ސައުދީގެ އަމީރާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

ނޫސްވެރިޔާ ޖަމާލް ޚަޝޯޤްޖީގެ މަރުގެ މައްސަލާގައި ސައުދީގެ އަމީރުގެ ދައުރެއް ވާކަމަށް ތުހުމަތު ކުރެވިފައިވާތީ އެމައްސަލަ، ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމާއަތެއްކަމުގައިވާ ރިޕޯޓާރސް ވިތައުޓް ބޯޑާޒްއިން ކޯޓަކަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ހުށައަޅާފައި ވަނީ ޖަރުމަނުގެ ކާރލްސްރޫހްގެ ފެޑެރަލް ކޯޓަށެވެ. އަދި ވީ އެންމެ އަވަހަކަށް މައްސަލައާބެހޭ ކަންތައްތައް ފެށުމަށް އެ ޖަމާއަތުން ވަނީ އެދިފައެވެ.

މިކަމާބެހޭ އިތުރު މައުލޫމާތު ދެމުން ރިޕޯޓާރސް ވިތައުޓްބޯޑާރޒްއިން ބުނެފައި ވަނީ ސައުދީގެ އަމީރު މުޙަންމަދު ބުން ސަލްމާނާއި އަދި އިތުރު 4 އޮފިޝަލުންގެ މައްޗަށް ކުށުގެ ދައުވާކޮށްފައި ވާނެކަމަށެވެ. ޚަޝޯޤްޖީގެ މަރުގެ މައްސަލާގައި މިފަރާތްތަކުގެ އިސް ދައުރެއް ވާކަމަށް ވަނީ ވަރަށް ބޮޑަށް ތުހުމަތު ކުރެވިފައވެ. މިކަމުގެ އިތުރުން ސައުދީ އަރަބިޔާގައި ނޫސްވެރިކަމުގެ މިނިވަންކަމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ އަޑީގައިވެސް މި ބޭބޭފުޅުން ތިއްބެވިކަމަށް އެ ޖަމާއަތުންވަނީ ބުނެފައެވެ.

ޚަޝޯޤްޖީ ތުރުކީގައި މަރާލާފައި ވަނީ ސައުދީ އަރަބިޔާގެ ޝާހީ އާއިލާގެ އިސް ބައެއް ބޭފުޅުންނާ ބެހޭ ވާހަކަތައް ނޫސްތަކަށް ލިޔާތީކަމަށް އަޑުފެތުރިފައިވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް