ރަންބީރު ކަޕޫރަށް ކޮރޯނާ ވައިރަސް ޖެހުމުން ގޭގައި ކަރަންޓީނު ވެއްޖެ

Loading

Facebook
Twitter
WhatsApp

މަޝްހޫރު ހިންދީ ފިލްމީ ތަރިއެއްކަމުގައިވާ ރަންބީރު ކަޕޫރަށް ކޮރޯނާ ވައިރަސް ޖެހިއްޖެއެވެ.

ރަންބީރަށް ކޮރޯނާ ވައިރަސް ޖެހުނުކަން ހާމަކުރީ މީސްމީޑިއާ މެދުވެރިކޮށް އޭނާގެ މަންމަ، ނީތޫ ކަޕޫރުއެވެ. ކުރީގެ މަޝްހޫރު ފިލްމީ ތަރިއެއްކަމުގައިވާ ނީތޫއަށް ވެސް ވަނީ މިދިޔަ އަހަރު ކޮރޯނާ ވައިރަސްޖެހިފައެވެ.

ނީތޫ ވަނީ އޭނާގެ ދަރިފުޅަށް ކޮރޯނާ ވައިރަސް ޖެހުމުން އެތައް ލައްކަ ބަޔަކު ހެއުއެދިގެން ފައުޅުކުރި ޝުޢޫރުތަކަށް ޝުކުރު އަދާކޮށްފައެވެ.

އޭނާބުނިގޮތުގައި ރަންބީރަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަން ޔަގީންވުމުން މިހާރުދަނީ ޑޮކްޓަރުންގެ ބެލުމުގެދަށުން ބޭސްފަރުވާކުރަމުންނެވެ. އަދި އޭނާގެ ހާލު ދަނީ ރަނގަޅުވަމުންނެވެ.

ހޮސްޕިޓަލަކަށް ގޮސް އެނދުމަތިވުމުގެ ބަދަލުގައި ރަނބީރު ކަރަންޓީނުވެގެން އުޅެނީގޭގައެވެ. ރައްކާތެރިވުމުގެ ހުރިހާ ފިޔަވަޅެއް އޭނާ ވަނީ އަޅާފައެވެ.

އުމުރުން 38 އަހަރުގެ ރަންބީރު ކުޅެފައިވާ ބައެއް އައު ފިލްމުތައް މި އަހަރު ބެލުންތެރިންނަށް ފެންނާނެއެވެ. އޭގެތެރޭގައި ”ޝަމްޝޭރާ“ އާއި ”ބްރަހަމަސްތުރާ“ ހިމެނެއެވެ.

މިދިޔަ އަހަރާއި މިއަހަރު އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރީންނަށް ކޮރޯނާ ވައިރަސް ޖެހިގެން ބޭސްފަރުވާ ކޮށްފައިވެއެވެ. އޭގެތެރޭގައި އަމީތާބް ބައްޗަންއާއި އޭނާގެ ދަރިފުޅު އަބީޝޭކް ބައްޗަންއާއި އޭނާގެ އަނބިމީހާ އައިޝްވާރިޔާއާއި މަލައިކާ އަރޯޅާއާއި އަރުޖުން ކަޕޫރާއި ސާރާ ޚާންފަދަ އެތައް ތަރިންނެއް ހިމެނެއެވެ.

ކޮރޯނާ ވައިރަސްގެ ޝިކާރައަށްވެ، ކަރަންޓީނުވެގެން ބޭސްފަރުވާ ކުރަން ފަށާފައިވާ، ރަންބީރު ކަޕޫރު ބަލިން ރަނގަޅުވެގެން މަހެއް، ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ފިލްމީ މަސައްކަތަށް އެނބުރި ނިކުންނާނެއެވެ.

އެންމެ ގިނައިން ވެކްސިން އުފައްދާ އިންޑިއާއަކީ މުޅި ދުނިޔެއަށް ބަލާއިރު އެމެރިކާ ފިޔަވައި ދެން އެންމެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހުނު ގައުމެވެ.

ރަންބީރާއި އާލިޔާ ބަޓްގެ ކައިވެނި ފަސްކުރެވިފައި ވަނީ އިންޑިއާއަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ނުރައްކަލުގެ ސަބަބުންނެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް