މަރާލާފައި އެއްލާލާފައި އޮތް އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން ފުލުހުން ބުނެފިއެވެ.
މި ކުއްޖާ މަރާލާފަ އެއްލާލާފައި އޮތްވާ ފެނުނީ ހުޅުމާލޭ ދެވަވަނަ ފިޔަވަހީގެ އިރުމަތީ ފަރާތު މޫދުންރޭ މެންދަމު 2:30 ހާއިރުއެވެ.
ދެކުނުގެ ރަށަކަށް ނިސްބަތްވާ މި ކުއްޖާގެ ހަށިގަނޑު ފެނުނު މީހުން ބުނާގޮތުން އެކުއްޖާ ރަހީނު ކުރުމަށްފަހު މަރާލާފަ މޫދަށް އެއްލައިލީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ.
މަންޒަރު ދުއް މީހާ ބުނީ އެކުއްޖާގެ ގައިގެ އެތަން މިތަނަށް އަނިޔާކޮށްފައިވާކަމަށް ބެލެވޭ ނިޝާންތައް ފެންނަހުރި ކަމަށާ، އަދި އޭނާގެ ކަރުގައި އެއްޗެއް އަސާފައިވާ ކަހަލަ ނިޝާންވެސް ހުރިކަމަށެވެ. އަދި މިކުއްޖާ އެއްލާލާފައި އޮތީ އަނިޔާކޮށް މަރާލާފަ ފޮއްޓަކަށް އަޅާފަކަމަށް އެމީހާ ބުނެއެވެ.
އަދި އެ ކުއްޖާގެ މޫނަށްވެސް ބަލާލާން ނުކެރޭވަރަށް އެކިވަރުގެ އަނިޔާކޮށްފައިވާކަމަށްވެސް އެ މީހާ ބުންޏެވެ.
ފުލުހުން ބުނީ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެއް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައި ވާކަމަށެވެ.
އާއިލާއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ކުއްޖާ ރަހީނުކުރި ކަން ރިޕޯޓް ކުރި ފަހުން އެކުއްޖާ ހޯދުމަށް އާއިލާއާއި ރައްޓެހި ނޫން ފަރާތްތަކުން ވަނީ މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން އެ ކުއްޖާ ދިރިއުޅޭ ގެ ސަރަހައްދަށް އޭނާ ހޯދުމަށް ދިއުމާއި އަދި އެކުއްޖާގެ މަންމަގެ ފޯނަށް ގުޅައި އެކުއްޖާގެ މައުލޫމާތު ބަޔަކު އަހާފައިވާކަމަށް އެމީހާ ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގެ މަޝްހޫރު ގޭންގަކާއި ގާތްކުޅުމެއް ބާއްވާ މި ކުއްޖާއަކީ ކުށުގެ ރެކޯޑް އޮންނަ ކުއްޖެވެ. ނަމަވެސް މިކަން ފުލުހުން އަދި ކަށަވަރު ކޮށްދީފައި ނުވެއެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅުގެން އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި އުމުރުން 27 އަހަރުގެ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކުރި ދެމީހުންނަކީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ދެ އެކުވެރިންކަމަށްވެއެވެ.
ފުލުހުން ބުނީމި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތހުގީގު ކުރަމުން ދާކަމަށެވެ.