އެމެރިކާއިން ސައުދީ ވަލީ ޢަހުދަށް ދައުވާ ކުރާނެ މަގު ކޮށަނީ

ފާއިތުވި ހުކުރު ދުވަހު އެމެރިކާގެ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެނސްގެ އޮފީހުން ނެރުނު، މަރުގެ ތަޙުޤީޤާ ބެހޭ ރިޕޯޓުގައި ވަނީ ޚާޝޯގްޖީގެ މަރުގެ މައްސަލައިގައި ސައުދީގެ ވަލީ ޢަހުދުގެ ބޮޑު ދައުރެއް ވާކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ސައުދީން ވަނީ އެކަމާ ދެކޮޅުހަދާފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ސައުދީ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ހީނަރުވެދާނެކަމަށް ވިދާޅުވެ، މި މައްސަލާގައި ވަލީޢަހުދު މުޙަންމަދުބުން ސަލްމާންގެ މައްޗަށް ދައުވާ ނުކޮށް ދޫކޮށްލަން ނިންމަވާފައެވެ. މިކަން ކުށްވެރިކުރައްވައި، […]
ކޯވިޑް-19 އިން ރައްކައުތެރިވުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނެސްފި!

މާލެ ސަރަހައްދުގައި ކޯވިޑް-19 އިން ރައްކައުތެރިވުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް އިތުރު ބަދަލްތަކެއް ގެނެސްފިއެވެ. އެޗްޕީއޭ އިން މިރޭ ވަނީ ދުވާ ޓްރެކްތަކާއި ޕާކްތައް އަދި ސިނަމާތައް ބަންދުކުރަން އަންގައިފައެވެ. މީގެ ކުރިން އުމުރުން ދުވަސްވީ މީހުންނަށް ޕާކްތައް ބޭނުން ކުރުމުގެ ހުއްދަ ވަކިވަގުތުތަކެއްގައި އޮތެވެ. ނަމަވެސް މިރޭ ހާއްސަ ފިޔަވަޅުތަކަށް ގެނައި ބަދަލާއިއެކު ހުރިހާ ޕާކްތަކެއް ވަނީ ހުރިހާ އެންމެނަށް ވެސް ބަންދުކޮށްފައެވެ. އެޗްޕީއޭ އިން މިރޭ ވިދާޅުވީ މިއީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިތުރަށް […]
ކޯވިޑް19: މިއަދު ފެނުނީ އިތުރު 167 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 167 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 17 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ. އަދި ރިސޯޓްތަކުން 15 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 135 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 20,447 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,664 އެކްޓިވް ކޭސް ހިމެނޭއިރު، 180 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް […]
ރާއްޖެ އިން އިތުރު 7,712 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 7,712 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިއަދު ވެކްސިން ދިން މީހުންގެ ތެރެއިން 3,568 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 4,144 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން […]
އިންޑިއާގެ ސިފައިން ފެބުރުއަރީ މަހު ކަޝްމީރުގެ ހަ މީހުން ޝަހީދު ކުރި: ކަޝްމީރު މީޑިއާ

އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައި އޮންނަ ކަޝްމީރުގައި އުޅޭ އިންޑިއާގެ ސިފައިންގެ ހަމަލާތަކުގައި ކަޝްމީރުގެ އެއްވެސްކުށެއްނެތް ހަ މީހުން ފެބުރުއަީމަހު ޝަހީދުކޮށްލާފައި ވާކަމަށް ކަޝްމީރުގެ މީޑިއާއިން ބުނެފިއެވެ. ކަޝްމީރު މީޑިއާ ސާވިސް (ކޭއެމްއެސް)އިން ހާމަކުރިގޮތުގައި ހަ މީހުން ޝަހީދުކުރުމުގެ އިތުރަށް އިންޑިއާ ސިފައިންގެ ހަމަލާތަކުގައި ފެބުރުއަރީ މަހު ފަސްމީހުން ޒަޚަމްވެފައިވެއެވެ. އަދި 63 ޒުވާނުން ހައްޔަރުކޮށްފައިވެއެވެ. ކަޝްމީރުގެ މުސްލިމުންނަކީ އަބަދުވެސް އިންޑިއާގެ ސިފައިންގެ އަނިޔާވެރިކަން ބަރުދާސްތު ކުރަމުންދާ ބައެކެވެ. ޚާއްޞަކޮށް މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބޮޑުވަޒީރުކަމުގެ […]
ދިވެހިންގެ ފަޚްރުވެރި މަގޭ ދިވެހިބަސް

ދިވެހިބަހަކީ ދިވެހި ވަންތަކަމުގެ އެއް ހަގީގަތެވެ. ދިވެހިބަހާ ނުލައި ދިވެހިވަންތަކަން ފުރިހަމަ ނުވާނެއެވެ. ދިވެހި ބަހާމެދު ކޮންމެ ދިވެއްސަކުވެސް ފަޚްރުވެރި ވާނެއެވެ. އަމިއްލަ ވަޒަނަކާއި އަމިއްލަ ބަހެއް އޮތުމަކީ ހަމަ ގައިމުވެސް ދެބަސްވެވެން ނެތް ބޮޑު ނަސީބެކެވެ. އަދި އެބަހުން ލިއެކިއުމަށް ބޭނުންކުރާ އަކުރުތަކެއް ލިބިފައިއޮތުމަކީ ކޮންމެ ދިވެއްސަކުވެސް ޝުކުރުވެރި ވާންޖެހޭނެ ކަމެކެވެ. ކާބަފައިންނަށްޓަކައެވެ. އަހަރެމެންނަށްޓަކައި އެކަން ކޮށްދީފައި އޮތީމައެވެ. ފަހުގެ އެދުރުބޭކަލުންނަށެވެ. ކާބަފައިންގެ އެ އަގުހުރި މަސައްކަތުގެ އަގު ފުރިހަމަގޮތުގައި ވަޒަންކޮށް ދިވެހި ބަހާއި ބަހުގެ […]
ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އިންޑިއާގެ ވިސްތާރާ އެއާލައިން ދަތުރުތައް ރާއްޖެ ފަށައިފިއެވެ. ވިސްތާރާ އެއަރލައިނުން އައި ފުރަތަމަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާފައިވަނީ އިއްޔެގައެވެ. މުމްބާއީން އައި މި ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ވިސްތާރާ އެއަރލައިނުން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ ހޮނިހިރު އާދިއްތަ އަދި ބުދަ ދުވަހުއެވެ. ދެކޮޅު ޓިކެޓްގެ އަގު 227 އަށް ލިބޭ މި ޓިކެޓް ބުކްކުރުމުގެ ފުރުސަތު އެއަރލައިންގެ […]
ކޮޕާޑެލްރޭ: ބާސާއިން ތަފާތު ދައްކާ، ފައިނަލް ޔަގީންކޮށްފި!

ކޮޕާޑެލްރޭގެ ސެމީފައިނަލްގެ ދެވަނަ ލެގްގައި ރޭ ބާސެލޯނާއާއި ސެވިޔާ ބައްދަލުކުރި މެޗް 3-0 ގެ ނަތީޖާއިން ބާސާ ކާމިޔާބު ކޮށްފިއެވެ. މިނަތީޖާއާއިއެކު ބާސާ އެގްރިގޭޓުން ކުރިހޯދީ 3-2 އަކުންނެވެ. ސެވިޔާއިން ވަނީ ފުރަތަމަ ލެގުގައި 2-0ގެ ނަތީޖާއަކުން ބާސާ ބަލިކޮށްފައެވެ. މެޗްގައި ބާސާގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ އޮއުސްމާން ޑެމްބެލޭއެވެ. މެޗްގެ 12 ވަނަ މިނިޓުގައި ޑެމްބެލޭ ކާމިޔާބު ކޮށްދިން މި ރީތި ގޯލުން ޑެމްބެލޭގެ ހުނަރުތައް ދައްކާލިއެވެ. އެއަށްފަހު މެޗްގެ ފުރަތަމަ ހާފް ނިމުންއިރު އިތުރުގޯލެއް […]
ބަނގުލަދޭޝްގެ ޖަލުގައި ލިޔުންތެރިއަކު މަރުވުން: އެތައް ބަޔަކު މުޒާހަރާ ކުރަނީ

ހައްޔަރުކޮށްފައި ހުއްޓާ ނިޔާވި ލިޔުންތެރިޔާގެ މަރާ ގުޅިގެން ބަނގުލަދޭޝްގެ ވެރިރަށުގައި މުޒާހަރާ ކުރަމުން އެބަދެއެވެ. އެ ލިޔުންތެރިޔާގެ މައްޗަށް ޖަލު ހުކުމް އިއްވާފައި ވަނީ އަދުލުއިންސާފުގެ ނިޒާމުން ބޭރުން ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ޝަކުވާ ކުރަމުންނެވެ. އެޖަލު ހުކުމުގެ ސަބަބުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ބުރޫއަރާކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ދަނީ ނުރުހުން ފާޅުކޮށްފައެވެ. މުޒާހަރާގައި ބައިވެރިވި ތިންސަތޭކައެއްހާ ކިޔަވާކުދީން ވަނީ ޑާކާގައި ސުލްހަވެރި ހިނގާލުމެއް ބާއްވާފައެވެ. ޑާކާގެ ޔުނިވަރސިޓީ ކޭމްޕަހުން ފެށިގެން ވެރިރަށުގައި ހުރި ހޯމް […]
ސައުދީގެ އަމީރާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފި

ނޫސްވެރިޔާ ޖަމާލް ޚަޝޯޤްޖީގެ މަރުގެ މައްސަލާގައި ސައުދީގެ އަމީރުގެ ދައުރެއް ވާކަމަށް ތުހުމަތު ކުރެވިފައިވާތީ އެމައްސަލަ، ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމާއަތެއްކަމުގައިވާ ރިޕޯޓާރސް ވިތައުޓް ބޯޑާޒްއިން ކޯޓަކަށް ހުށަހަޅައިފިއެވެ. މިމައްސަލަ ހުށައަޅާފައި ވަނީ ޖަރުމަނުގެ ކާރލްސްރޫހްގެ ފެޑެރަލް ކޯޓަށެވެ. އަދި ވީ އެންމެ އަވަހަކަށް މައްސަލައާބެހޭ ކަންތައްތައް ފެށުމަށް އެ ޖަމާއަތުން ވަނީ އެދިފައެވެ. މިކަމާބެހޭ އިތުރު މައުލޫމާތު ދެމުން ރިޕޯޓާރސް ވިތައުޓްބޯޑާރޒްއިން ބުނެފައި ވަނީ ސައުދީގެ އަމީރު މުޙަންމަދު ބުން ސަލްމާނާއި އަދި އިތުރު 4 […]
