އުރެދުމާއި އަދި ފާފައިން އެކަމުން މުޖްތަމައަށް ކުރާ އަސަރު

لحْـَمْدُ لِلَّهِ رَبِّ الْعَالمَِيْنَ، وَالصَّلاَةُ وَالسَّلاَمُ عَلَى أَشْرَفِ اْلأَنْبِيَاءِ وَالْمُرْسَلِيْنَ، نَبِيُّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ اَجْمَعِيْنَ، مَنْ يَهُدِهِ اللهُ فَلاَ مُضِلِّ لَهُ، وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ، وَأَشْهَدُ أَلاَّإِلَهَ إِلاَّاللهُ وَأَنَّ مُحَمَّدَا عَبْدُهُ وَرَسُولِهُ صَلىَّ اللهُ عَلَيْهِ وَسَلَّمْ، أَمَّابَعْدُ: ހަމަކަށަވަރުން މާތްالله އެކަލާނގެ ޚަލްޤުތައް އުފައްދަވާފައިވަނީ އެކަލާނގެއަށް އަޅުކަންކުރުމަށެވެ. އަދި އެޚަލްޤުތަކުންނަށް ރިޒްޤުދެއްވަނީ އެކަލާނގެއަށް ޝުކުރުވެރިވުމަށެވެ. ފަހެ މާތްالله ކީރިތި ޤުރުއާނުގައި […]

ސައުދީއާ ގުޅުން ބަދަހި ކުރުމަށް ސަމާލުވާންޖެހޭ: މެލޭޝިޔާގެ ކުރީގެ ޑިފެންސް މިނިސްޓަރ

ސައުދީއާއި މެލޭޝިޔާއަކީ ޒަމާންވީ ގާތް ގުޅުމެއް އޮންނަ ދެގައުމެވެ. މި ޒަމާންވީ ގުޅުމަށް ބުރޫއަރާފާނެ އެއްވެސް ކަމެއް ނުކުރުމަށް މެލޭސިޔާގެ ކުރީގެ ޑިފެންސް މިނިސްޓަރ މުހަންމަދު ސަބޫ ވަނީ އެގައުމުގެ ޕްރައިމް މިނިސްޓަރަށް ގޮވާލައްވާފައެވެ. މިގޮތުން ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ކަންކަމުގައި ބައިވެރި ނުވުމަށް އޭނާ ވަނީ ޕްރައިމް މިނިސްޓަރ ޓާންސޮރީ މުޙިއްދީން ޔާސީންއަށް އިލްތިމާސް ކުރައްވާފައެވެ. ގައުމަކުން ސަމާލުކަން ދޭންޖެހޭ އެންމެ މުހިންމުކަމަކީ އެގައުމެއްގެ ރައްޔިތުންގެ ރައްކައުތެރިކަން ކަމުގައި ވިދާޅުވުމާއެކު މުޙަންމަދު ސަބޫ ވަނީ މިކަމަށް […]

ކޮވިޑް-19: ރޭވުންތެރިކަމެއް ނެތް، އަޅަންޖެހޭ ވަގުތު ފިޔަވަޅެއް ނޭޅޭ : ޑރ. ޑީޑީ

ކޮވިޑް-19 ގެ ހާލަތަށް އެއް އަހަރުވެގެން ދިޔަ އިރުވެސް އެކަށީގެންވާ ނަތީޖާއެއް ނުނެރެވި މިދަނީ ހަގީގަތުގައިވެސް އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތުމާއި ކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ވަގުތުތަކުގައި ނޭޅުމުގެ ސަބަބުންކަމަށް އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ ޑރ. އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ. ”ސަންގު ޓީވީ“ގެ ޕްރޮގްރާމެއްގައި އަންގާރަ ދުވަހުގެރޭ ވާހަކަފުޅުދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ މިއަދު ފިނިހަކަދުވެލީގައި އެޗްޕީއޭއާއި ހެލްތު މިނިސްޓްރީން އަޅުއްވާ ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާއެއް ނުނިކުންނަކަމަށެވެ. ޑރ. ޑީޑީ ވިދާޅުވީ ކޮވިޑް-19އާ ގުޅޭގޮތުން އެކަށީގެންވާ […]

ވެކްސިން ފުރިހަމަ ކުރުމުން މާސްކު ނާޅައި އުޅެވިދާނެ: އެމެރިކާގެ ސީޑީސީ

ކޮވިޑް-19 ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަމަކުރާ މީހުންނަށް މާސްކު ނާޅައި އުޅެވިދާނެކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ން ބުނެފިއެވެ. ސީޑީސީން އާންމުކުރި އައު އިރުޝާދުތަކުގައި ބުނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން އިމާރާތްތަކުގެ އެތެރޭގައި އެކަކު އަނެކަކާ ބައްދަލު ކުރާނަމަ މާސްކު އަޅަން ނުޖެހޭނެކަމަށެވެ. ނަމަވެސް ބޭރަށް ނުކުމެ އުޅެން ޖެހޭނީ މާސްކު އަޅައިގެންކަމަށާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް މާސްކު ނާޅައި ދިޔުން ރަނގަޅު ނޫންކަމަށް ސީޑީސީން ބުނެއެވެ. […]

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް: ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާލުންތަކެއް ބާއްވައިފި

ކޮރޯނާ ވައިރަހުގެ ސަބަބުން ދުޔޭގެ އެކި ކަންކޮޅުތަކުގައި ހަރުކަށި ގަވައިދުތައް ކަނޑައަޅާފައި ވަނިކޮށް އެއަށް ބެލުމެއްނެތި މިދިޔަ ހޯމަ ދުވަހު ގިނަ ގައުމުތަކެއްގައި ބޮޑެތި އެއްވުންތަކެއް ބާއްވާފައިވެއެވެ. އެ ހިނގާލުންތައް ބާއްވާފައި ވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައެވެ. އޭޝިއާ އާއި މެދުއިރުމަތީގެ ގައުމުތަކުގެ އިތުރަށް ޔޫރަޕުގެ އެކި ސަރަހައްދު ތަކުގައި އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ބަޔަކު ވަނީ ސުލްހަވެރި ހިނގާލުންތަކެއް ބާއްވާފައެވެ. ޖިންސީ ތަފާތުކުރުންތަކާއި އަންހެނުންނަށް ދެވޭ އަނިޔާތައް ހުއްޓުމަށް އެދި […]

ރަންބީރު ކަޕޫރަށް ކޮރޯނާ ވައިރަސް ޖެހުމުން ގޭގައި ކަރަންޓީނު ވެއްޖެ

މަޝްހޫރު ހިންދީ ފިލްމީ ތަރިއެއްކަމުގައިވާ ރަންބީރު ކަޕޫރަށް ކޮރޯނާ ވައިރަސް ޖެހިއްޖެއެވެ. ރަންބީރަށް ކޮރޯނާ ވައިރަސް ޖެހުނުކަން ހާމަކުރީ މީސްމީޑިއާ މެދުވެރިކޮށް އޭނާގެ މަންމަ، ނީތޫ ކަޕޫރުއެވެ. ކުރީގެ މަޝްހޫރު ފިލްމީ ތަރިއެއްކަމުގައިވާ ނީތޫއަށް ވެސް ވަނީ މިދިޔަ އަހަރު ކޮރޯނާ ވައިރަސްޖެހިފައެވެ. ނީތޫ ވަނީ އޭނާގެ ދަރިފުޅަށް ކޮރޯނާ ވައިރަސް ޖެހުމުން އެތައް ލައްކަ ބަޔަކު ހެއުއެދިގެން ފައުޅުކުރި ޝުޢޫރުތަކަށް ޝުކުރު އަދާކޮށްފައެވެ. އޭނާބުނިގޮތުގައި ރަންބީރަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަން ޔަގީންވުމުން މިހާރުދަނީ ޑޮކްޓަރުންގެ ބެލުމުގެދަށުން […]

ހުޅުމާލޭގައި އިތުރު 2000 ފްލެޓް އެޅުމަށް ހަވާލުކޮށްފި

  ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ސޯޝަލް ހައުސިންގެ އިތުރު 2،000 ފްލެޓް އަޅަން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދަން މި ސަރުކާރުގައި އުފެއްދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ އެކު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން  ބުނި ގޮތުގައި އެ މަޝްރޫއުގައި ހިމެނޭނީ ދެ ކޮޓަރީގެ އެޕާޓްމަންޓާއި ތިން އެޕާޓްމަންޓްތަކެވެ. މި މަޝްރޫއުގެ ދަށުން 650 އަކަފޫޓުގެ ދެ […]

ކޯވިޑް19: މިއަދު ފެނުނީ އިތުރު 125 ވޭދަނަ!

ރާއްޖެއިން ކޯވިޑް19 އަށް އިތުރު 125 މީހަކު ފައްސިވެއްޖެއެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 9 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 13 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 103 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 20,919 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 2,595 އެކްޓިވް ކޭސް ހިމެނޭއިރު، 179 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ […]

ރާއްޖެ އިން އިތުރު 6,170މީހަކަށް ވެކްސިން ދީފި!

ކޮވިޑް19 އިން ރައްކާތެރި ވުމަށްޓަކައި ޖަހާ ވެކްސިން މިއަދު 6,170 މީހަކަށް ދީފިއެވެ. ރާއްޖޭގައި މިހާރު ދެމުންދާ ވެކްސިން އަކީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ލިބިފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިއަދު ވެކްސިން ދިން މީހުންގެ ތެރެއިން 2,186 މީހުންނަށް ވެކްސިން ދީފައިވަނީ މާލެ ސަރަހައްދުގައި ވެކްސިން ދޭން ހަމަޖެހިފައިވާ ތަންތަނުންނެވެ. އަދި އަނެއް 3,984 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅު ތަކުގައި ގާއިމް ކޮށްފައިވާ ވެކްސިން ދޭ މަރުކަޒު ތަކުންނެވެ. މާލެ ސަރަހަށްދުން […]

ހައުސިން މިނިސްޓްރީއާއި އެޓާނީ ޖެނެރަލްގެ ލަފައާއި ހިލާފަށް ތުޅާދޫން ގޯތި ދޭންއުޅޭ މައްސަލަ ކޯޓަށް 

ބ.ތުޅާދޫ ކައުންސިލުން ”ބ.ތުޅާދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލް – 2019“ އަކީ ”ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު“ ގެ 10 އަދި 13 ވަނަ މާއްދާއާއި ހިލާފަށް، ބ.ތުޅާދޫއިން ބަންޑާރަގޯތި ދޫކުރުމަށް ބ.ތުޅާދޫ ކައުންސިލުން އާންމު ކޮށްފައިވާ އުޞޫލަކަށް ވާތީ އާއްމު ފަރާތަކުން ތުޅާދޫ ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ފަށައިފިއެވެ. އާއްމު ފަރާތަކުން ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ތުޅާދޫ ކައުންސިލުން އާއްމުކުރި އުޞޫލާއި ގުޅިގެން ގިނަ މައްސަލަ ތަކެއް ތުޅާދޫ ކައުންސިލްގެ ސަމާލުކަމަށް […]