ކޯވިޑް-19 އިން ރައްކައުތެރިވުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ބަދަލުތަކެއް ގެނެސްފި!

Loading

Facebook
Twitter
WhatsApp

މާލެ ސަރަހައްދުގައި​ ކޯވިޑް-19 އިން ރައްކައުތެރިވުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް އިތުރު ބަދަލްތަކެއް ގެނެސްފިއެވެ.

އެޗްޕީއޭ އިން މިރޭ ވަނީ ދުވާ ޓްރެކްތަކާއި ޕާކްތައް އަދި ސިނަމާތައް ބަންދުކުރަން އަންގައިފައެވެ. މީގެ ކުރިން އުމުރުން ދުވަސްވީ މީހުންނަށް ޕާކްތައް ބޭނުން ކުރުމުގެ ހުއްދަ ވަކިވަގުތުތަކެއްގައި އޮތެވެ. ނަމަވެސް މިރޭ ހާއްސަ ފިޔަވަޅުތަކަށް ގެނައި ބަދަލާއިއެކު ހުރިހާ ޕާކްތަކެއް ވަނީ ހުރިހާ އެންމެނަށް ވެސް ބަންދުކޮށްފައެވެ.

އެޗްޕީއޭ އިން މިރޭ ވިދާޅުވީ މިއީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އިތުރަށް އަޅަން ނިންމި ފިޔަވަޅެއް ކަމަށެވެ.

ޢަދި ހަމައެހެންމެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް އަންގާފައި އޮތް އެންގުން އެގޮތުގައި ދެމެހެއްޓުމަށާއި ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުމަށް ވެސް ވަނީ އަންގާފައެވެ.

އަދި ހަމަ އެހެންމެ ​ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލު ގެނެސް އަދި ބައެއް ފިޔަވަޅުތަކުގެ މުއްދަތު އިތުރުކުރުމަށް މިރޭ އެޗްޕީއޭ އިން ނެރުނު އެންގުމުގައި ވަނީ އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓާލުމަށްވެސް އަންގާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް