އެމެރިކާއިން ސައުދީ ވަލީ ޢަހުދަށް ދައުވާ ކުރާނެ މަގު ކޮށަނީ

Loading

Facebook
Twitter
WhatsApp

ފާއިތުވި ހުކުރު ދުވަހު އެމެރިކާގެ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެނސްގެ އޮފީހުން ނެރުނު، މަރުގެ ތަޙުޤީޤާ ބެހޭ ރިޕޯޓުގައި ވަނީ ޚާޝޯގްޖީގެ މަރުގެ މައްސަލައިގައި ސައުދީގެ ވަލީ ޢަހުދުގެ ބޮޑު ދައުރެއް ވާކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ސައުދީން ވަނީ އެކަމާ ދެކޮޅުހަދާފައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ސައުދީ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ހީނަރުވެދާނެކަމަށް ވިދާޅުވެ، މި މައްސަލާގައި ވަލީޢަހުދު މުޙަންމަދުބުން ސަލްމާންގެ މައްޗަށް ދައުވާ ނުކޮށް ދޫކޮށްލަން ނިންމަވާފައެވެ.

މިކަން ކުށްވެރިކުރައްވައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއްކަމުގައިވާ އިލްހާން ޢުމަރު ވަނީ ކުށްކުރި ފަރާތަށް ހައްގު އަދަބު ލިބެން ޖެހޭނެކަމަށް ވިދާޅުވެފައެވެ. އާދައިގެ މީހަކަސް އަމީރަކަސް ގާނޫނުގެ ކުރިމަތީގައި ހަމަހަމަ ވާން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޑިމޮކްރެޓިކް ޕާޓީގެ އެހެން މެންބަރެއްކަމުގައިވާ ޓޮމް މަލިނޮސްކީ ވެސް ވަނީ އިލްހާނަށް ތާއީދުކުރައްވައި އެހެން ބިލެއް ހުށަހަޅުއްވާފައެވެ. މި ބިލުގެ ސަބަބުން އެ ޖަރީމާ ހިންގުމުގައި ބައިވެރިވި ސައުދީގެ މީހުންނަށް އެމެރިކާއަށް އައުން މަނާ ވާނެއެވެ. އަދި އެމީހުންގެ ވިސާ ކެންސެލް ކުރެވޭނެއެވެ. ކުށްކުރި މީހާއަށް ތުހުމަތުކޮށް، ކުރި ކުށުގެ ހައްގު އަދަބު ނުދިނުމަކީ އެމެރިކާގެ ގާނޫނީ ނިޒާމު ބަލިކަށިވެ އަދުލުވެރިކަން ގެއްލިގެން ދާނެކަމެއް ކަމުގައި، އޭނާވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ސައުދީ އަރަބިޔާގެ ރައްޔިތެއްކަމުގައިވާ ނޫސްވެރިޔާ ޚަޝޯގްޖީ ތުރުކީގައި ވަރަށް އަނިޔާވެރިގޮތަކަށް މަރާލާފައި ވަނީ ވަލީޢަހުދު މުޙައްމަދާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ނޫސްތަކަށް ލިޔާތީކަމަށް ވަރަށް ގިނަފަރާތްތަކުން ތުހުމަތުކުރެއެވެ. އެ އަނިޔާވެރި އަމަލު ހިންގާފައިވަނީ ވަލީޢަހުދާ ވަރަށް އަރިސް ބައެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް