އެމެރިކާ ސިފައިންގެ ތިންބައި ކުޅަ އެއްބަޔަށް ވުރެ ގިނަ ސިފައިން ވެކްސިން ނުޖަހާ

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ޕެންޓަގަންއިން ދަނީ ކޯވިޑް 19ގެ ވެކްސިން ޖެހުމަށް ސިފައިންނަށް ބާރުއަޅަމުންނެވެ. އެކަމަކު ސިފައިންގެ ވެރިން އެދޭ މިންވަރަށް ސިފައިން ވެކްސިން ޖަހަމުންނެއްނުދެއެވެ.

ޕެންޓަގަންއިން މައުލޫމާތު ދިން ގޮތުގައި ވެކްސިން ޖެހުމަށް 33 އިންސައްތަ މީހުން ވަނީ އިންކާރުކޮށްފައެވެ.

ސިފައިންގެ މެޑިކަލް ޓީމުތަކުގެ އޮފިޝަލުންނާއި ސާރވިސް މެމްބަރުން ބުނާގޮތުގައި ވެކްސިން ޖެހުމަށް އިންކާރު ކުރަމުންދާ ސިފައިންގެ އަދަދު ހަގީގަތުގައި މިޔަށްވުރެ ގިނަ ވާނެއެވެ.

ގައުމުގެ އެކި ކަންކޮޅުތަކުގައި ތިބި ސިފައިންގެ ރެކޯޑުތަކަށް ބަލައިލުމުން މި އަދަދު %50 އާއި ގާތްކުރާނެ ކަމަށް ލަފާކުރެއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަހުގެ އަސަރު އެންމެބޮޑަށް ކުރީ އަދި ކޮރޯނާ ވައިރަސް ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވީ އެމެރިކާގައެވެ. ނަމަވެސް މާސްކު އެޅުމަށާއި ގައިދުރުކުރުމަށާއި ފުރަބަންދަށް ދިއުމަށް އެންމެ ގިނަ ބަޔަކު ދެކޮޅުހަދަމުން ދަނީ އެމެރިކާގައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް