ޕާކިސްތާނާ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެއްވެސް ހުރަހެއް ނެތް: އިރާނުގެ ސަފީރު

Loading

Facebook
Twitter
WhatsApp

އީރާނާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން ބޭނުންވާކަމަށް އިރާނުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނެވި ސަފީރު, ސަޢީދު މުޙަންމަދު ޢަލީ ޙުސައިނީ ޕާކިސްތާނުގެ ސަޗް ޓީވީ ނޫސް ޗެނަލަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެއްޖެއެވެ.

”އަހަރުމެން ދެކޭ ގޮތުގައި ޕާކިސްތާނަށްލިބޭ ކުރިއެރުމަކީ އީރާނަށްވެސް ލިބޭ ކުރިއެރުމެއް.“ ޙުސައިނީ ވިދާޅުވިއެވެ.

އިރާނާއި އެހެން ގައުމަކާ އޮންނަ ގުޅުމެއްގެ ސަބަބުން ޕާކިސްތާނުގެ ގުޅުމަށް އެއްވެސްބަދަލެއް ނާންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން މިހާތަނަށް ޕާކިސްތާނަށް އެކިއެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. މިގޮތުން މިހާރުވެސް 100 މެގަވޮލްޓުގެ ކަރަންޓު ހިދުމަތް ލިބޭނެ ވަސީލަތްތައް އިރާނުން ވަނީ ޕާކިސްތާނަށް ހަދިޔާ ކޮށްފައެވެ. އަދި ޕާކިސްތާނުންއެކަމަށް އެދިފިނަމަ މި އަދަދު 500 އަށް އިތުރުކުރަންވެސް ފަސްޖެހިވަޑައި ނުގަންނަވާނެކަމަށް އީރާނުގެ ސަފީރު ވިދާޅުވިއެވެ.

އިރާނާއި ޕާކިސްތާނަކީ ޢަސްކަރީ ރޮނގުން ޒަމާންވީ ގާތް ގުޅުމެއް އޮންނަ ދެގައުމެވެ. މިކަން ފާހަގަކުރައްވާ ޙުސައިނީ ވަނީ ޕާކިސްތާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި ދެގައުމުގެ ބޯޑަރު ސަރަހައްދުގައި ހިނގާފައިވާ ޓެރަރިސްޓު ހަމަލާތައް ނިސްބަތުން މަދުކަން ފާހަގަ ކުރައްވައި އެކަމާ އޭނާ އުފާ ފާޅުކުރެއްވިއެވެ.

ޕާކިސްތާނުން ދަނީ އިރާނުގެ ބޯޑަރު ސަރަހައްދު، ޓެރަރިސްޓު ހަމަލާތަކުން ދިފާއުކުރުމަށްޓަކައި 200 ކިލޯމީޓަރުގެ ފެންސެއް ޖަހަމުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މި އަހަރުނިމެން ވާއިރަށް މިމަސައްކަތް އެއްކޮށް ނިމޭނެއެވެ.

ހުރިހައި ދާއިރާއަކުންވެސް ދެގައުމުގެ ގުޅުން ބަދަހިކުރުން ވަރަށް މުހިންކަން ފާހަގަ ކުރައްވާ ޙުސައިނީ ވަނީ ދެ ގައުމުގެ ސަގާފީ ހަރަކާތްތައް ދިރުވައި އާލާ ކުރަން އާންމުންނަށް ގޮވާލައްވާފައެވެ.

 

Loading

One Response

  1. ޔަހޫދީންނާއި ނަސޯރާއިންނާއި އެކު މަސައްކަތްކުރެވޭއިރު ކީއްވެތަ އިސްލާމީ ގައުމުތަށް އެކުގައި މަސައްކަތް ނުކުރެވޭންވީ؟ ފިތުނަޔާއި ދެބޯގެރި ދުއްވުން އެއީ މިހާރު އިސްލާމީ އުންމަތުގެ މައްސަލައަކީ. ބާރުނެތް ގިނަ ކުދިކުދި ގައުމުތަކެއް އިސްލާމީ ގައުމުތަކުގެތެރަށް އިތުރުވީމާ އެ ކުދިކުދި ބާރެއްނެތް ރަސްކަލުންތައް އެވެރިންގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ދީން ބައިބައިކޮށްގެނ ޝިއާއީ ސުންނީ އަދި މަޒުހަބީ ތަފާތުގެ ފިތުނަޔާއި ނަފުރަތުގެ ބައިގަނޑެއް އުފެދިފައިވުން އެއީ އެންމެބޮޑު ނިކަމެތި ކަމަކީ.
    އިންޝާﷲ، ރަނގަޅުގޮތްތަށް އިސްލާމީ އުންމަތަށް މެދުވެރި ކުރަށްވާށިއެވެ. އާމީން!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް