ބަނގުލަދޭޝްގެ ޖަލުގައި ލިޔުންތެރިއަކު މަރުވުން: އެތައް ބަޔަކު މުޒާހަރާ ކުރަނީ

Loading

Facebook
Twitter
WhatsApp

ހައްޔަރުކޮށްފައި ހުއްޓާ ނިޔާވި ލިޔުންތެރިޔާގެ މަރާ ގުޅިގެން ބަނގުލަދޭޝްގެ ވެރިރަށުގައި މުޒާހަރާ ކުރަމުން އެބަދެއެވެ. އެ ލިޔުންތެރިޔާގެ މައްޗަށް ޖަލު ހުކުމް އިއްވާފައި ވަނީ އަދުލުއިންސާފުގެ ނިޒާމުން ބޭރުން ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ޝަކުވާ ކުރަމުންނެވެ. އެޖަލު ހުކުމުގެ ސަބަބުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ބުރޫއަރާކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ދަނީ ނުރުހުން ފާޅުކޮށްފައެވެ.

މުޒާހަރާގައި ބައިވެރިވި ތިންސަތޭކައެއްހާ ކިޔަވާކުދީން ވަނީ ޑާކާގައި ސުލްހަވެރި ހިނގާލުމެއް ބާއްވާފައެވެ. ޑާކާގެ ޔުނިވަރސިޓީ ކޭމްޕަހުން ފެށިގެން ވެރިރަށުގައި ހުރި ހޯމް މިނިސްޓްރީގެ އިމާރާތާ ހަމައަށް ކުރިއަށްދިޔަ މި ހިނގާލުމުގެ ބައިވެރިން ވަނީ ސުލްހަވެރިކަމާއެކު އަޑުއުފުލައި ނާއިންސާފުވެރި ގާނޫނު އުވާލަން ގޮވާލާފައެވެ. އަދި މިވަގުތު މިގާނޫނުގެ ދަށުން ހައްޔަރުގައި ތިބި ހަތް ދަރިވަރުން ދޫކޮށްލުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މި މުޒާހަރާގައި ދަރިވަރުންނާއި ފުލުހުންނާ ދެމެދު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގާފައި ވެއެވެ. މިގޮތުން ހޯމް މިނިސްޓްރީގެ ބޭރުގައި ޖަހާފައި ހުރި ބެރިކޭޑުތައް ހަލާކޮށް، އެތެރެއަށް ވަންނަން އުޅުނު ބައިވެރިން ފުލުހުން ވަނީ ހުއްޓުވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް