އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތް އަލުން ފަށަނީ!

Loading

Facebook
Twitter
WhatsApp

އެޗްޕީއޭގެ ރައްކާތެރިކަމުގެ މިންގަޑުތަކަށް ބަލައި އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނަގާ ފަރާތްތަކަށް ތިއަރީ އަދި ޑްރައިވިންއާއި ގުޅޭ އިމްތިހާނު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ​ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނެފި އެވެ.

​ލައިސެންސް ދިނުން މެދުކަނޑާލާފައި އޮންނަތާ ގިނަދުވަސްވުމާއި، އަދިވެސް ޓްރާންސްޕޯޓުން ފޯރުކޮށްދެމުންދާ ހިދުމަތްތަކާ މެދު ހިތްހަމަނުޖެހިގެން އެ މިނިސްޓްރީގެ ކައުންޓަރު ކައިރީ އާންމު ރައްޔިތުންތަކެއް މިއަދު ވަނީ އިހްތިޖާޖު ކޮށްފައެވެ.

​މިދިޔަ އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހު ޓްރާންސްޕޯޓް އޮތޯރިޓީން ޑްރައިވިން އާއި ގުޅޭ އިމްތިހާނު ހެދުން ވަގުތީގޮތުން މެދުކަނޑާލައިފައިވަނީ ކޮވިޑް-19ގެ ބަލިމަޑު ކަމާއި ގުޅިގެންނެވެ.

މިއަދު ޓްރާންސްޕޯޓު އޮތޯރިޓީން ނެރުނު ބަޔާނުގައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުވަސްވަރަށްވެފައި އެ ބަލީގެ ކޭސްތައް އިތުރުވަމުންދާތީ ވަކި އަދަދަކަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވާއިދާ ހިލާފުވާ ކަމެއް ކަމަށެވެ. އަދި އެއީ ކޮވިޑް ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުންކުރި ކަމެއް ކަމަށްވެސް އެ އޮތޯރިޓީގެ ބަޔާނުގައި ވެއެވެ.

​ނަމަވެސް ކުރިއަށް އޮތްތަނުގައި އެޗްޕީއޭގެ ރައްކާތެރިކަމުގެ މިންގަޑުތަކަށް ބަލައި އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ

ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އަލަށް ނަގާ ފަރާތްތަކަށް ތިއަރީ އަދި ޑްރައިވިންއާއި ގުޅޭ އިމްތިހާނު ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް