ސީ.އައި.އޭގެ އައު ޑައިރެކްޓަރަކީ ކޮން ބޭފުޅެއް؟

Loading

Facebook
Twitter
WhatsApp

މާޗު މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ ސެނެޓުން ވަނީ އުމުރުން 64 އަހަރުގެ ވިލިއަމް ބާރންސް އެމެރިކާގެ އެންމެ ބާރުގަދަ ސްޕައި އޭޖެންސީ ކަމުގައިވާ ސީ.އައި.އޭގެ ވެރިއެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އޭނާ މި މަގާމަށް ހޮވިފައިވަނީ އެ ގައުމުގެ އެންމެ ބޮޑު ދެ ސިޔާސީ ބާރުކަމުގައިވާ ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރަޓްސް ޕާޓީގެ ވޯޓުންނެވެ.

ވިލިއަމް ބާންސް އަކީ ވަރަށް ކުޅަދާނަ ބޭފުޅެކެވެ. އަދި އެމެރިކާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްވެސްމެއެވެ. ގިނަ ބަޔެއްގެ ތާއީދާ އެކު އޭނާ މަގާމަށް ހޮވިވަޑައިގަތުމުން އެންމެންވެސް ގަބޫލުކުރަނީ އެމެރިކާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. މިގޮތުން އެމެރިކާއަށް މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުން ކަމުގައިވާ ޗައިނާއާއި ދޭތެރެ ކުރިއަށްވުރެ ބޮޑަށް ސަމާލުވާނެކަމަށް ގިނަބަޔަކު އުންމީދުކުރެއެވެ.

ވިލިއަމް ބާރންސްވަނީ 30 އަހަރު ދުވަހު ސްޓޭޓް ޑިޕާރޓްމެންޓްގައި ޚިދުމަތް ކުރައްވާފައެވެ. އެދުވަސްވަރު އޭނާ މަޝްހޫރުވެފައިވަނީ އެމެރިކާއާއި ގާތްގުޅުމެއް ނެތް ގައުމުތަކާއި އެކުވެސް މަސައްކަތް ކުރައްވާފައި ވާތީއެވެ. އޭނާ ވަނީ ރަޝިޔާގެ ސަފީރެއްގެ މަގާމުވެސް އަދާ ކުރައްވާފައެވެ.

ބާރންސްގެ ރައްޓެހިން އޭނާ ސިފަކުރަނީ ޚުލްޤު ހެޔޮ މަޑުމައިތިރި ބޭފުޅެއްގެ ގޮތުގައެވެ. ސްޓޭޓް ޑިޕާރޓްމެންޓުގައި އޭނާ ވަޒީފާ އަދާކުރެއްވި ދުވަސްވަރު އެތަނުގެ ސެކެޓްރީ އަކަށް ހުންނެވި ޖޭމްސް ބޭކާ، ވިލިއަމް ބާރންސް އަށް އެމްބެސަޑަރެއްގެ މަގާމުވެސް ހުށަހަޅުއްވާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ހާމަކޮށްފައިވެއެވެ.

ބާރންސްގެ ބައްޕައަކީ އެމެރިކާގެ ސިފައިންގެ އިސް މަގާމެއް އަދާކުރެއްވި ބޭފުޅެކެވެ. އަދި 1980 ގައި އޭނާއަށް އެމެރިކާގެ އާރމްސް ކޮންޓްރޯލް އާއި ޑިސްއާރމެންޓް އޭޖެންސީއިން މަގާމެއް އަދާކުރެއްވުމުގެ ފުރުސަތުވެސް ލިބިވަޑައިގަތެވެ. ނަމަވެސް މި ފުރުސަތު އޭނާ ވަނީ ދޫކޮށްލައްވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް