އަންހެނުންނަށް އެކިގޮތްގޮތުން ލިބެމުންދާ އަނިޔާތަކަށް ސަރުކާރުން އަޅައެއްނުލި: ޑރ ޖަމީލު

Loading

Facebook
Twitter
WhatsApp

އަންހެނުންނަށް އެކިގޮތްގޮތުން ލިބެމުންދާ އަނިޔާތަކަށް ސަރުކާރުން އަޅާނުލާކަމުގައި ކުރީގެ ނާއިބު ރައީސް އަދި މިހާރު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރ ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާއާ ގުޅުވައިގެން ޑރ. ޖަމީލު މިއަދު ކުރެއްވި ޓްވީޓުގައި ވަނީ ރޯޔަލް ކޭސްތައް ހިންދާލީ ކަމަށާއި ޖިންސީ ކުށްކުރާ މީހުންނަށް ސަރުކާރުގެ ހިމާޔަތްލިބޭކަމަށް ހާމަކުރައްވާފައެވެ.

”މަޖިލީހުގައި ތިއްބަވާ އަންހެން މެންބަރުން ވެސް ތިޔަޖައްސަވާ ދެފުށްކެހެރި ޓޭޕު ދެން ނުހިނގާނެ.“ ޑރ. ޖަމީލުގެ ޓްއީޓުގައި ވެއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އަންހެނުންގެ ހައްގުތަކޭ ކިޔައިގެން ވާހަކަދައްކަމުންދާއިރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޓުއަރިޒަމް މިނިސްޓަރަކަށް ހުންނެވި ތޮއްޑޫ ޢަލީ ވަޙީދު ގިނަ އަންހެނުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް އަޑު އެރި މައްސަލައާކާ ގުޅިގެން މަގާމުން ވަކިކޮށް އެ މައްސަލަ ތަހުގީގުކޮށް އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލިފައި ވަނިކޮށް ބޭސްފަރުވާ ކުރުމުގެ ނަމުގައި އޭނާ ވަނީ ”ރޯޔަލް“ ހުއްދައެއްގެ ދަށުން ރާއްޖެއިން ފުރުއްވާފައެވެ. އޭނާ ފުރުއްވި ފަހުން ޢަލީ ވަޙީދަށް އެގޮތަށް ފުރުއްވިގެން ނުވާނޭކަމަށް ވަރަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.

ރޯޔަލް ކޭސްގެ ގޮތުގައި މަޝްހޫރު ވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފިރިކަލުން ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރަން އުޅުނުކަމަށް މުޅި ރާއްޖެއަށް އަޑުފެތުރިގެން ދިޔަ މައްސަލައެވެ. އެ މައްސަލަ އެކަށީގެންވާ ގޮތަކަށް ތަހުގީގުކޮށް ކުރިއަށް ނުދާކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ.

ރޯޔަލް ކޭހާއި ކޮރޯނާ ވައިރަސްގެ ހާލަތު ރާއްޖޭގައި އެންމެ ނާޒުކުވެގެންދިޔަ ދަނޑިވަޅު ޓުއަރިޒަމް މިނިސްޓަރ ހިންގެވި ޖިންސީ ގޯނާގެ ސަބަބުން ސަރުކާރުގެ މޫނުމަތި ވަރަށް ބޮޑަށް ނަޖިސްވެގެން ދިޔައެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި ރައްޔިތުންގެ މަޖިލީހުގައި ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ދެއްކެވި ވާހަފުޅުގައި ރާއްޖޭގެ އަންހެނުންނަށް ދިމާވެފައިވާ ތަފާތު މައްސަލަތައް ހާމަކުރެއްވުމުގެ އިތުރަށް، އަންހެނުންގެ ހައްގުގައި ގިނަގުނަ ކަންތައްތަކެއް ކުރަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް