ތައިލޭންޑުގައި މުޒާހަރާ ކުރަމުންދިޔަ މީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފި

Loading

Facebook
Twitter
WhatsApp

ބޭންކޮކްގައި ހުންނަ ގްރޭންޑް ޕެލަސް ކައިރިޔަށް ގިނަ ބަޔަކު އެއްވެ ވަނީ އެ ގައުމުގެ ރަސްކަން އަލުން ގާއިމު ކުރުމަށާއި ހައްޔަރުކޮށްފައިވާ އެކްޓިވިސްޓު ލީޑަރުން ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ކޮށްފިއެވެ.

މި މުޒާހަރާތައް ރޫޅާލުމަށް ފުލުހުންވަނީ ކަރުނަ ގޭހާއި ވޯޓާރ ކެނަން ބޭނުންކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ގްރޭންޑް ޕެލަސް ކުރިމަތީގައި އަޅާފައި ހުރި ބެރިކޭޑްތައް ވައްޓާލުމުން ފުލުހުންވަނީ އެމީހުންނާއި ރިއޮޓްގިޔާރުގައި ކުރިމަތިލާފައެވެ. އަދި ފުލުހުންނާ ދިމާއަށް މުޒާހަރާގެ ބައިވެރިންވަނީ ފަޔާރ ކްރެކާ އުކާފައެވެ. މި ކުރިމަތިލުންތަކުގައި އަނިޔާ ލިބުނު މީހުންނާ ބެހޭ އެއްވެސް ތަފާސްހިސާބެއް އަދި ލިބިފައެއް ނުވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް