އިންޑިއާގެ ސިފައިން ފެބުރުއަރީ މަހު ކަޝްމީރުގެ ހަ މީހުން ޝަހީދު ކުރި: ކަޝްމީރު މީޑިއާ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ އަޅުވެތިކަމުގެ ދަށުގައި އޮންނަ ކަޝްމީރުގައި އުޅޭ އިންޑިއާގެ ސިފައިންގެ ހަމަލާތަކުގައި ކަޝްމީރުގެ އެއްވެސްކުށެއްނެތް ހަ މީހުން ފެބުރުއަީމަހު ޝަހީދުކޮށްލާފައި ވާކަމަށް ކަޝްމީރުގެ މީޑިއާއިން ބުނެފިއެވެ.

ކަޝްމީރު މީޑިއާ ސާވިސް (ކޭއެމްއެސް)އިން ހާމަކުރިގޮތުގައި ހަ މީހުން ޝަހީދުކުރުމުގެ އިތުރަށް އިންޑިއާ ސިފައިންގެ ހަމަލާތަކުގައި ފެބުރުއަރީ މަހު ފަސްމީހުން ޒަޚަމްވެފައިވެއެވެ. އަދި 63 ޒުވާނުން ހައްޔަރުކޮށްފައިވެއެވެ.

ކަޝްމީރުގެ މުސްލިމުންނަކީ އަބަދުވެސް އިންޑިއާގެ ސިފައިންގެ އަނިޔާވެރިކަން ބަރުދާސްތު ކުރަމުންދާ ބައެކެވެ. ޚާއްޞަކޮށް މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރުގައި ކަޝްމީރުގެ މުސްލިމުންނަށް ދަނީ ވަރަށް ބޮޑެތި އަނިޔާ ލިބެމުންނެވެ.

ދުނިޔޭގެ ސުލްހައާއި އަމާންކަމަށް މަސައްކަތްކުރާކަމަށް ބުނާ އެމެރިކާއިން ހާމަކުރިގޮތުގައި ކަޝްމީރުގެ ހާލަތު އެމެރިކާއިން ދަނީ ވަރަށް ގާތުން ބަލަމުންނެވެ. އަދި ވާހަކަދައްކައިގެން ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް އެމެރިކާއިން ވަނީ އެތައް ފަހަރަކު ގޮވާލާފައެވެ.

ކަޝްމީރުގެ ސިޔާސީ އަދި އިގުތިސާދީ ހާލަތު ރަނގަޅުވުމަކީ އެމެރިކާގެ ވަރަށް ބޮޑު އެދުމެއްކަމަށް ވެސް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް