ޕްރިޔަންކާ ޗޯޕްޅާ އިންޑިއަން ރެސްޓޯރެންޓެއް ނިއުޔޯކުގައި ހުޅުވަނީ

Loading

Facebook
Twitter
WhatsApp

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްޅާ، އެމެރިކާގެ ނިއުޔޯކުގައި އިންޑިއަން ރެސްޓޯރެންޓެއް ހުޅުވަން ނިންމައި އެކަމާގުޅޭ މަސައްކަތް ކުރަމުން އެބަދެއެވެ.

ޕްރިޔަންކާ ބުނިގޮތުގައި އެ ރެސްޓޯ ރެންޓު ހުޅުވާނީ މި މާޗު މަހުގެ ފަހުކޮޅުގައެވެ. އެތަން ހުޅުވާނެ ވަކި ދުވަހެއް އޭނާ ނުބުނެއެވެ. އެ ރެސްޓޯރެންޓަށް ކިޔާނީ ”ސޯނާ“ އެވެ.

ޕްރިޔަންކާގެ ފިރިމީހާ، ނިކް ޖޯނަސްއަކީ އެމެރިކާގެ މީހެކެވެ. ލަވަކިއުންތެރިއެކެވެ. ލަވަހަދާ މީހެކެވެ. ޕްރިޔަންކާއަށްވުރެ 12 އަހަރު ހަނގު ފިރިހެނެކެވެ.

ޕްރިޔަންކާގެ އަމިއްލަ ހަޔާތާ ބެހޭ ފޮތެއް ލިއުމުން އޭނާ އަކީ މިހާރު ލިއުންތެރިއެކެވެ. ފިލްމު އުފައްދާ މީހެކެވެ. ވިޔަފާރިވެރިއެކެވެ. އަދި ލަވަކިއުންތެރިއެއްވެސް މެއެވެ. ދާދިފަހުން އޭނާ ވަނީ އިސްތަށިގަނޑު ރީތިކޮށް، ފަރުވާދޭ ތަނެއް ހަދައި އެ ވިޔަފާރީގެ ތެރެއަށް ވެސް ވަދެފައެވެ.

ޕްރިޔަންކާއަކީީ ބޮމްބޭގައި ވެސް ރެސްޓޯރެންޓުގެ ވިޔަފާރި ހިންގާ އަންހެނެކެވެ.

”މިސް ވޯލްޑް“ގެ ފަޚުރުވެރި މަގާމު ހޯދާފައިވާ، ޕްރިންޔާ ބުނިގޮތުގައި އޭނާގެ ރެސްޓޯރެންޓުގެ ބޮޑު ކައްކާއަކީ މަޝްހޫރު ކެއްކުންތެރިއެއް ކަމުގައިވާ ހަރީނަޔަކުއެވެ.

ރެސްޓޯރެންޓު ހުޅުވުމުން އެތަނުގެ ހުރި ވަރެއްވެސް އެނގިދާނެތާއެވެ!

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް