ކޮޕާޑެލްރޭ: ބާސާއިން ތަފާތު ދައްކާ، ފައިނަލް ޔަގީންކޮށްފި!

Loading

Facebook
Twitter
WhatsApp

ކޮޕާޑެލްރޭގެ ސެމީފައިނަލްގެ ދެވަނަ ލެގްގައި ރޭ ބާސެލޯނާއާއި ސެވިޔާ ބައްދަލުކުރި މެޗް 3-0 ގެ ނަތީޖާއިން ބާސާ ކާމިޔާބު ކޮށްފިއެވެ. މިނަތީޖާއާއިއެކު ބާސާ އެގްރިގޭޓުން ކުރިހޯދީ 3-2 އަކުންނެވެ. ސެވިޔާއިން ވަނީ ފުރަތަމަ ލެގުގައި 2-0ގެ ނަތީޖާއަކުން ބާސާ ބަލިކޮށްފައެވެ.

މެޗްގައި ބާސާގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ އޮއުސްމާން ޑެމްބެލޭއެވެ. މެޗްގެ 12 ވަނަ މިނިޓުގައި ޑެމްބެލޭ ކާމިޔާބު ކޮށްދިން މި ރީތި ގޯލުން ޑެމްބެލޭގެ ހުނަރުތައް ދައްކާލިއެވެ. އެއަށްފަހު މެޗްގެ ފުރަތަމަ ހާފް ނިމުންއިރު އިތުރުގޯލެއް އެއްވެސް ޓީމަކުން ކާމިޔާބުނުކޮށް، ބާސާ އޮތީ 1-0ގެ ނަތީޖާއިން ކުރީގައެވެ.

ބާސާއަށް އިތުރު ގޯލެއް ކާމިޔާބު ނުކުރެވި، ނާއުއްމިދުގައި ވަނިކޮށް، ބާސާ ސަލާމަތްކޮށްދިނީ ޑިފެންޑަރ ޖެރާޑް ޕީކޭގެ ގޯލަކުންނެވެ. މިގޯލް ޕީކޭ ކާމިޔާބުކޮށްދިނީ ފުރިހަމަ ވަގުތު ހަމަވެފައި ވަނިކޮށް، ދިން އިތުރު ވަގުތުގެ ތެރޭގައެވެ. ޕީކޭ މިގޯލް ޖެހީ ގްރީޒްމަން ނަގައިދިން ހުރަހެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ. ބާސާއަށް ފައިނަލް ޔަގީންވީ، އެގްރިގޭޓްއިން ދެޓީމު ހަމަހަމަވުމުން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފްގެ 5 ވަނަ މިނިޓުގައި ބްރެއިތްވެއިޓް ބޮލުން ކާމިޔާބުކުރި ގޯލާއި އެކުގައެވެ.

މިމެޗުގައި ސެވިޔާއަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. ނަމަވެސް 73 ވަނަ މިނިޓުގައި ޖެހި މިޕެނަލްޓީވަނީ ބާސާގެ ކީޕަރ ދިފާއުކޮށްފައެވެ.

ފައިނަލުގައި ބާސާއާއި ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅޭނީ މިރޭ ސެމީފައިނަލްގައި ލެވަންޓެ އަދި އެތްލެޓިކް ކްލަބް ބައްދަލުކުރާ މެޗަށް ފަހުއެވެ. މިދެޓީމުވަނީ ފުރަތަމަ ލެގްގައި 1-1 އިން އެއްވަރު ވެފައެވެ. މިމުބާރަތުގެ ފައިނަލް މެޗް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް