ކުރިއަށް އޮތް ދެ އަހަރު 12 އެސްޓްރޮނޯޓުން ޖައްވަށް ފޮނުވަން ޗައިނާއިން ތައްޔާރުވަނީ

ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައި ހިންގޭ 11 މިޝަންގެ ދަށުން 12 އެސްޓްރޮނޯޓުން ޖައްވަށް ފޮނުވަން ގަސްތު ކުރާކަމަށް ޗައިނާއިން އިއުލާނުކޮށްފިއެވެ. ޗައިނާގެ ފުރަތަމަ އެސްޓްރޮނޯޓް އަދި ޗައިނީސް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ މެންބަރެއް ކަމުގައިވާ ޔޭންގް ލީވެއި މިދިޔަ ހޮނިހިރު ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ގިނަ މިޝަންތަކެއް ތާވަލު ކުރެވިފައިވާކަމަށެވެ. މިގޮތުން ސްޕޭސް ސްޓޭޝަންގެ މެއިން މޮޑިއުލް ޖައްވަށް ދޫކޮށްލަން މިހާރު ތައްޔާރުވެފައިވާކަމަށް ވެސް އޭނާ […]
ޒައިނިސްޓުން އިރާނަށް ބިރުދެއްކިޔަސް އެމީހުންގެ ބާރެއް ނެތް

ތެހެރާނުގައި ބޭއްވި ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އިރާނުގެ ޑިފެންސް މިނިސްޓަރ ވިދާޅުވީ ބާރުތަކުން ވެރިކަން ކުރާ ޒަމާނެއްގައި ބާރުނެތް ބަޔަކަށް ޖާގައެއް ނޯންނާނެކަމަށެވެ. އަދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ސަރުކާރުން ބާރުގެ ބޭނުން ކުރަން ފަސްނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އީރާނުގެ ވެރިކަމާ 1979ގައި އިސްލާމިކް ރިވޮލިއުޝަނުން ވަނީ ހަވާލުވެފައެވެ. ޒައިނިސްޓުން ދަނީ އީރާނުގެ އިސްލާމީ ވެރިކަމާއި ދެކޮޅުހަދައި އެމީހުންގެ އަމިއްލަވެރިކަމެއް ގާއިމު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޑިފެންސް މިނިސްޓަރުގެ ވާހަފުޅު ނިންމާލަމުން އޭނާ […]
މަގޭ ގައުމާއި މަގޭ ވެރިކަން

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ހަމަޖައްސާފައިވަނީ ދިވެހިންނަށް އެންމެފައިދާކުރަނިވި ނިޒާމެއްގެ މައްޗަށް ކަމާމެދު ޝައްކުކުރާނެ ތަނެއް އޮތްކަމަކަށް ނުދެކެމެވެ. ކިތަންމެ ރަނގަޅު އަދި ފައިދާހުރި ނިޒާމަކަށް ކަންތައް ރޭވިފައި ހުރިނަމަވެސް ޒިންމާދާރު ނުވެ ފަރުވާކުޑަކޮށްފިނަމަ ހޯދަންއެދޭ ނަތީޖާއެއް ނުލިބޭނެއެވެ. މިތާގައި އަޅުގަނޑުމެން ހަނދާންކޮށްލަންޖެހޭ ދެތިންކަމެއް ފާހަގަކޮށްލާނަމެވެ. ހަނދާންކޮށްދިނުމަކީ އެކަމުން ފައިދާކުރާނެކަމަކަށް ވާތީއެވެ. ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ކިޔަނީ “ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ “ އެވެ. ވެރިކަންކުރަން އިސްކުރެވޭ ބޭފުޅަކަށް މުޚާތަބް ކުރެވެނީ “ ރައީސުލް ޖުމްހޫރިއްޔާ “ ގެ […]
ޕްރިޔަންކާ ޗޯޕްޅާ އިންޑިއަން ރެސްޓޯރެންޓެއް ނިއުޔޯކުގައި ހުޅުވަނީ

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްޅާ، އެމެރިކާގެ ނިއުޔޯކުގައި އިންޑިއަން ރެސްޓޯރެންޓެއް ހުޅުވަން ނިންމައި އެކަމާގުޅޭ މަސައްކަތް ކުރަމުން އެބަދެއެވެ. ޕްރިޔަންކާ ބުނިގޮތުގައި އެ ރެސްޓޯ ރެންޓު ހުޅުވާނީ މި މާޗު މަހުގެ ފަހުކޮޅުގައެވެ. އެތަން ހުޅުވާނެ ވަކި ދުވަހެއް އޭނާ ނުބުނެއެވެ. އެ ރެސްޓޯރެންޓަށް ކިޔާނީ ”ސޯނާ“ އެވެ. ޕްރިޔަންކާގެ ފިރިމީހާ، ނިކް ޖޯނަސްއަކީ އެމެރިކާގެ މީހެކެވެ. ލަވަކިއުންތެރިއެކެވެ. ލަވަހަދާ މީހެކެވެ. ޕްރިޔަންކާއަށްވުރެ 12 އަހަރު ހަނގު ފިރިހެނެކެވެ. ޕްރިޔަންކާގެ އަމިއްލަ ހަޔާތާ ބެހޭ […]
އަންހެނުންނަށް އެކިގޮތްގޮތުން ލިބެމުންދާ އަނިޔާތަކަށް ސަރުކާރުން އަޅައެއްނުލި: ޑރ ޖަމީލު

އަންހެނުންނަށް އެކިގޮތްގޮތުން ލިބެމުންދާ އަނިޔާތަކަށް ސަރުކާރުން އަޅާނުލާކަމުގައި ކުރީގެ ނާއިބު ރައީސް އަދި މިހާރު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރ ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާއާ ގުޅުވައިގެން ޑރ. ޖަމީލު މިއަދު ކުރެއްވި ޓްވީޓުގައި ވަނީ ރޯޔަލް ކޭސްތައް ހިންދާލީ ކަމަށާއި ޖިންސީ ކުށްކުރާ މީހުންނަށް ސަރުކާރުގެ ހިމާޔަތްލިބޭކަމަށް ހާމަކުރައްވާފައެވެ. ”މަޖިލީހުގައި ތިއްބަވާ އަންހެން މެންބަރުން ވެސް ތިޔަޖައްސަވާ ދެފުށްކެހެރި ޓޭޕު ދެން ނުހިނގާނެ.“ ޑރ. ޖަމީލުގެ ޓްއީޓުގައި ވެއެވެ. […]
ރާއްޖެ އިން އިތުރު 5,875 މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 5,875 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިއަދު ވެކްސިން ދިން މީހުންގެ ތެރެއިން 2,048 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 3,827 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން […]
ކޯވިޑް19: މިއަދު ފެނުނީ އިތުރު 131 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 131 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 10 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 29 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 92 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 20,794 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,599 އެކްޓިވް ކޭސް ހިމެނޭއިރު، 166 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ […]
ތުރުކީގެ ފިލްމީ ތަރި އިސްރާ ބިލްގިކް ސައިންސް ކިޔަވަނީ

ގިނަބައެއްގެ ތެރޭގައި މަގުބޫލު ޑްރާމާ ސީރީސް އެއް ކަމުގައިވާ ޑިރިލިސް އެސްޓްރޫގަލްގައި ހަލީމާ ސުލްތާނާގެ ރޯލު ކުޅުނު ފިލްމީ ތަރި ދާދިފަހުން އޭނާގެ ޓުވިޓާރ އެކައުންޓުގައި ކޮށްފައިވާ ޓްވީޓަކުން ގިނަ ބަޔަކު ސިއްސުވައިލައިފިއެވެ. އިސްރާ ބިލްގިކް އޭނާގެ ޓްވީޓުގައި ބުނެފައިވާ ގޮތުން މިއަދަކީ އޭނާ ސައިންސް ސްކޫލުގައި ކިޔަންފެށި ދުވަހެވެ. ތުރުކީގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ކުޑައިރުއްސުރެވެސް އިސްރާ ބިލްގިކް ސައިންސް މާއްދާއަށް ނުހަނު ޝައުގުވެރިކަން ހުރެއެވެ. ނަމަވެސް މިދިޔަ އަހަރު އިސްތަމްބޫލް ސިޓީ […]
ޕާކިސްތާނާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެއްވެސް ހުރަހެއް ނެތް: އިރާނުގެ ސަފީރު

އީރާނާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން ބޭނުންވާކަމަށް އިރާނުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނެވި ސަފީރު, ސަޢީދު މުޙަންމަދު ޢަލީ ޙުސައިނީ ޕާކިސްތާނުގެ ސަޗް ޓީވީ ނޫސް ޗެނަލަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެއްޖެއެވެ. ”އަހަރުމެން ދެކޭ ގޮތުގައި ޕާކިސްތާނަށްލިބޭ ކުރިއެރުމަކީ އީރާނަށްވެސް ލިބޭ ކުރިއެރުމެއް.“ ޙުސައިނީ ވިދާޅުވިއެވެ. އިރާނާއި އެހެން ގައުމަކާ އޮންނަ ގުޅުމެއްގެ ސަބަބުން ޕާކިސްތާނުގެ ގުޅުމަށް އެއްވެސްބަދަލެއް ނާންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން މިހާތަނަށް ޕާކިސްތާނަށް އެކިއެކި ދާއިރާތަކުން […]
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތް އަލުން ފަށަނީ!

އެޗްޕީއޭގެ ރައްކާތެރިކަމުގެ މިންގަޑުތަކަށް ބަލައި އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނަގާ ފަރާތްތަކަށް ތިއަރީ އަދި ޑްރައިވިންއާއި ގުޅޭ އިމްތިހާނު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނެފި އެވެ. ލައިސެންސް ދިނުން މެދުކަނޑާލާފައި އޮންނަތާ ގިނަދުވަސްވުމާއި، އަދިވެސް ޓްރާންސްޕޯޓުން ފޯރުކޮށްދެމުންދާ ހިދުމަތްތަކާ މެދު ހިތްހަމަނުޖެހިގެން އެ މިނިސްޓްރީގެ ކައުންޓަރު ކައިރީ އާންމު ރައްޔިތުންތަކެއް މިއަދު ވަނީ އިހްތިޖާޖު ކޮށްފައެވެ. މިދިޔަ އަހަރުގެ މާޗު މަހުގެ 16 ވަނަ […]