ވިދާޅުވީ ކޮމިޓީއަށް ހާޒިރުކުރީ ޒާތީ ކަމެއްގައިކަމަށް- ނާޒިމް

ދަނގެތީ ދާއިރާގެ މެމްބަރު ރިޓަޔަރޑް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވީ ކުރީގެ މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް މިއަދު ހާޒިރު ކުރިކުރުމަކީ އެމްޑީޕީ އެޖެންޑާ19 ގެ ޒާތީ ޢަމަލެއްކަމުގައެވެ. މަލީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދިޔަ ދުވަހު މަޖިލީހުގައި ދެއްކި ވާހަކަތަކަކާއި ގުޅިގެން އިމްތިޔާޒް ކޮމިޓީއަށް ހާޒިރު ކޮށް ސުވާލުކުރުމުގައި މަލީހުގެ ދިފާއުގައި ވާހަކަ ދައްކަވާފައިވަނީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރު ނާޒިމް އެކަނިކަމުގައި ފާހަގަކުރެވެއެވެ. އެގޮތުން ނާޒިމް ވަނީ މަލީޙު މަޖިލީހަށް […]
މިނިސްޓަރު ނަސީމް ކަރަންޓީން ނުވާތީ އިދިކޮޅުން ކަންބޮޑުވެއްޖެ

ރ.އަތޮޅު އުނގޫފާރުން ކޮވިޑް-19 އަށް ބަޔަކު ފައްސިވެފައި ވާތީ މި މަހުގެ ދެ ވަނަ ދުވަހުގެ ފަހުން އުނގޫފާރުން ފުރި މީހުން ކަރަންޓީނު ވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގި ނަމަވެސް އެ މުއްދަތުގައި އެ ރަށަށް ވަޑައިގަތް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ހިމެނޭހެން ސަރުކާރުގެ އިސްވެރިން ހިމެނިވަޑައިގަންނަވާ ވަފުދު ކަރަންޓީނު ވެފައި ނުވާތީ އެބޭފުޅުން ކަރަންޓީން ވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ. މިނިސްޓަރ ނަސީމާއިއެކު ސަރުކާރުގެ ވަފުދެއް އުނގޫފާރަށް ވަޑައިގެންނެވީ […]
މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް އަލުން ދޭންފަށަނީ!

މި މަހުގެ 15 އާއި ހަމައަށް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް މާދަމާ އިން ފެށިގެން ވެކްސިން ދޭން ފަށާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއްޖެވެ. މާދަމާ ދޭން ފަށާނީ ޗައިނާގެ ސައިނޮފާމް ވެކްސިނެވެ. ސިނޮފާމް ވެކްސިންގެ ދެ ޑޯޒް ޖަހާއިރު ދެ ޑޯޒް ދޭތެރޭ 2-4 ހަފްތާ ހޭދަވާނެއެވެ. ރާއްޖޭގައި ކޮވިޑް19ގެ ވެކްސިން ފުރަތަމަ ދޭން ފެށީ މިދިޔަ ފެބްރުއަރީ އެކަކުން ފެށިގެންނެވެ. އޭގެ ފަހުން މި މަހުގެ 15 ގެ ނިޔަލަށް މާލެ […]
އެމެރިކާ ސިފައިންގެ ތިންބައި ކުޅަ އެއްބަޔަށް ވުރެ ގިނަ ސިފައިން ވެކްސިން ނުޖަހާ

އެމެރިކާގެ ޕެންޓަގަންއިން ދަނީ ކޯވިޑް 19ގެ ވެކްސިން ޖެހުމަށް ސިފައިންނަށް ބާރުއަޅަމުންނެވެ. އެކަމަކު ސިފައިންގެ ވެރިން އެދޭ މިންވަރަށް ސިފައިން ވެކްސިން ޖަހަމުންނެއްނުދެއެވެ. ޕެންޓަގަންއިން މައުލޫމާތު ދިން ގޮތުގައި ވެކްސިން ޖެހުމަށް 33 އިންސައްތަ މީހުން ވަނީ އިންކާރުކޮށްފައެވެ. ސިފައިންގެ މެޑިކަލް ޓީމުތަކުގެ އޮފިޝަލުންނާއި ސާރވިސް މެމްބަރުން ބުނާގޮތުގައި ވެކްސިން ޖެހުމަށް އިންކާރު ކުރަމުންދާ ސިފައިންގެ އަދަދު ހަގީގަތުގައި މިޔަށްވުރެ ގިނަ ވާނެއެވެ. ގައުމުގެ އެކި ކަންކޮޅުތަކުގައި ތިބި ސިފައިންގެ ރެކޯޑުތަކަށް ބަލައިލުމުން މި އަދަދު %50 […]
ތައިލޭންޑުގައި މުޒާހަރާ ކުރަމުންދިޔަ މީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފި

ބޭންކޮކްގައި ހުންނަ ގްރޭންޑް ޕެލަސް ކައިރިޔަށް ގިނަ ބަޔަކު އެއްވެ ވަނީ އެ ގައުމުގެ ރަސްކަން އަލުން ގާއިމު ކުރުމަށާއި ހައްޔަރުކޮށްފައިވާ އެކްޓިވިސްޓު ލީޑަރުން ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ކޮށްފިއެވެ. މި މުޒާހަރާތައް ރޫޅާލުމަށް ފުލުހުންވަނީ ކަރުނަ ގޭހާއި ވޯޓާރ ކެނަން ބޭނުންކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ގްރޭންޑް ޕެލަސް ކުރިމަތީގައި އަޅާފައި ހުރި ބެރިކޭޑްތައް ވައްޓާލުމުން ފުލުހުންވަނީ އެމީހުންނާއި ރިއޮޓްގިޔާރުގައި ކުރިމަތިލާފައެވެ. އަދި ފުލުހުންނާ ދިމާއަށް މުޒާހަރާގެ ބައިވެރިންވަނީ ފަޔާރ ކްރެކާ އުކާފައެވެ. މި ކުރިމަތިލުންތަކުގައި އަނިޔާ […]
ރާއްޖެ އިން އިތުރު 267 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 267 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިއަދު ވެކްސިން ދިން އެންމެނަށް ވެސް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން މިހާތަނަށް 121,630 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އަދި އަތޮޅު ތެރެއިން މިހާތަނަށް 97,282 މީހުންނަށް ވަނީ ވެކްސިނަދީފައެވެ. […]
ކޯވިޑް19: މިއަދު ފެނުނީ އިތުރު 140 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 140 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 17މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 14 މީހަކާއި ސަފާރިތަކުން 6 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 102 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 22,513 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,436 އެކްޓިވް ކޭސް ހިމެނޭއިރު 95 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . […]
ސީ.އައި.އޭގެ އައު ޑައިރެކްޓަރަކީ ކޮން ބޭފުޅެއް؟

މާޗު މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ ސެނެޓުން ވަނީ އުމުރުން 64 އަހަރުގެ ވިލިއަމް ބާރންސް އެމެރިކާގެ އެންމެ ބާރުގަދަ ސްޕައި އޭޖެންސީ ކަމުގައިވާ ސީ.އައި.އޭގެ ވެރިއެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އޭނާ މި މަގާމަށް ހޮވިފައިވަނީ އެ ގައުމުގެ އެންމެ ބޮޑު ދެ ސިޔާސީ ބާރުކަމުގައިވާ ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރަޓްސް ޕާޓީގެ ވޯޓުންނެވެ. ވިލިއަމް ބާންސް އަކީ ވަރަށް ކުޅަދާނަ ބޭފުޅެކެވެ. އަދި އެމެރިކާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްވެސްމެއެވެ. ގިނަ ބަޔެއްގެ ތާއީދާ […]
ރައީސް ނަޝީދު ދެ މުސާރަ ނަންގަވާ މައްސަލައެއް މަލީހު މަޖިލީހަށް ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެ މުސާރަ ނަންގަވާ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކުރީގެ ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ. ނަޝީދު ދެ މުސާރަ ނަންގަވާކަމަށް ވިދާޅުވެ މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަށް ދެން ފޮރުވައިގެން ނޫޅެވޭނެކަމަށާ މައުލޫމާތު ލިބިގަތުމުގެ ހައްގުގެ ދަށުން މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ. “ ’ދެ މުސާރަ ތަކުރު‘ ރައީސް ނަޝީދަށް ދެން ފޮރުވައިގެން ނުހުރެވޭނެ. […]
ކޯވިޑް19: އިއްޔެ ފެނުނީ އިތުރު 81 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 81 މީހަކު ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 22 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 7 ކޭސް ވަނީ ފެނިފައެވެ. އަނެއް 52 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 22,373 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,404 އެކްޓިވް ކޭސް ހިމެނޭއިރު 107 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް […]