކުރައިމްގެ ހެޑް، ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާއްމުންނަށް ވަނުން މަނާ ސަރަހައްދުގައި ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ އިއްޔެ ހަވީރުގެ ވަގުތުގައި އެކުއްޖާއަށް އަނިޔާ ކުރާކަމުގެ މައުލޫމާތު ލިބުނު ހިސާބުން ފުލުހުން އިތުރަށް މަސައްކަތްކޮށް ހޯދައި ބަލަމުން ދިޔަ ދިއުމުގައި ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތުގެ މޫދުން ފޮއްޓެއްގެ ތެރެއިން ކުއްޖާގެ ހަށިގަނޑު ފެނުނު ކަމަށެވެ.

އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ރޭ ދަންވަރު 02:38 ހާއިރެވެ.

ރަޝީދު ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި ހައްޔަރު ކުރެވިފައިވާ ކަމަށެވެ. މިމައްސަލާގައި ހައްޔަރުކުރި ދެމީހުންނަކީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ދެ އެކުވެރިންކަމަށްވެއެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތަކުން ފުލުހުންނާއި ގުޅާ މައުލޫމާތު ހިއްސާ ކޮށްދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިހާދިސާއާ ގުޅިގެން ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު ޔުމްނާ ވިދާޅުވީ ރޭ ދަންވަރު މަރާލާފައި އޮތްވާ ފެނުނު ކުޑަކުއްޖާއަކީ ކިޔަވަމުން އައި ޤާބިލް ކުއްޖެއްކަމަށެވެ. އަދި ކުއްޖާއަށް ބޭނުންވާ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އާއލާއާއެކު ޖެންޑަރ މިނިސްޓްރީން ގުޅިގެން މަސައްކަތް ކުރަމުން އައިކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.  ނަމަވެސް އެކުއްޖާއަށް އިޖުތިމާއީ އެހީތެރިކަން ދެމުންދިޔައީ ކީއްވެގެންކަމެއް އަދި އެކަމުގެ ތަފްސީލެއް ޔުމްނާ ނުދެއްވައެވެ.

މީގެ އިތުރުން ޔުމްނާ ވިދާޅުވީ ކުއްޖާ މަރާލުމުގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމަށްޗަށް ގެނައުމަށްޓަކައި އެ އޮތޯރިޓީން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެކަމަށެވެ. އަދި މި ކުއްޖާގެ ޒާތީ މަޢުލޫމާތުތައް ހާމަނުކުރުމަށްވެސް ޔުމްނާ އިލްތިމާސްކުރެއްވިއެވެ.

އައިޖީއެމްއެޗްން މައުލޫމާތު ދިން ގޮތުގައ ކުއްޖާގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 6:15 ހާއިރުއެވެ.  އެކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމާފައިވާއިރު އެކުއްޖާގެ ހަށިގަނޑު އޮތީ އައިޖީއެމްއެޗްގައި ބާއްވާފައެވެ.  އެނގިފައިވާގޮތުގައި ފުލުހުންގެ ބެލުމުގެ ދަށުން ކުއްޖާގެ ބައެއް ޓެސްޓުތައް މިހާރުވެސް ދަނީ ހަދަމުންނެވެ.

13 އަހަރުގެ ކުއްޖާ ރަހީނުކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މިހާތަނަށް އެކި ގޮތްގޮތުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، 13 އަހަރުގެ ކުއްޖާ މަރާލުމަށްފަހު އެ މައްސަލައިގައި ޝާމިލްވާ ދެ މީހުން ތިބީ ގެސްޓްހައުސްއެއްގައި ފިލައިގެންނެވެ.

އާދީއްތަ ދުވަހުން ފެށިގެން އެމީހުން ގެސްޓް ހައުސްގައި ފިލައިގެން ތިބި އިރު، އެމީހުން ހައްޔަރުކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރު 2:38 ހާއިރުއެވެ.

ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މި މައްސަލައިގައި އިތުރަށް ހޯދަންޖެހޭ މައުލޫމާތު ހޯދާ މައްސަލަ ޝަރީއަތަށް ފޮނުވުމަށްޓަކައި ހެއްކާއި ގަރީނާ އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Loading

One Response

  1. ޑިމޮކްރެސީ ކުދިންކޮޅަސްވެސް އެނގޭނެ އެމެރިކާ އާއި އެބުނާ ކުރިއަރާފައިވާ ގައުމުތަކުގައިވެސް މިފަދަ ގާތިލުންގެ އަދަބަކީ މަރަށް މަރުކަން. ދެން ކީއްވެ މިގައުމުގައި މަރަށް މަރު ހިފައިފިނަމަ ހަރުކަށީ އަދަބަކަށްވަނީ؟ ގާނޫނު ތަންފީޒް ނުކުރެވެންޏާ ޖަރީމާތައް އިތުރުވާނެއެވެ. އެއީ މިގައުމަށް ވެގެން އުޅޭ ގޮތަކީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް