އަސްޓްރާޒެނެކާ ވެކްސިންގެ ސަބަބުން ތްރޮމްބޯސިސް ޖެހުމަށް މަގުފަހިވޭ: އީ.އެމް.އޭ

ކުރިން އަޑު ފެތުރިފައި ވަނީ އަސްޓްރާޒެނެކާ ވެކްސިން ޖެހުމުން ލޭގަނޑުވުމަށް މަގުފަހި ވާކަމަށެވެ. އެކަމާ ގުޅިގެން އެވެކްސިން ޖެހުން ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކުން މެދުކަނޑާލިއެވެ. މިއަދު ޔޫރަޕިއަން މެޑިކަލް އޭޖެންސީ (އީ.އެމް.އޭ) އިން ހާމަކުރިގޮތުގައި އަސްޓްރާޒެނެކާ ވެކްސިން ޖެހުމުގެ ސަބަބުން ލޭގަނޑުވުމުގެ އިތުރަށް ތްރޮމްބޯސިސް ޖެހުމަށް މަގުފަހިވަމުން އެބަދެއެވެ. އަސްޓްރާޒެނެކާ ވެކްސިން ޖެހުމުން ލޭގަނޑުވުމަށް މަގުފަހި ވުމުގެ އިތުރަށް ތްރޮމްބޯސިސް އާއި މި ވެކްސިންއާ ގުޅުމެއް ހުރިކަމަށް އީ.އެމް.އޭގެ އިސް އޮފިޝަލަކު، ކަމާ ބެހޭގޮތުން ބޭއްވި […]

ރޯދަމަހު ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކް ހުޅުވާފައި ހުންނަ ގަޑިތައް ކަނޑައަޅައިފި

  ކުރިއަށް އޮތް ރޯދަމަހު ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކް  ހުޅުވާފައި ހުންނާނެ ގަޑިތައް މާލެ ސިޓީކައުންސިލުން ކަނޑައަޅައިފިއެވެ. ސިޓީކައުންސިލުން ބުނީ ޕާކްތައް ހުޅުވާފައި ހުންނާނެ ގަޑިތައް ކަނޑައަޅައިފައިވަނީ ރޯދަމަހާއި އަދި ޝައްވާލުމަހުގެ ފުރަތަމަ ހަތްދުވަސް ހިމަނައިގެންނެވެ. ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ރޯދަ މަހު ހުޅުވާފައި ބަހައްޓަނީ ކޮންމެ ދުވަހެއްގެ ހަވީރު ހަތަރަކުން 5:45 އަށް އަދި ރޭގަނޑު ނުވަޔަކުން 11 އާއި ހަމައަށް ކަމަށް  ސިޓީ ކައުންސިލުން ބުނެއެވެ. މާލޭގައި ދެންހުރި ޕާކުތަކާއި މައިޒާންތައް […]

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

  ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް( އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމުގެ  މުއްދަތު ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުން މިއަދު އިތުރުކޮށްފިއެވެ. ރައީސް އޮފީހުން ބުނީ އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރި ލުމުގެ މުއްދަތު އިތުރުކުރީ މެންބަރުކަމަށް ކުރިމަތިލުމަށް ކުރިން ހުށަހަޅަފައިވާ ތާރީޚުކަމުގައިވާ މި މަހު 11 އަދި 12 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ ކަމަށެވެ. އެޗްއާރުސީއެމްއަށް ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އިތުރުކޮށްފައިވަނި މިމަހުގެ 15ވަނަ ދުވަހުގެ […]

ހިޔާ މަޝްރޫއު: ފަންނީ ކެޓަގަރީން ފްލެޓް ދޫކޮށްލުމަށް ހުޅުވައިލައިފި

    ހިޔާ މަޝްރޫގެ ފަންނީ ކެޓެގަރީން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ދޫކޮށްލައި ބަދަލުގައި ސަރުކާރުގެ ކުރިއަށް އޮތް މަޝްރޫއަކުން ފްލެޓް ހޯދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު ހައުސިން މިނިސްޓްރީ އިން ހުޅުވާލައިފި އެވެ. ފަންނީ ކެޓެގަރީގައި ހިމެނެނީ H4  ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންނަށް ހާއްސަ، އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީގައި ހިމެނޭ މީހުންނެވެ. ހައުސިން މިނިސްޓްރީން ބުނީ ފަންނީ ފަރާތްތަކަށް ލިބިފައިވާ ހިޔާ ފްލެޓްގެ ބަދަލުގައި […]

މުއިއްޒު އަކީ މާލޭ ރައްޔިތުންނަށް ޗޮއިސެއް ނޫން: އީވާ

ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުއިއްޒު އަކީ މާލޭ ރައްޔިތުންނަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ޗޮއިސެއް ނޫން ކަމަށް އެމްޑީޕީ ރައީސް ނަޝީދުގެ ދެބެއިންދެދަރި ކޮށްކޯފުޅު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ. އީވާ މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ”ރަށްވެހިފަތިސް“ ކެމްޕެއިންގެ ތެރެއިން މިއަދު ގަލޮޅުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ޑރ. މުއިއްޒަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުންނެވެ. އީވާ ވިދާޅުވީ އެކަމަނާގެ އެމްޑީޕީގައި ޝަކުވާތައް އަބަދުވެސް ހުންނާނެ ކަމަށާއި އެގޮތުން އެޕާޓީ އަކީ އެކަކު އަނެކަކަށް ޝަކުވާކޮށްގެން އަދި ފިސާރި […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 125 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 125 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 46 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 14 މީހަކާއި ސިނާޢީ މަސައްކަތް ކުރަމުން އަންނަ ރަށަކުން އެކަކު ވަނީ ފައްސިވެފައެވެ. އަނެއް 64 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 24,908 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 3,059 އެކްޓިވް ކޭސް ހިމެނޭއިރު 90 ފަރާތަކަށް ދަނީ އެޑްމިޓް […]

ޑރ. އިޔާޒް ސަސްޕެންޑް ކުރި މައްސަލަ ޓްރައިބިއުނަލަށް

    މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ގައުމީ ޔުނިވާސިޓީގެ ވަޒީފާއިން ސަސްޕެންޑްކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އޭނާ ހުށައަޅުއްވައިފި އެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް، އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ސީނިއާ ލެކްޗަރާ އެކެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު 14 ދުވަހުގެ  މުއްދަތަކަށެވެ. އިޔާޒް ސަސްޕެންޑް ކޮށްފައިވަނީ ޖަމާއަތުގައި ނަމާދުކުރުން […]

ކާޑެއްދޫ އެއަރޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

      ގދ ކާޑެއްދޫ ޑޮމެސްޓިކް އެއަރޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފި އެވެ. ފުލުހުން ހާމަކުރިގޮތުގައި މި ބަނގުރާތަކަކީ ކާޑެއްދޫ އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާތަކެކެވެ.     ފުލުހުން ބުނީ މި ތަކެއްޗަކީ ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި ކަމަށާއި ނައްތައިލި ބަނގުރާތެރޭގައި އެކި ބްރޭންޑްތަކުގެ 51 ފުޅި ބަނގުރާ އާއި ފަސް ދަޅު ބިޔަރު ހިމެނޭކަމަށެވެ. މިތަކެތި […]

އެއްދުވަހުގެ ތެރޭގައި އިންޑިއާގެ ލައްކައަކަށްވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިއްޖެ

އެއްދުވަހުގެ ތެރޭގައި އިންޑިއާގެ ލައްކައަކަށް ވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިއްޖެއެވެ. ކޮރޯނާ ވައިރަހަށް އިންޑިއާއިން ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިންދީ ފިލްމީ ދުނިޔޭގެ މަޝްހޫރު ތަރިންކަމަށްވާ އަކްޝޭ ކުމާރާއި ގޯވިންދާ ފަދަ އެތައްއެތައް ބަޔަކު ވެސް ހިމެނެއެވެ. އިންޑިއާގައި އާދަޔާ ޚިލާފަށް ކޮރޯނާ ވައިރަސް އިތުރުވާން ފެށީ ހަމަސް ދުވަސް ފަހުންނެވެ. މި ހަފުތާ ފެށުނުއިރު އިވުނީ އެއްދުވަހުގެ ތެރޭގައި އިންޑިއާގެ 93 ހާސް މީހުންނަށް ކޮރޯނާ ވައިރަސް ޖެހުނު ޚަބަރެވެ. މުޅިގައުމުގައި ކަންބޮޑުވުމާއި […]

ވޯޓްލާ މަރުކަޒަށް ހާޒިރުވުމަކީ ކަރަންޓީންގައި ތިބޭ މީހުންގެ ޒިންމާއެއް: އީސީ

އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާ މަރުކަޒަށް ހާޒިރުވުމަށް ހުއްދަ ހޯދާންޖެހޭ ފަރާތަކުން ހުއްދަ ހޯދައި، ވޯޓުލާ މަރުކަޒަށް ހާޒިރުވުމަކީ އެ މީހެއްގެ ޒިންމާއެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ކޮވިޑް-19 އާ ގުޅިގެން އައިސޮލޭޝަނުގައި ތިބޭ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުގައި ބުނެފިއެވެ. އުސޫލުގައި ބުނެފައި ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންނާއި، ކޮވިޑް-19 އާ ގުޅިގެން ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން، 2021 އެޕްރީލް 10 ވަނަ […]