ކުޑަކުދިންގެ ހިޔާގެ ހަތް މުއްޒަފަކު ސަސްޕެންޑްކޮށްފި

Loading

Facebook
Twitter
WhatsApp

 

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރާ ހަތް މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑް ކޮށްފި އެވެ.

މި މުވައްޒަފުން ސަސްޕެންޑް ކުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުން ގެންދާ ކުއްޖަކަށް އަނިޔާކުރި މައްސަލައެއްގެ ތުހުމަތުގަ އެވެ.

ހސަސްޕެންޑް ކޮށްފައިވާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ހިޔާގައި ކުދިން ބެލުމުގައި ހަރަކާތްތެރިވާ ފަސް މުވައްޒަފަކާއި ދެ ސުޕަވައިޒަރެކެވެ. މި މީހުން ސަސްޕެންޑް ކޮށްފައިވަނީ  30 ދުވަހަށެވެ.

އަނިޔާކުރި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން މިހާރުވަނީ އެ މުއައްޒަފުންނަށް ސަސްޕެންޑް ކުރިކަމުގެ ޗިޓްވެސް ފޮނުވާފައެވެ. އެ ޗިޓްތަކުގައިވާ ގޮތުން މުވައްޒަފުން ސަސްޕެންޑް ކޮށްފައިވަނީ މިމަހުގެ 15 އިން އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޝައުފިޝާން އަބްދުﷲ ކަމާލުއްދީން ސޮއި ކުރައްވާފައިވާ އެ ޗިޓްތަކުގައިވާ ގޮތުން މުވައްޒަފުން ސަސްޕެންޑް ކުރީ މުސާރަ ލިބޭ ގޮތަށެވެ.

އެ މުވައްޒަފުންގެ މައްސަލަ ބަލާފައިވަނީ ސިވިލް ސާވިސް ގަވައިދުގެ 258 ވަނަ މާއްދާ އަކުރު (ނ) ގެ ތިންވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ. އެ މުވައްޒަފުންނަށް ތުހުމަތު ކޮށްފައި ވަނީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި ކަށަވަރު ކޮށްދީފައިވާ ހައްގަކަށް އަރައިގަނެފައިވާ ކަމުގެ ތުހުމަތެވެ.

ގާނޫނުއަސާސީގެ 35 ވަނަ މާއްދާއަކީ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ލިބޭ ހާއްސަ ރައްކާތެރިކަން ކަށަވަރުކޮށްދޭ މާއްދާ އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް