ކޮވިޑް-19: ރޭވުންތެރިކަމެއް ނެތް، އަޅަންޖެހޭ ވަގުތު ފިޔަވަޅެއް ނޭޅޭ : ޑރ. ޑީޑީ

Facebook
Twitter
WhatsApp
ކޮވިޑް-19: ރޭވުންތެރިކަމެއް ނެތް، އަޅަންޖެހޭ ވަގުތު ފިޔަވަޅެއް ނޭޅޭ : ޑރ. ޑީޑީ

ކޮވިޑް-19 ގެ ހާލަތަށް އެއް އަހަރުވެގެން ދިޔަ އިރުވެސް އެކަށީގެންވާ ނަތީޖާއެއް ނުނެރެވި މިދަނީ ހަގީގަތުގައިވެސް އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތުމާއި ކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ވަގުތުތަކުގައި ނޭޅުމުގެ ސަބަބުންކަމަށް އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ ޑރ. އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

“ސަންގު ޓީވީ”ގެ ޕްރޮގްރާމެއްގައި އަންގާރަ ދުވަހުގެރޭ ވާހަކަފުޅުދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ މިއަދު ފިނިހަކަދުވެލީގައި އެޗްޕީއޭއާއި ހެލްތު މިނިސްޓްރީން އަޅުއްވާ ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާއެއް ނުނިކުންނަކަމަށެވެ.

ޑރ. ޑީޑީ ވިދާޅުވީ ކޮވިޑް-19އާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅު ނޭޅި ދިގުދެމިގެންދަންޏާ، މާލޭ ސަރަހައްދުގެ 50 ޕަސެންޓު ގޭބިސީތަކަށް (ކޮވި-19) ވަންނަ ހިސާބުން ފެށިގެން އިޓަލީއަށް ދިމާވިފަދަ ނުރައްކާތެރިކަމުގެ ހާލަތަކަށް ރާއްޖެވެސް ހިނގައިދާނެކަމަށެވެ.

“އެހެންވީމާ އަޅުގަނޑުގެ އިލްތިމާސަކީ ވީހާވެސްވަރަކަށް އެއްވުންތައް ހުއްޓުމަކަށްގެނެސް ލުއިތަކެއް ލިބޭނޭ ފަދަގޮތަކަށް ދެހަފުތާއަށް ނަމަވެސް ބަންދުކޮށްފައި އަޅަންޖެހޭ މުހިއްމު ފިޔަވަޅުތައް އެޅުން.” ޑރ. ޑީޑީ ވިދާޅުވިއެވެ. “އެއްވުންތައް ހުރިހާ އެއްވުންތަކެއް ބޭއްވުން ހުއްޓުވައި އަވަސްފިޔަވަޅުތައް އަޅާފައި ދެހަފުތާއެއްހާ ދުވަހަށް ބަލާލީމާ ހަމައަކަށްއެޅޭނެ.”

ޑރ. ޑީޑީގެ ވާހަކަފުޅުގައި “ޓެކް” ޓީމުގައި ތިއްބަވާ ބޭފުޅުން ހެނދުނު ދައްކަވާ ވާހަކަ މެންދުރު އެބަ ބަދަލުކުރައްވާކަމަށާއި މެންދުރު ދައްކަވާ ވާހަކަ ހަވީރު އެބަ ބަދަލުކުރައްވާކަމަށާއި ހަވީރު ކަނޑައޅުއްވާ ގައިޑްލައިން ރޭގަނޑު އެބަ ބަދަލު ކުރައްވާކަމަށް ވިދާޅުވެ “ޓެކް” ޓީމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

 

2 Responses

  1. މަ ދެދުހު ޑޑ ޢަށއ ދެއްކީމަވެސް ބުނީ ދެގޮތަށް. ފުރަތަމަބުނީ ދަތްނަގާށޭ. ދެން ދަތްނަގަން ދިޔައިމަ ބުނޫ ފުޓުނި އަޅާނީއޭ. މަހަމަ ސޮނި ޥެއްޓުނީ ތިރިން.

  2. އަނެއްކާވެސް ޑީޑީ އަށް ލަނޑު ނުދީފިނަމަ ރަނގަޅެވެ. އަންނިވެސް ދިނީ ހމަ ހުސްލަނޑެވެ. އައްޑޫ މެޖޯރެޓީ އޮތް އެމްޑީޕީގެ އިލެކްޝަންގައި މޮޅުވެ ހޮވުނީމާވެސް ރިކޯމޫސަމެން ލައްވާ ދުއްޕާންކޮށް ބޭރުކޮށްލީނޫންހެއްޔެވެ. ދެންވެސް ގުޅުނީމާ ދެންވެސް ދޯކާއެވެ ދެން ޖޭޕީ އާއި ގުޅިގެންވެސް ހަމަ މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. އެހެންތާއޭ ވާނީ ބޫން ބޫން މެންހެން ގާސިމު ގަބޫލުކުރަށްވާ ސިޔާސަތެއް ނުދެއްކުނީކަމަށް ވެދާނެއެވެ. ނަމަވެސް ޑީޑީ އަކީ ހިންގުންތެރި މުރާލިމީހެއްކަން ޔަގީނެވެ.

ފަހުގެ އަޕްޑޭޓް