ރަހީނުކޮށް ކުއްޖާ މަރާލުން: ހައްޔަރުކުރި މިހާގެ މަށްޗަށްކުރަނީ ޖިންސީގޯނާ ކުރުމާއި މީހަކު މެރުމުގެ ތުހުމަތު

Loading

Facebook
Twitter
WhatsApp

 

ރަހީނުކުރުމަށްފަހު މަރާލައި ފޮއްޓަކަށްލައި އެއްލައިލި 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި  ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނު، 27ގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ އިތުރުން ގަސްތުގައި މީހަކު މެރުގެ ތުހުމަތާއި މާރާމާރީ ހިންގުމާއި ރަހީނުކުރި ކަމުގެ ތުހުމަތެވެ.

ކުޑަކުއްޖެއްގެ މަސްލަހަތު އޮތުމާއި ޖިންސީ ގޯނާ ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށް ވުމުން ޒިހާނުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުގައި އަޑުއެހުން ކުރިއަށް ގެންދިޔައީ އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ.

ބޮޑެތި ކުށް ކަމަށް ކަނޑައަޅާފައިވާ ހަތަރު ކުށެއްގެ ތުހުމަތު ޒިހާނުގެ މައްޗަށް ކުރާއިރު އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމަރު ކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި އެކަށީގެން ވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.

އެ ކުއްޖާގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިިރިހެނެކެވެ. 17 އަހަރުގެ ކުއްޖާގެ ބަންދަށް ވަނީ 15 ދުވަސް އިތުރު ކޮށްދީފަ އެވެ.

އެނގިފައިވާ ގޮތުގައި ޒިހާންއަކީ އެކި ކުށްތަކުގެ ރެކޯޑު އޮންނަ އަދި މީގެ ކުރިންވެސް ކުށުގެ ތުހުމަތުގައި ޖަލަށް ވެސް ލާފައިވާ މީހެކެވެ.

 

އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ ރަހީނުކުރި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އިއްޔެ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށްލައި އެއްލާލާފައި އޮއްވައެވެ.

ުއްޖާގެ ހަށިގަނޑު ފެނުނު މީހުން ބުނާގޮތުން އެކުއްޖާ ރަހީނު ކުރުމަށްފަހު މަރާލާފަ މޫދަށް އެއްލައިލި ކުޑަކުއްޖާ އަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ.

މަންޒަރު ދުއް މީހާ ބުނީ އެކުއްޖާގެ ގައިގެ އެތަން މިތަނަށް އަނިޔާކޮށްފައިވާކަމަށް ބެލެވޭ ނިޝާންތައް ފެންނަހުރި ކަމަށާ، އަދި އޭނާގެ ކަރުގައި އެއްޗެއް އަސާފައިވާ ކަހަލަ ނިޝާންވެސް ހުރިކަމަށެވެ. އަދި މިކުއްޖާ އެއްލާލާފައި އޮތީ އަނިޔާކޮށް މަރާލާފަ ފޮއްޓަކަށް އަޅާފަކަމަށް އެމީހާ ބުނެއެވެ.

އަދި އެ ކުއްޖާގެ މޫނަށްވެސް ބަލާލާން ނުކެރޭވަރަށް އެކިވަރުގެ އަނިޔާކޮށްފައިވާކަމަށްވެސް އެ މީހާ ބުންޏެވެ.

އެ ކުއްޖާގެ ޕޯސްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އަދި ކުއްޖ މަރާލި މައްސަލަ ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް